ސްޕޭސްއެކްސްއިން އިންޓަނެޓްގެ ހިދުމަތް ދިނުމަށް ފަށާފައިވާ ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ބްލޮކް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވެފައިވަނީ ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ރާއްޖޭގައި ބްލޮކް ކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ ދަނޑިވަޅެއްގައި އެކަން އާއްމުންނަށް ސާފުކޮށްދިނުމަށެވެ.

އެގޮތުން ޝައުނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ޒަމާންތަކެއް ވަންދެން ހުރި މައްސަލަތަކަށް ބޭނުން ވަނީ އުފެއްދުންތެރި ހައްލުތަކެއް ކަމަށާއި، އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.

އަދި ސްޕޭސްއެކްސްގެ ހައިސްޕީޑް އިންޓަނެޓް ހިދުމަތް، ސްޓާލިންކް ލިބެންފެށުމުން އެ ހިދުމަތް ބްލޮކްކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށް ޝައުނާ ވިދާޅުވިއެވެ.

ސްޕޭކްސްއެކްސް ކުންފުނިން ތަރައްގީކުރާ ސްޓާލިންކް ހިދުމަތަކީ ޖައްވަށް ބައިވަރު ކުދި ސެޓެލައިޓްތަކެއް ފޮނުވައިގެން މުޅި ދުނިޔެއަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިގެން އުޅޭ ޕްރޮޖެކްޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސްޕޭސް

  އަސްލު ތިޔަ ޚިދުމަތް ނުލިބިގެން މިހުންނަނީ ! ނަސީބެއް ތިޔަ ކަމަށް މަރުހަބާ ކިޔާކަން..!

 2. ހެހ

  ކިހިނެތްތަ ކުރަން ބޭނުންވިޔަސް ކުރާނީ ދޯ... ރާއްޖޭގަ ނެތް ސެޓެލައިޓް ސިގްނަލް ބްލޮކް ކުރާނެ ފެންވަރެއް އަދި

 3. ނަައީމް

  އަންހެނަކު ފޮނުވާފިއްޔާ ކޮންމެކަމެއްވެސް ފާސްވާނެ މަލީހު ކިހާ މަސައްކަތެއްކުރި މިކަންކުރަން އެކަމު ފާސްނުވި މަލީހު މި އާންމުކުރިޔަވެސްނުދިން މަގާމުގެ ބޭނުމުގާ ހީކުރީ ސަނާކީމާ ހުރެވޭނެކަމައް މިހާރު މަލީހުވެސް ހަރާންވާނެ ގޮވުނު އެތިވަރާއި ސަރުކާރު ދިފާއު ކުރަން ހެދުނު ދޮގު އަނެއްސަރުކާރު އަންނަންވާއިރައް އެ ފާފަތަކުން ސަލާމަތްވެވޭތޯ ބަލާ

 4. އިސްތިއުފާއޭ

  ކޮން ސްޓާރލިންކެއްތޭ ތަމެން އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ