ކ. އަތޮޅު ދިއްފުށިން 54 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މީގެ ކުރިންވެސް ކޮވިޑްގެ ގިނަ ވޭދަނަތަކެއް ފެނިގެން މޮނީޓަރިންގ ހާލަތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ދިއްފުށިން ފަހުން ކޮވިޑްގެ ވޭދަނަތައް ފެންނަަން ފެށީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

އޭގެ ފަހުން 17 ވާނަ ދުވަހު ވޭދަނައެއް ފެނިފައެއް ނުވެއެވެ. އަދި 18 ވަަނަ ދުވަހު ވެސް ވޭދަނައެއް ފެނިފައިނުވާއިރު، 19 ވަނަ ދުވަހު ހަތަރު މީހަކު ފައްސިވިއެވެ. އަދި 20 ވަނަ ދުވަހު ވޭދަނައެއް ފެނިފައި ނުވާއިރު، އިއްޔެ އާއި މިއަދު އެއްކޮށްލާފައި ޖުމްލަ 54 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިއާއެކު ރަށުން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 220 އަށް އަރާފައެވެ. އޭގެ ތެރެއިން 154 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ބަލި ޖެހިފައި 65 މީހަކު އެބަތިއްބެވެ.

އަދި އެރަށުން ކޮވިޑް ބަލީގައި އެކަކު ވަނީ ނިޔާވެފައެވެ.

މިހާރު ރާއްޖޭގައި 70 ރަށް އޮތީ ކޮވިޑާއި ގުޅިގެން އަރާ ފޭބުން މަނާކޮށްފައެވެ.