ހަތް ރަށެއްގައި އަޅާ ހޮސްޕިޓަލުތައް އަޅަން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވު ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ ހޮސްޕިޓަލުތަކުގެ ތެރޭގައި ހދ.ހަނިމާދޫ ށ. މިލަންދޫ، ނ. ވެލިދޭ، ކ ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިިލުފުށި ހިމެނެއެވެ. އެ ރަށްތަކުގައި އަޅަން ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

އޭގެ ތެރެއިން ހދ. ހަނިމާދ،ޫ އދ. މާމިގިލ،ީ ވ. ފެލިދޫ އަދި ތ. ވިލުފުށީގެ ހޮސްޕިޓަލްތައް ހަވާލުކުރީ ޑްޕްލެކްސް ޕްރައިވެޓްއާ އެވެ. އަދި ށ. މިލަންދ،ޫ ނ. ވެލި ދޫ އަދި ކ. ތުލުސްދޫގެ ހޮސްޕިޓަލްތައް ހަވާލުކުރީ އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލް ތަކަކީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލް ތަކެއް ކަމަށެވެ. އަދި ހޮސްޕިޓަލުގެ ބޭނުން ކުރާ ހަކަތަ އަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކޮންމެ ހޮސްޕިޓަލެއްގައި 150 ކިލޯ ވޯޓުގެ ސޯލަރ ޕީވީ ސިސްޓަމް ހަރުކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

" ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަނ،ް މެޑިކަލް އެއަރ އަދި ސަކްޝަން އެޅިފައިވ،ޭ ހަމަ މިއާއި އެކު ކައިރި ރަށްރަށަަށް ބޭނުންވާ އޮކްސިޖަން ފުޅިސަޕްލައި ކުރުމައްޓަކައި މިތަނުގައި އޮކްސިޖަން ޕްލާންޓެއްވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައ.ި" ހެލްތު މިނިސްޓްރީން ބުނެއެވެ.

އެ ޕްރޮޖެކްޓް ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައްޔިތު މީހާ

    7 ހޮސްޕިޓަލް އަޅަން 686.1 މިލިއަން ރ. (ގާތްގަނޑަކަށް 98 މިލިއަން ރ. ހޮސްޕިޓަލްއަކަށް)

    އެސްޖޭ ކޮންސްޓްރަކްޝަންއަށް ފޭސް 2 ޓިނު ސްކޫލް އަޅަން 27 މިލިއަން ރުފިޔާ..

    ހެހެ

  2. އިބޫ އިސްތިއުފާ!

    އިންޑިޔާ ކުންފުނިތައް އަންނަން އޮތް ސަރުކާރުވެސާ ހިސޯރުކުރަން ކުރާ މަސައްކަތް މިއީ. ކުންފުނިން އެއްވެސް މަސައްކަތެއް ނުކޮށް ތިބެތީ ދިވެހި ސާރުކާރުން ކޮންޓްރެކްޓު އުވާލަން ބޮޑު ލާރިގަނޑެއް ދޭން ޖެހޭތަން ފެނުން ގާތީ

  3. މާމީ

    ރިއާސީ އިންތިޚާބު ލިބޭތޯ ކުރާކަންތައް ކޮންތާކުން ފައިސާ ހޯދަނީ

  4. ބޯހަލާކު

    ތިތަނުން 5 ހޮސްޕިޓަލް ކެންސަލް ކޮށްފަ ހޮސްޕިޓަލުން ފަރުވާ ދޭނެ މެޝިންތަކާ ކާމިޔާބު ޑރ ގެ ޓީމެއްގެނައިޔާ ކީއްތަވާނީ، ހޮސްޕިޓަލް ކިޔާ ގެތަށް އެބަހުރި، ވާކަމެއްހަރާމް،