ދިވެހީންގެ އުމުރު 80 އަހަރަށް ވުރެ މަތި ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ނަސީމް އެގޮތަށް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަސީމް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗް)އޯއާއި ރާއްޖެއާ އޮތް ގާތް ގުޅުމުގެ ތެރެއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ނަސީމް ފާހަގަ ކުރެއްވި ގޮތުގައި މުޅި ދުނިޔޭގެ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި، ތަފާތު ބަލިތައް ކޮންޓްރޯލްކޮށް، ބަލިތައް ދެނެގަތުމުގެ ތަހުލީލުތަކާ، ބަލިތަކަށް ބޭހާއި ފަރުވާ ކަށަވަރުކުރުމާއި، އަދި ދުރާލާ ބަލިތަކުން ރައްކާތެރިވުމާއި، ބަލިތަކާއެކުވެސް އާއްމު ދިރިއުޅުމެއްގައި އުޅެވޭނެ އަދި ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓޭނެ، ފަންނީ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލާ އާއްމުކުރުންފަދަ ކަންކަމުގައި ޑަބްލިއުއެޗްއޯއިން ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ.

"1960 ގެ އަހަރުތަކުގެ ތެރޭގައި ފެށި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔަ އެކިއެކި ބަލިތައް ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމްތަކުގެ ނަތީޖާއެއްގެ ގޮތުން، މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މެލޭރިއާ، ފައިލޭރިއާ، ޕޯލިއޯ، ހިމަބިހި އަދި ރުބެއްލާ ފަދަ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް ނައްތާލި އެއް ގައުމަކީ ދިވެހި ރާއްޖެ. އުއްމީދަކީ 2030 ގެ ނިޔަލަށް ލެޕްރަސީ އަދި ޓީ.ބީ ބަލީގެ މައްޗަށްވެސް މިފަދަ ކާމިޔާބީއެއް ހޯދުން. ނަސީމް ވިދާޅުވިއެވެ.

ނަސީމް ފާހަގަ ކުރެއްވި ގޮތުގައި މައިންނާއި ތުއްތު ކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށްވެސް ގިނަގުނަ މަސައްކަތްތައް ރާއްޖެއިން ކޮށްފައިވެއެވެ. އަދި ދުނިޔޭގެ އަދި ސަރަހައްދީ ނިސްބަތުން ބެލި ނަމަވެސް ރާއްޖެއިން ގިނަގުނަ ކުރިއެރުންތައް ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް ވެކްސިންގެ ޒަރިއްޔާއިން ރައްކާތެރިކަން ލިބޭ ބަލިތައް ރާއްޖޭގައި ކޮންޓްރޯލް ކުރެވި އަދި ބައެއް ބަލިތައް ނައްތާލެވިފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ސަރުކާރާއި ބައިނަލް އަގުވާމީ އިދާރާތަކާއި ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ ހިއްވަރާއެކު ކުރަމުން އައި، މަސައްކަތްތަކުގެ އާހިރު ނަތީޖާ ވަރަށްވެސް ފޮނި. 60 ގެ އަހަރުތަކުގައި ދިވެއްސެއް ދިރިހުންނާނެ ކަމުގެ އެވްރެޖް އުމުރަކީ 39 އަހަރު. އެ ޢަދަދު މިހާރު ހުރީ 80 އަހަރަށް މަތި ކުރެވިފައި." މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ަައިއްބެ

    ކަލޭތަ އެކަން ކުރީ އަޅެ ދެން ކީކޭ ބުނާނީ

    44
  2. ހުސޭނުބޭ

    ކެރަފާ ނަސީމަށް ހީވަނީ ޢުކުރު ދިގުކުރަނީ އޭނާކަމަށް. މި ކޮވިޑްގެ ތެރޭގައި މީނަގެ މިނިސްޓަރީގެ އިޙްމާލުން ކުޑަކުއްޖަކު ނިޔާވީމަވެސް އެކަން ޑްރައިވަރުގެ ބޮލަށް ކަނޑާލާފައި އެމްބުލާންސްގެ ކޮންމެ ފުރޮޅަކަށް މުއައްސަސާއެކޯ އުފެއްދީ. މީނަ ދިވެހިންގެ ޢުމުރު ދިގުކުރާ ގޮތް ކިހާ ރީތި.

    46
    • މުބީނު މާރނީ

      މިޝްކާ ދޯ. ތިއީ ތެދެއް.

  3. ސަރުދާާރު

    މާތްކަލާކޯމިސޮރުހާދަމޮޅޭދޯކުފުރުވިޔަސްނޭނގޭނެ

    39
  4. ހަގީގަތް

    އުމުރު މަތި ވުމަކީވެސް މިހާރު މިސަރުކާރުން ކުރާކަމަކަށް މިވީ

    37
  5. މަރީ

    ތީއީ ހުސް ފޮނިކެޑުން މަރުހިފެހެއްޓުމާއި އުމުރުދިގު ކުރުމަކީ އެއްވެސް މީހަކައް ކުރެނޭނެ ކަމެއްނޫން ގުރުއާނުގައެ އޮތީސާފުކޮށް އެނގެން

    42
  6. ބަބުރު

    ކަލޭގެ އުމުރު 100 ޔަށް މަތިކޮށްފިން ތިމަގާމުގަ ދެމިހުރޭ........ ކަލޭތަ އަސްލުވެސް އުމުރުމަތިކޮށް ދަށްކޮށްވެސް ހަދަނީ އަހަރެން ހަމަކޮސްވެއްޖެ.

    35
    • ރާނާ

      100އށް ހަދާދީބަލަ ހެޔޮނުވާނެ. ކުފުރު އާދަންބެ

      15
      • ޑޮކް

        ބަލަގަ
        5 އަހަރުގެ ތެރޭގައި ހާދަ ގަދަކޮށްލީ.

  7. މޮހޯ

    އުމުރަކީ ނަސީމު ބޭނުންވީމާ މަތިކޮށްފަ ތިރިކުރެވޭ އެއްޗެއްކަމަށް ތިދެކެނީ ކުޅަގުގެ ވިސްނުން އެއީ އެއްވެސް މީހަކްކުރެވޭނެ ކަމެއްނޫން ވެކުސިންޖެ ހުނީމާ އެހެން ހިތަން އަރަނީ

    35
  8. މުނިޔާ

    ރަސޫލާގެ ހަދީސް ތަކުގަ ވެސް ވަނީ 70ކަމަށް އެވަރެޖު އުމުރަކީ. ނަސީމްބެ ކޮންކަހަލަ ސިހުރެއް ބާ މިފަހަރު މި ހެދީ. ތީތި ހިނގާނެ ވަރަށް އެޗުޕީއޭ ކައިރީގަ.

    27
    1
  9. ޥާނުވާ

    އެހެންވީމާ މިކަލޭގެއާއި މިކަލޭގެއަށް ތާއީދުކުރާ މީހުންގެ އުމުރު ހާދަ ދިގެއްވާނެޔޭ ދޯ.

    12
  10. އުފާވެރިކަން ހުރި

    މިކަލޭގެއަށް މިނިސްޓަރުކަން ދިންކަން ނަސީބެއްނު އެހެންނޫންމަ އިންތިޚާބުގެ ކުރިން ހާދަބަޔަކު މަރުވާނެއޭ ދޯ.

    10
  11. މޮޅުގޮލައެއްތީ

    މިފަހަރު މި ކަލޭގެ ވެރިކަމަށް ހޮވަންވީ ކުރިމަތި ނުލިޔަސް އޭރުން ދިވެހިންގެ އުމުރު ހާދަ ދިގެއް ކޮށްލާނެޔޭ. ޕްލީސް ނަސީ ކުރިމަތިލަގަ

  12. ބޮޑުވަޒީރު

    އުމުރު ދިގުކުރާ ބޭސް މިނިސްޓަރު އެތެރެކުރަނީ އިންޑިޔާއިންތަ؟

    13
  13. އާމިނަތު

    މުސްކުޅިވީމަ އެކަށީގެންނުވާ މަގާމް ލިބުނީމަ ގޮވާނީކޮސް

    13
  14. ތައުފީޤް

    ެ އެވިދާޅުވީ މިނިސްޓަރު ނަސީމުގެ އުމުރު 80 އަށް އެރި ވާހަކަ =ތައުފީޤް=

    11
  15. ޙެލޯ

    މިވެސް މި ސަރުކާރުގެ މެގަ ޕުރޮޖެކުޓެއްތޯ

    14
  16. ހާލުފޮޅި

    އެއީ މީހަކު ކުރާ ކަމެއް ނޫން..

    13
  17. ސަރީފާ

    ކީކޭ ދެންބުނާނީ މީނަތަ މިހާރު މަރުކަޑައަޅަނީ މިހާރުވެސް އެއުޅެނީ ކެންސަރ ޕޭޝަންޓުންގެ ކީމޯ އިންޖެކްޝަން ނުލިބިގެ މީހުންތައްއެތެޅެނީ ޓުރީޓޮޕްގަ އެކަނި އެތަނުންބަލާޕޭޝައްޓުންނަށް ވާވަރަށް ހުރީ މިނިސްޓަރު ބަލާވަރު މީ

    15
  18. އަހަރެން...

    ސުބްޙާނައްﷲ... ވީ އެންމެ އަވަހަކަށް ތައުބާވެ... ތިބުނެވުނު ބަހަށް.. ﷲاكبر ﷲاكبر

    17
  19. ބަބު

    ކުފުރުވާއިރުވެސް ނޭގެ. ކީކޭދެން ބުނާނީ. މަގާމުތަކާހެދި ބޫތުކައިފަ ހުންނަވަރު މީގެއިންވެސް މިއެގެނީ

    13
  20. އަހްމަދު

    ކަލޭ ގަދަ! އެކަންވީ ހަމަ ކަލޭމެންގެ މޮޅުކަމުން ދޯ! އެހެންވީމާ 65 ހަދާލާ

  21. ސަރަގު

    ކަލޭތަ އެކަން ކުރީ؟ ކަލޭ ތީ ކަލާނގެދޯ؟ ކަލެއަށްވުރެ ކަމަށް ނާޤާބިލު ވަޒީރަކު ދިވެހިތާރީޚް ނުދެކޭ. މިރާއްޖޭގެ ޞިއްޙީނިޒާމު ފުނޑުނީ ކަލޭގެ ޢިލްމީ ޤާބިލުކަމެއް ޙިލްމެއް ވައްޓަފާޅިއެއް ތަޖްރިބާއެއް ނެތުމުގެ ސަބަބުންކަން ޚުދު ކަލޭވެސް ނިދަން އަރާއޮވެ ވިސްނާފަ އަމިއްލަ ނަފްސަށް މަލާމާތްކުރާނެ.

  22. ނަމަސްތޭ

    މިތިބަ ހަސަދަވެރި ނާ ތަހުޒީބީ މީހުންދޯ . . އޭނާ ނުބުނޭ ދޯ އޭނާއެކޭ މީހުންގެ މުމުރު ދިގުކުރަނީ . .ފުކެއް ބޮޑުވަރު ދޯ ތޮ ނާތަހުޒީބު ވިޔަސް " އޭގެ މާނަޔަކީ ނިސްބަތުން ދިވެހިން މަރުވާ އުމުރުފުާ 80 އަށް ޖެހިލއިފޔޭ " އޭގެ މާނަޔަކީ މީހުން ގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަށްނަ ހެޔޮ ބަދަލުގެ ސަބަބުން ދުޅަހެޔޮ އާބާދީ އުފެދެމުން ދާކަށް . . ޔޫ ރަޕް ޤއުމުތަކުގަ މިރޭޓް އުޅޭނީ މާމަތީގަ . .