ކޮވިޑް-19 ޖެހިގެން އައްޑޫ ސިޓީން މީހަކު ނިޔާވެއްޖެއެވެ.

މިއީ ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ނިޔާވި 11 ވަނަ މީހާއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫން ނިޔާވެފައި ވަނީ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ ކޮވިޑް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ.

މިއީ ކޮވިޑް ޖެހިގެން އައްޑޫން ނިޔާވި ފުރަތަމަ މީހާއެވެ.

އައްޑޫގައި ވެސް އަންނަނީ ހަލުވިކަމާއިއެކު ކޮވިޑް ފެތުރެމުންނެވެ. ހަވީރު 04:00 އިން ފެށިގެން ފަތިހު 04:00 އަށް އައްޑޫގައި މިހާރު އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަމަނަ

    ސިއްކަ ނުުނީ ކެނެރީގެ އިން ނޫނިީ ސިއްކަ ގޭ މީހުންނަށް ނުޖެހޭތީވެ މައްސަލަ އަކީ މި ތިން ގެ އަށް ވަނީމަ ރަގަޅު ވާނެކަށް ފެނޭ

    12
    5