ސިއްހީ ދާއިރާއަށް މިހާބޮޑަށް އަޅާލި ސަރުކާރެއް ހަޔާތުގައި ވެސް ނުދެކޭ ކަމަށާއި އަމާޒަކީ އުމްރާނީ ތަރައްގީއާއި އެއްހަމައަކަށް އިންސާނީ ވަސީލަތް ވެސް ގާއިމް ކުރުން ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް އެފަދައިން ވިދާޅުވީ މިހާރު ކުރިޔަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުންނެވެ. ކޮންގްރެސްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ސަރުކާރުން ސިއްހީ ދާއިރާއަށް ގެނެސްފައިވާ ތަރައްގީ ފާހަގަކޮށް އެކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

"އުމްރާނީ ތަރައްގީއާ އެއްހަމައަށް އިންސާނީ ވަސީލަތާއި ހިދުމަތުގެ ފެންވަރު ގެނައުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒު. ސިއްހީ ދާއިރާއަށް މިގެނެވޭ އިންގިލާތީ ބަދަލުތަކުގައި ތިޔަ ބޭފުޅުން ދެއްވާ އެއްބާރުލުމުން ޝުކުރު ދަންނަވަން" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ނަސީމްގެ ވާހަކަފުޅުގައި ވަނީ މުޅި ދުނިޔެއިން ވެސް އެންމެ ރަނގަޅަށް ކޮވިޑް މެނޭޖް ކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހިކުމަތުގެ ސަބަބުން ހޯދިފައިވާ ކާމިޔާބެއްކަން ފާހަގަ ކުރައްވާ އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި، ކޮވިޑުގެ އެންމެ ދަތި ހާލަތުގައި ކޮވިޑުގެ ކަންކަން ބަލަހައްޓަމުން ވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެހެނިހެން ސިއްހީ ހިދުމަތްތައް ދިޔައީ މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުން ކަމަށް ވެސް ނަސީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ސިއްހީ ހިދުމަތްތަކަށް މިފަދަ އިންގިލާބީ ބަދަލު ގެނެވިފައިވާއިރު އަޅުގަނޑުމެންގެ އަމާޒު މިހާރަށްވުރެ ބޮޑަށް ދުރާލާ ރައްކާތެރިވުމަށް ފޯކަސް ކުރަން އެބަޖެހޭ" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހަމައެހެންމެ، ކޮވިޑުން ދަސްކޮށްދިން އެންމެ މުހިއްމު އެއް ކަމަކީ އާންމު ސިއްހަތުގެ ކަންކަން ދުރާލާ ބަލާ، އެ ސިއްހަތުގެ ކަންކަން ރަނގަޅު ކުރަން ޖެހޭކަން ކަމަށާއި ކޮވިޑުގައި ނިޔާވި ވަރަށް ގިނަ މީހުންނަކީ އެހެން ބޮޑެތި ބަލިތައް ތަހަންމަލް ކުރަމުން ދިޔަ މީހުން ކަމުން އެކަންކަމަށް ކުރިޔަށް ވުރެ ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށް ވެސް މިނިސްޓަރ ނަސީމް ފާހަގަ ކުރެއްވިއެވެ.

ރޭ ފަށައިގެން ކުރިޔަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ސަރުކާރުގެ ހުރިހާ ވަޒީރުންނާއި ވުޒާރާތަކުގެ އިސްވެރިން އަންނަނީ ސަރުކާރުގެ ކާމިޔާބީ ފާހަގަކޮށް، ތަގުރީރު ކުރައްވަމުންނެވެ.

ކޮންގްރެސްގެ ދަންފަޅިތައް މާދަމާ ވެސް އޮންނައިރު މާދަމާ މެންދުުރު ފަހު އޮންނާނީ ކޮންގްރެސްގެ އެންމެ ފަހު ދަންފަޅިއެވެ. އެއަށްފަހު ދެން އޮންނާނީ ކޮންގްރެސް ނިންމުމުގެ ގޮތުން އެ ރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ކޮކަދި

    މިނިސްޓަރު ހޭފުޅުލެވުނިތޯ ކުރިން ހުންނަވަނީ މަސްތުގަދެއްތޯ

    63
  2. އަލީ

    ސީޓީ މެޝިން ހުއްޓަސް ރޭޑިއޯ ގުރާފަރެއް ނެތް.

    53
    1
  3. ޙަޖަބ

    thihaa alhaalaakah nuvaaneh, haadha ey rangalhy.

    38
  4. ގުނަން

    މިކަހަލަ ބޯގޮވާފަ ތިބިމީނުން ދައްކާވާހަކަ ނުގެނެސްބަލަ

    57
  5. ހުސޭނުބޭ

    އެ ބުނަނީ އެމްބިއުލާންސްގެ ކޮންމެ ފުރޮޅަކަށް ކޮމިޓީއެއް އުފައްދާފައި އެމީހުންގެ އިޙްމާލުން ނިޔާވި ކުޑަކުއްޖެއްގެ މައްސަލަ ވަޅުޖައްސާލި ވާހަކަ.

    52
  6. ދަރަނި ދަންތުރަ

    ސިއްހީދާއިރާއިން މިވަރަށް ވަންކަންކުރި ސަރުކާރެއްވެސް ނެތް ، ސިއްހީ ދާއިރާގެ އިހުމާލުން އެއްމެ ގިނަ މީހުން މަރުވީވެސް މިސަރުކާރުގައި ، އަދިވެސް ވެންޓިލޭޓަރ ތަށް ވީ ހިސާބެއް ނޭންގޭ ދެން ބާރަށް އަތްޖަހާ

    27
  7. ޢަލިފް

    ޢެހެންތާ ވާނީ...ކޮވިޑް ތެރޭ ކިތައް މީހުން ނައް އުމާލު ވީ...ބާނުވާ ލަނީ ދަށުގަ ތިބޭ ނިކަމެތި މީހުންތައް....

    21
  8. Anonymous

    މިބޭގަންޑު ކަންޑު ކޮއްސޭ ތަ މިކިޔަނީ...

    24
  9. ދޮންބެ

    ބޭބެ ސިކުނޑި ރަނގަޅުބާއޭ ހިތައްއަރަނީ
    މިހާ ދައްފެންވަރުގައި ސިއްހީނިޒާމް އޮތްދުވަސްވަރެއް އަދި ދިވަހަކުވެސް ނިދެކެން.

    26
  10. ވީޥާ

    މިނިސްޓަރ ވެސް މިހާރު ސަރުކާރަށް ކަމެއް ނުވާތީ މަލާމާތް ކުރައްވަނީތޯ؟

    25
  11. މާކެޔޮޅުބެ

    ލަދެއްވެސް ނުގަނޭރީތި ވާހަކަ ދަކާން

    37
  12. ޢަބްދުއްލަތީފު

    ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާ ގެ މޭސްތިރި ދޯ ތިޔައީ؟

    44
  13. ޔސރ

    އެހެންވެ ދަރުމަވަންތަ ހޮސްޕިޓަލް ވެސް އިންޑިއާ ހޮސްޕިޓަލް ދަށަށް ގެންދިޔައީ

    40
  14. ގާބެ

    ޙަޔާތް ކުޑަ ، ނޮވެމްބަރ 3 ގެ ގައްދާރު، ލަދު ޙަޔާތުގެ ކަންފުޅެއްވެސް ގައްދާމާރި.

    24
  15. ގައުމީ

    ވަރަށް ތާހިރު މިހާރުވެސް މިރަށު މަރުކަޒުގައި ބޭސް އަޅާފަ އޭގެމަތިން އަޅާނެ މަލަންވެސް ނެއް .

    27
  16. ާދަލޭކް

    ތިހާ ޅައުމުރުގައި ސިޔާސީ ވާހަކަ ދައްކަން ޖެހުނީމަ ދެއްކޭނީ ބޯ ގޯސް ވާހަކަ .ވެއްޖެ ވީއްޔާ ވެއްޖެ ވިއްޔާ 18 އަހަރު ފުރޭ އިރަށް މިނިސްޓްރުކަން ކުރަން އެވެސް އަދި ހެލްތު މިިނިސްޓަރުކަން.

    24
  17. މުފައްކިރު.

    ނޭވާ ހޮޅިން ވައްކަން ކުރުމާއި، ވައްކަން ކުރި މީހުން ދޫކޮށްލުމާއި، ރާއްޖެތެރޭގެ ހޮސްޕިޓަލް ތަކުގެ ފެންވަރު ދަށްވަމުން ގޮސް އަތޮޅު ސިއްޙީ މަރުކަޒު ފެންވަރަށް ވެއްޓުން އެއީ މިބުނާ ކުރިއެރުން ނަމަ ތިޔަ ވާހަކަ އަށް އައްސަރިބަހާ ސާބަސް.

    26
  18. ހަސަން

    ކަލޭތީ ކުޑަކުއްޖެއްވީމަ ބޮދުވީމަތާ އެނގޭނީ

    25
  19. Anonymous

    ހަމަ ހެވެނީ މިގަމާރުން ކިޔާ އެއްޗިއްސާ ހެދި.

    25
  20. ވަތައޮޑި

    ތިބުނީ ކަލޭގެ ސިއްހީ ހާލަތާ އަޅާލިވާހަކަތަ ؟

    25
  21. ބިކުންބެ

    ޙަޔާތުހައި ހެލްތު މިނިސްޓަރުކަންވެސް ލިބުނީ މިފަހަރު. އެހެންވީމާ ހެލްތުގެ ކަންކަން ފެނިފައިވެސް ހުންނާނީ މިފަހަރުތާ.

  22. ގަހާ

    ގަމާރު

    19
    1
  23. ޖާބެ

    ކަލޯ މިސޮރު ކޯމާއެއްގަ މިއޮތީ

    20
  24. ޙޮލޯ

    ތިމާ އުފުލަންޖެހޭ މަސްއޫލިޔަތު ރަނގަޅު ކަމަށްބުނެ ތިމާއަށް ތިމާ ތަޢުރީފު ކުރީމަ އެވީ ކޯއްޗަކަށް؟

    26
  25. ގުއިކާޅު

    އެހެންވެތޯ ތަންތަނަށް މަރުކަޒުތަކަށް ލާފަތިބި ސިޔާސީ ގަމާރުން ހެލްތްމިނިސްތްރީން ނުނިކުމެގެން އެއުލެނީ...

  26. 101ސ

    އެންމެ ގިނަ އިހްމާލުގެ މަރު މަނިކުފާނުގެ ހެލްތު މިނިސްޓަރު ކަމުގާ. އެހެން ބައެއްގެ ވެރިކަމެއް ނަމަ ގޮވާނެ އިސްތިއުފާއޭ. ހަމަބިމުގާ ތިބޭފުޅުންގެ ސަރީޔައް ހިންގުން އިންސާފު ވެރި އެއްނުވާނެ.

  27. ގިމަތަ

    ޢެހެންވެގެންތޯ މިސަރުކާރުން ރަށްޔަތުން ނޭވާާލާންގެނައި ވެންޓިލޭޓަރުތަކަށްވެސް ހިޔާނާތްތެރިވީ ކަލޭގެ ސަރުކާރު ހިނގަނީވެސް ރައީސްޔާމީން ބަހަށްޓާފަ ހުރި ފައިސާއިން.