ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 149 އަށް މިހާރު އަރާފައެވެ.
ކޮވިޑް ޖެހިގެން މެއި މަހު ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި މެއި މަހުގެ މިހާތަނަށް 76 މީހަކު ވަނީ ކޮވިޑް ބަލީގައި މި ދުނިޔެ ދޫކޮށްފައެވެ.
މި ބަލީގައި މިހާތަނަށް ނިޔާވި މީހުންނަކީ 133 ދިވެހިންނާއި، 16 ބިދޭސީންނެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ނިޔާވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ.
ރާއްޖޭގަ މިހާތަނަށް 59،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ އިރު، މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 24،000 އަށްވުރެ މައްޗެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 285 އަށް އަރައެވެ.
ކޮވިޑްފެސިލިޓީގައި "ފަރުވާދެމުން އަންނަނިކޮން"ނޭ މިހާރު ނުކިޔަންވެއްޖެއްނޫންބާ؟
ޢެއީ ތެދެއް ކިޔަންވީ ފަރުވާ ނުދެވި މަރުވެއްޖެއޭ ބަލިމީހާއަށް ފަރުވާދޭނެ ނަރުހެއް ޑޮކުތާރެއް ނެއްތަނަކަށް ލުމަކީ ފަރުވާދިނުމެއް ނޫން އެއަށް ކިޔަނީ މަރުވާން ދޫކޮށްލުމޭ ރައްޔިތުން ވެސް މިހާރު ދެން ވިސްނަންވެއްޖެއެއް ނޫންތަ އެތަނަށް ފޮނުވާ ހާލުފެރަމީހެއް ނުދިރާކަން އެއަށްވުރެ ގޭއޮތަސް މާރަގަޅުވާނެކަން 😭
ކެރަފާ ބާގީނަސީމު އެބުނަނީ އަދި ގިނައެއް ނުވޭ މަރުވާ ރޭޓް ދުވާލަކަށް 19 މަރު ވަން ޖެހޭނޭ އެއީ 19 ށަހީދުން މަރާލަފަ ވީތީ އެއީ ތިނަސީމު ދެކޭގޮތް
މުޅި ސިއް ޙީދާއިރާފުޑުފުޑު ކޮއް އޮރިޔާންކޮށްފި