މުއްސަނދި ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ސިއްހީ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށް ދިނުމުގައި، ރާއްޖޭގެ އާބާދީއަށް ބަލައި ތަފާތު ނުކުރަން ސިއްހަތާ ބެހޭ ވަޒީރު އަހުމަދު ނަސީމް ގޮވައިލައްވައިފިއެވެ.

ވަޒީރު އެކަމަށް ގޮވައިލައްވާފައިވަނީ ވާޗުއަލްކޮށް ކުރިޔަށް ދިޔަ ވޯލްޑް ހެލްތު އެސެމްބްލީގެ 74 ވަނަ ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުންނެވެ.

ނަސީމް ވިދާޅުވީ، ކޮވިޑް-19 އަކީ މީހުންނާއި ގައުމުތަކުގެ ތަފާތު ނުދަންނަކަމަށާއި، ބަލިމަޑުކަމުން އަރައިގަނެވޭނީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީގެން ކަމަށެވެ. ރާއްޖޭއަކީ ނިސްބަތުން ސިއްހީދާއިރާއަށް ގިނަގުނަ ހޭދަ ކުރަމުން އަންނަ ގައުމަކަށް ވީނަމަވެސް، ރާއްޖޭގެ ރަށްތައް ބެހިފައި އޮންނަ ގޮތުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ތަފާތުކަމަށް ނަސީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިވަގުތަކީ އެންމެން އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވެފައިވާ ވަގުތުކަމުން، ދޭދޭ ގައުމުތަކުގެ މެދުގައި ހުރި ހަމަނުޖެހުންތައް އެއްފަރާތްކޮށް އެކުވެރި މާހައުލެއްގައި މަސައްކަތް ކުރުން މުހިއްމު ކަމަށެވެ.

ހަމައެހެންމެ ކުރިއަށް އޮތްތަނުގައިވެސް މިކަހަލަ ހާލަތްތައް ދިމާވާނެކަމަށް ބަލާ ޢަމަލުކުރާނެ ގޮތްތަކެއް ދުރާލާ ކަނޑަޅާފައި ބެހެއްޓުން މުހިންމު ކަމުގައި ނަސީމް ވިދާޅުވިއެވެ.

އަދި ރާއްޖެއަށް ކޮވިޑް-19 ގެ ތިން ވަނަ ރާޅާއި ކުރިމަތިލާން ޖެހިފައިވާކަމާއި، މި ހާލަތުގައިވެސް އެއްވެސް ތަފާތުކުރުމެއްނެތި ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ރާއްޖެއިން ބޭރު ގައުމުތަކުގެ މީހުންނަށް ހިލޭ ވެކްސިން ދެމުން ގެންދާކަން ނަސީމް ފާހަގަކުރެއްވިއެވެ. ސިއްހީ ރައްކާތެރިކަމަކީ ތަފާތު ކުރުމެއްނެތި އެންމެނަށް ލިބެންޖެހޭ ހައްގެއް ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އަދި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް މައްޗައް ގޮސް ރެކޯޑް ދަނީ ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޝިރޯ

  މަރުވާ3

  އެތަކެއް ފުރާނަ ގެއްލި އެތަކެއް އާއިލާ ނިކަމެތި ވުމުން އަދި ކިރިޔާ ބަސްފުޅެއް ވިދާޅުވީ ގެއްލިއްޖެ ފުރާނައެއް ނުލިބޭނެ ދޭންވީ މަރުގެ ދިޔަ އެއާއިލާތަކަށް މީހުންނަށް ބަދަލުދޭންވީ ނޫން އެކަމުގެ ބަދަލު ދޭންވީ މިސަރުކާރުގެ އިޙްމާލުން އެފުރަނަތައްގެއްލުނީ ޤަބޫލުކުރައްވާ ވެއްޖެކަމެއް ނުވާ ކަމަކަށް ނުވާނެ އަދިވެސް ވެންޓިލޭޓަރެއްނުލިބޭ އޮކްސިޖަން ހުސްވެއްޖެ މީ ބިރުވެރި ކަމެއް ދެނެއް ކޮންޓްރޯލް ނުކުރެވޭނެ .

  .

  • Anonymous

   މިވަޒީރު ގޮވާކަށް ނުޖެހޭނެ. މީނަ މުސާރަ ނަގަނީ އެކަންކަން ބަލާ ރަނގަޅުކުރުމަށް. ވެރިއެއްގެ މަސްއޫލިއްޔަތަކީ ޓްވީޓަރ އިން ގޮވުމެއްނޫން. ކޮންމެ ދުވަހަކު އެމީހެއްގެ ދާއިރާގެ މަސައްކަތްތަށް ހިނގަނީ ގަވާއިދާ އެއގޮތަށްތޯ ބަލާ މިނިޓަރކޮން ހިންގުން.
   މިހެންވެއޭ މަބުނަނީ މަގާމުގެ މަސްއޫލިއްޔަތު މިމުސްކުޅި ކުއްޖާއަކަށް ނުއުފުލޭނެއޭ. ފުރަތަމަ ކަންކަން ހިންގަންވެސް ނޭނގޭ. މަގާމުން ދުރުކުރަންޖެހޭ.

  • ހހހހ

   އޮބޮޑްސް ޕާސަން އަށް ހުށަހަޅަންވީ ހުރިހާއާއިލާއަކުން. ސްޕްރީމްކޯޓުން ކަންފަތް ބީރުވުމުގެ އަގުގެ ގޮތުގައި 9 މިއަން ދިން. މީހެއްގެ ފުރާނަ 9 މިލިއަނުގެ 100 ގުނަވަރުވާނެ. 900 މިއައަން ކޮންމެ ފުރާނައަކަށް ނަސީމު ދޭންޖެހޭނެ.

 2. އަނިލް

  ކަލޯ އެންމެފަހުބް ޕްރެޝަރާހުރެ ތަންމަތީގައި ނޯވެވިގެން ތެދުވެ އަނގަ ހުޅުވުނުއިރު އަދިވެސް ދޮގު ހެދޭތޯ ބަލަނީ

  11
  1
 3. ވަތަނަބޭ

  އެހެންމީހުނަށް ކަންތައްކުރަންވީގޮތް ބުނެދޭން އެނގޭ. އެކަމަކު އެގޮތަށް ކަންތައް ކުރާކަށް ތިމާމެންނަކަށްނޭގޭ.

  13
 4. ބީރުވަޒީރު

  ބަލަ މަވެސް އެހެން މިކިޔަނީ، ދެން އެކަމު މިނިސްޓަރު އެހެން ބުނީމަ މަ ހައިރާން ވެއްޖެ، ދެން ކާކުބާ ހެލްތް މިނިސްޓަރީއާއި ހަވާލުވެ ހުރީ!! ކެރަފާ ނަސީން ތިހުންނެވީ ވެމްކޯ އާއި ހަވާލުވެ ތޯ އަނެއްކާ؟؟؟

  12
 5. ކޮރަލް

  ތަފާތު ކުރެ އެވެ. އިންޑިޔާ އާ އެހެން ގައުމުތަކާ ތަފާތު ކުރެ އެވެ.

  11
 6. ޅައްޓިބެ

  ތަފާތުކުރަނީ ސަރުކާރުން، ހަމަތިޔަބޭފުޅުން، ރަ އްޔިތުންނަށް ލިބެނީ ތިޔަބޭފުޅުން ކަނޑަ އަޅާ ކެޓެގަރީއެއގެ ފަރުވާ

 7. ަކެރަ

  ތަފާތު ކުރަނީ ހަމަ ކަލޭމެން ތިސަރުކާރުން، ކަލޭ ހަވާލުވެހުރި މިނިސްޓްރީން،
  ކަލޭމެން މަރާލަން ބޭނުންވާ މީހުން ފެސިލިޓީއަށް،
  ކަލޭމެންގެ އާއިލާ ތަކާ މެމްބަރުންނާ ، ރައީސްކަންކުރިމީހުންނާ، ދެންވެސް ތިބި ބޮޑުން ނޫނީ އިއްޒަތްތެރިން ގެންދަނީ ޓްރީޓޮޕަށް ނޫނީ ދަރުމަވަންތައަށް،
  ނިކަމެތިން ހުޅުމާލެ ފެސިލިޓިގަ ތިބި އިންޑިއާ ޑޮކްޓަރުންނާ އިންޑިއާ ނަރުހުންނާ ހަވާލުކުރަނީ ހަމަ މަރާލަންވެގެން، އެތަނަށް ގެނަދާމީހުން ޓެސްޓްތައްނުކޮށްވެސް ޓެސްޓްތައްކުރިކަމަށާ، ނަތީޖާވެސް ރަނގަޅުކަމަށް ލިޔުންހަދާ ފައިލަށް އަޅަނީ،
  ބަލިމީހާ ކިޔާެއެއްޗެއް ނަރުހުންނަކަށް ނޭނގޭ، ނަރުހުންކިޔާއެއްޗެއް ބަލިމީހާއަކަށް ނޭނގޭ،