ރާއްޖެއިން ކޮވިޑް-19 މެނޭޖް ކުރުމުގައި، ހެލްތް މިނިސްޓްރީއާއި މުޅި ސަރުކާރު މިހާރު ފެއިލްވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިގޮތަށް ބުނެފައި ވަނީ، ކޮވިޑަށް ފައްސިވެ އުމުރުން 10 އަހަރުގެ މިޝްކާ މުޙައްމަދު ނިޔާވި ހަބަރާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ ކޯލިޝަނުން ބުނީ، ކޮވިޑް މެނޭޖެކުރުމުގައި ސަރުކާރު ފެއިލްވެ، ހެލްތް މިނިސްޓްރީއާއި އެ ވުޒާރާގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް މިދުނިޔެއާއި ވަކިވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ފުރާނައެއް ވަކިވެގެން ދިއުމުން މައާފަށް އެދި ނިންމާލުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވެއެވެ.
އެ ކޯލިޝަނުން ވަނީ މިފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަށް ތަހްގީގްކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާފައެވެ.
އަދި ކޮވިޑަށް ސަރުކާރުން މިހާތަނަށް 3.5 ބިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައިވީނަމަވެސް އެ ފައިސާ މިވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ހޭދަކުރެވިފައި ނުވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
"ކޯވިޑް ފެސިލިޓީތަކާއި ޓެސްޓް ކުރެވޭނެ ނިޒާމާއި އިތުރު ވަސީލަތްތައް އެންމެ ނުރައްކާތެރި ޙާލަތަށް ރިޢާޔަތްކޮށް ޤާއިމްކުރެވިފައި ނުވޭ. ނަމަވެސް މިހާތަނަށްވެސް ސަރުކާރުން ބުނެފައިވަނީ މުޅި ސަރުކާރުންވެސް މިކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެހެންކަމުން މިކޯލިޝަނުން ޤަބޫލުކުރަނީ ހެލްތް މިނިސްޓްރީއާއި މުޅިސަރުކާރު މިހާރު މިކަމުގައި ފެއިލްވެފައިވާ ކަމަށް"، އިދިކޮޅު ބަޔާނުގައި ވެއެވެ.
އެ ކޯލިޝަނުން ވަނީ ބަޔާން ނިންމާލަމުން ކޮވިޑް މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލާފައެވެ. އަދި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށްވެސް ގޮވާލާފައި ވެއެވެ.
ރައީސް ޔާމީން ވެރިކަމުގަ ހުރި ނަމަ، މިބަލި ރާއްޖެ ނާއީސް. މިސަރުކާރުން ގެނައި ބައްޔެއްމީ. ރާއްޖޭގަ ވެރިކަން ކުރެވޭ ހުރީ 2 މީހުން، ރައީސް ޔާމީނާ، އުމަރު ނަސީރާ. މިއެން ކޮންމެވެސް 1 ހޮވާންޖެހޭ، 2023ގަ.
އެއްވަނަ ދަރަޖާގައި ވައްކަން ކުރަން ތައްޔާރު ވެފައޮތީ ސާބަސް ގައުމު ހުސް ކޮށްލަ
ގައުމު ހުސްކޮއްފަ ނޫންތަ ވަގުންތަށް އެތިބީ. ޗައިނާއިން ބާއިންޖީނު ދަވާދު ލައިގެންގެނެސްފަތިބި މީ ހުނާ .ސަރުކާރު ފައިސާްިން 10 މިލިއަން ރުފިޔާއަށް ޕާޓީ ބަދަލުކުރިމީހުން.
ތިޔަ ވާހަކަތަޢް އަޑުއަހާނެ ބަޔަކު މިސަރުކާރުގެ ހަފޮޅުން އެތެރެއަކު ނެތް!އަޑަށް ލެވުނު ހާބާރެއްލާފައި ގޮވިޔަސް އެތިބީ ކަންފަތަށް ތިމަރަ އަޅައިގެންކަހަލަ! ޙުރިހާކަމެއްވަނީ ބޮއްސުން ލައިގެން ގޮސް ދެން އެކަމެއް ރަގަޅުވެސް ނުކުރެވޭ ހާލަތުގައި
ރަތްޔިތުން ކުރިމަތީ ސޯޓު ބޭލިފަ ތިބި ބަޔަކު އަރާތިބެ އަނގަ ގެޅުން މާރީޗެއްނޫން މިހާރު ކަލޭމެން ދައްކާ ވާހަކަ އަޑު އަހާނެ ބަޔެއްނެތް ތިއޮޑީގައި ތިބީ ހައެއްކަ މީހުން މާލިމީއަކު ނެތި އޮޑި އޮޔާދަނީ
ކަމެއްވާއިރަށް ސަރުކާރުގެ ބޮލުގަ.. ސަރުކާރުގެ ވެސް މައްސަލަތަކެއް ނޫޅޭކޭނޫން ކޮންގައުމެއްގަތޯ ނެތީ... އާންމު ފަރުދުންގެވެސް ޒިންމާއެެއް އެބައޮތް... މާސްކު އަޅާށޭ ގައިގޯޅިވެ ނޫޅޭށޭ ބުނާއިރު 70 ފަސަންޓު ނުކުމެ އުޅޭމީހުންގެ މާސްކު އޮންނާނީ ދަތްދޯޅީގައި ދެން ޖޫރިމަނާ ކުރީމަ ސަރުކާރު ގޯސްވަނީ...ކުއްޖާ ބަލިވެ ޙާލުގޯސްކޮށްަ އުޅޭތާ ދެދުވަސް ޙޭނެތެންދެން މާޑުކުރުން ގޯހެއް ހާއްސަަ އެހީއަށް ބެނުންވާ ކުޖެއްވީމަ... ދެންއެންބިއުލެންސް ލަސްވަނާ އެހެން ހޮސްޕިތަލގެ އެންބއޔލެން ޢަކަށްވެސް ގުޅާލިނަމަ ފަރުވަާ އވަސްވީސް...
ކަލޭމެން ގެ ފަރާތުން ދައްކާ ވާހަކައިގެ އޮށްޓަރެއް ނެތް ކަން ތި ފެންނަނީ
ކޮވިޑް ފަތުރަން ރައްޔިތުންނެރެގެން މުޒާހަރާކޮށް އަދި ވެކްސިންނުޖަހަން ގޮވި ވަގުންގެބައިގަޑު އަގަހުޅުވަން ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީތޯ؟؟
މި ސަރުކާރު ފެއިލް ވެއްޖެ. ކުރީގެ ސަރުކާރު ތައް ވެސް ފެއިލް ވި، އެކަމް ވެރިކަމުގަ ތިބޭ އިރު އެކަން ގަބޫލެއް ނުކުރާނެ.
ހެއްވާދޯ. ކައެމެން މަގުތަކުގަ އެއްވާން އުޅެފަ މި އެތި ފަތުރަން މަގުފަހި ކޮށްދީފަ ދެން ކޮން ބަޔާނެއް
އިދިކޮޅުވެސް ތިއޮތީ ފެއިލްވެފައި