ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮސް އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ 15 އަތޮޅު ހޮސްޕިޓަލް އަދި 163 ސިއްހީ މަރުކަޒަށް އައިޓީ އިކުއިޕްމަންޓް ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު މީރުމާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިތަކެތި ހަވާލުކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.

ސިއްހީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗާރ ތަރައްގީކުރުމަށް ކުރިއަށްގެންދާ މިމަސައްކަތަކީ ރާއްޖޭގައި ހިންގޭ އައިސީޓީ ހާޑްވެއާރގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. މިމަޝްރޫއަށް 56 މިލިއަނަސްވުރެ ގިނަ ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި:

  • - 608 ކޮމްޕިއުޓަރ ސިސްޓަމް
  • - 44 ލެޕްޓޮޕް
  • - 500 ޓެބްލެޓް
  • - 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމް
  • - 551 ޕްރިންޓަރ
  • ހެލްތު މިނިސްޓްރީން ބުނީ މިއަދު ހަވާލުކުރެވުނު ތަކެތީގެ ސަބަބުން ހޮސްޕިޓަލް އަދި ސިއްހީމަރުކަޒުތަކަށް އައިޓީ ސާމާނު ލިބުން ދަތިވާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލއިޒްކޮސް އެއް ސިސްޓަމަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބުގެންދާނެ ކަމަށެވެ.
  • މީގެ އިތުރުން ފ. އަތޮޅުގައި މިހާރު ފަށާފައިވާ ހެލްތުކެއާރ ޕްރޮޖެކްޓް މުޅި ރާއްޖެއަށް ފުޅާކުރެވިގެންދާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަނު

    ޕާޓީގައި ތިބިމީހުން އަލުން ޕާޓީއަށް ސޮއިކުރުން ، ފަތްޖެހިފޮތި ނިއުޅާފަ އަލުން ފަތްޖެހުން ، ހުޅުވާފަހުރި ތަނެއް އަލުން ރިބަންކަނޑާ ހުޅުވުން ، ނަރުދަމާ ފެން އަޅާފަހުރި ރަށެއްގައި އަލުން ނަރުދަމާ ، ފެން އެޅުން ، މީ ކަލޭމެން ތި ޖަހާ ސަކަރާތަކީ! ބަލަގަ ޔާމީންގެ ވެރިކަމުގައި 2017 ގެ ފަހުކޮޅު އޮންނާނީ ތި މަސްރޫޢު ނިންމާފަ!

  2. ކުޅިކަނބިލި

    ސިއްހީ ދާއިރާ ޑިޖިޓަލއިޒްކޮސް
    މީކުރިކަމަކީ