އެމްޕީއެލް ސަރަހައްދަށް މުދާ ބަރުކުރުމަށް ވަދެފައިވާ ސޮނީ ހާރޑްވެއަރގެ "ފަރުމާ" ގެ ފަޅުވެރިއެއް ހޭ ނެތިގެން ވެއްޓުމުން އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

އެމްޕީއެލްގެ ތަރުޖަމާން ދާނިޝް ނިޒާމް ވިދާޅުވީ ފަޅުވެރިއެއް ހޭ ނެތިގެން ވެއްޓުމުން އެމްޕީއެލްގެ މެޑިކަލް ޓީމުން ވަނީ ވަގުތުން އެ ހާދިސާ ހިނގިސަރަހައްދަށް އެޓެންޑްވެ ސީޕީއާރު ދިނުމަށް ފަހު އެމްބިއުލާންސްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހާދިސާ ރިޕޯޓު ކުރިތާ 3 މިނެޓު ތެރޭގައި އެ މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގެ ރިޕޯޓު އެމްޕީއެލް އަށް ލިބިފައިވަނީ، މިއަދު 11:23 ގައެވެ. އަދި އެ މީހާ ވަނީ 11:26 ގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭނާ ދާދި ދެންމެޔަކު ނިޔާވެފައިވާކަމަށް އައިޖީއެމް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްޕީއެލް އިން ވިދާޅުވިއެވެ.

ކުއްލި ގޮތަކަށް ނިޔާވީ ބަންގްލަދޭޝް ރައްޔިތެކެވެ.

ކުއްލި ގޮތަކަށް ބަންގްލަދޭޝް މީހާ ހޭނެތުނީ އެއްވެސް އެކްސިޑެންޓެއް ދިމާވެގެން ނޫންކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ކިޔުންތެރިޔާ

  ދިވެހި ރައްޔިތުންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހެލްތް އިތުރަށް މޮނިޓަރކޮށް ބެލެހެއްޓޭނެފަދަ ނިޒާމެއް ރާއްޖޭގައި ގާއިމްކުރަންޖެހޭ! ކުއްލި މަރުތައް އާންމުވެގެން މިދަނީ އޮބިނޯންނަވަރަށް.

  7
  1
 2. ހަސަން

  މާ ބުރަކޮއް މަސައިކަތް ޖެއްސީ ދޯ.

  5
  1