10:16

ހުޅުމާލޭގައި މަސައްކަތްކުރާ ޖަމާއަތްތެރިންނާއި ޝުޖާ ބައްދަލުކޮށް ހިތްްވަރުދީފި.

10:11

ކޮވިޑް ޖެހިގެން ތިނަދޫން މީހަކު ނިޔާވެއްޖެ.

10:04

ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ.

09:49

ޗައިނާގައި ވެސް އިންޑިއާ ވޭރިއަންޓް ފެތުރި، ހާލަތު ގޯސްވާން ފަށައިފި.

09:20

ރަޝިއާގެ ވެކްސިން ހިލޭ ދޭނެ ކަމަށް ބުނެ ހުށަހެޅީ ފޭކް ޑޮކިއުމެންޓެއް: ނަސީމް

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެތައް ބަޔަކު އަބަދުގެ އަބަދަށް އަޅުގަނޑުމެންނާއި ވަކިވެގެން ހިނގައްޖެއެވެ. ކޮވިޑް ޖެހިފައި ތިބުމުން ހޮސްޕިޓަލަށް ނުގެންދެވިގެން އެތައް ބަޔަކު ނިޔާ ވެއްޖެއެވެ. ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަތުރު ނުކުރެވިގެން އެތައް މައިންނެއްގެ ބަނޑަށް ދަރިން ނިޔާވެއްޖެއެވެ. މިއިން ކޮންމެ ހާދިސާ އަކާއި ގުޅިގެން ވެސް ސަރުކާރުން، ހެލްތު މިނިސްޓްރީން ވިދާޅުވަމުން ގެންދަވަނީ "ތަހްގީގު" ކުރިއަށްދާ ކަމަށެވެ.

އުމުރުން ދިހަ އަހަރުގެ އަންހެން ކުއްޖަކު ހޮސްޕިޓަލަށް ގެންދިއުން ލަސްވެ، ސިއްހީ ނިޒާމް ފެއިލް ވެފައި އޮތްކަން އިތުރަށް އަނެއްކާވެސް ސާބިތުވުމުން މިއަދާއި، މިރޭ ވެސް ސަރުކާރުގެ އެކި އިދާރާތަކުން ވިދާޅުވަމުން ގެންދަވަނީ "ތަހްގީގު ކުރާނަން" ކަމަށެވެ. ތަހްގީގު ފެށިއްޖެ ކަމަށެވެ. އެހެންކަމުން އަދި މިހާތަނަށް މިކަމުގައި ޒިންމާ ވާން ޖެހޭ އެއްވެސް މީހަކު ނެތެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދަށް ބަލާއިރު މިއަދު ފައްސިވެފައި ވަނީ 704 މީހުންނެވެ. އޭގެ ތެރެއިން މާލެ އިން ފައްސިވީ 407 މީހުންނެވެ.

އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 271 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. ރިސޯޓްތަކުން 18 މީހުން އަދި ހަދަމުންދާ ރިސޯޓްތަކުން 08 މީހަކު މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ވަނީ 5181 މީހުންނެވެ. މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން %14 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މަދުވި ނަމަވެސް މިއަދު މާލެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ އިއްޔެ ފައްސިވި މީހުންނަށްވުރެ އިތުރު ވެފައެވެ. އިއްޔެ މާލެ އިން ކޮވިޑަށް ފައްސިވީ 373 މީހުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު މިއަދަކީ މެއި މަހުގެ 08 ވަނަ ދުވަހަށް ފަހު އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު މިއަދު ވަނީ 23909 އަށް މަދުވެފައެވެ. މިއީ މެއި މަހުގެ 24 ވަނަ ދުވަހަށް ފަހު އެކްޓިވް ކޭސްގެ އަދަދު މިހައި މަދުވި ފުރަތަމަ ދުވަހެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް މިއަދު ވަނީ 197 އަށް މަދުވެފައެވެ. މިއަދަކީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު މެއި މަހުގެ 05 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް-19 ޖެހިގެން މިއަދު ވެސް ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑްގައި ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 171 އަށް އަރައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މާކުން

  ސިއްޚީ ދާއިރާއިން މޮޅަށް ކިޔަވައިގެންތިބި ކަމަށް ގާބިލު ސިއްޚީ ޚިދުމަތީ ކޮބައިކަން ރަންގަޅަށް އިނގޭމީހުން މިގައުމުގަ ވެރިކަންކުރާ ޕާޓީގަވެސް އެބަތިބި.ކީއްވެބާ އެފަދަ މީހަކަށް ހެލްތު މިނިސްޓަރ ކަން ހަވާލުނުކުރީ؟

  4
  1
 2. ދޫނިރާއްޖެ

  މިރާއްޖެއަކީ ނިސްބަތުން މުޅިދުނިއެއިން އެންމެ ގިނަ މީހުން ބަލިޖެހުނު ގައުމު ނިސްބަތުން އެންމެގިނަ މީހުން މަރުވިގައުމު ނިސްބަތުން އެންމެ ބޮޑު ހަރަދުކުރިގައުމު

  15
  • ކާފަބޭ2020

   އަދި މިގޮތަށްވެސްލިޔެލިނަމަ " :"އެންމެގިނައިންރުފިޔާފައިސާޗާޕްކޮށްއެންމެގިނަފައިސާ" ފެންފޮދަކާނުލާދިރުވާލިވެސްޤައުމު ލިބުނުގިނަގުނަތަކެއްޗަށް ވީގޮތެއްނޭގުނުޤައުމު މަދުދުވަސްކޮޅެއްގަ އެންމެބޮޑުދަރަނި ރައިއްޔަތުންގެބޮލުގައެޅުވިޤައުމު އެކަމުލޯނުނުނަގާނަމޯ ޗައިނާގެދަރަނިދަންތުރައަށްފައިނުބާނާނަމޯ ނަމަސްތޭޖީދޯ؟

  • ރެފްރީ

   އަދިކިއެއްތަ ނިސްބަތުންއެންމެފަރުވާކުޑަ ސަރުކާރު. އަލިފު ހާ

 3. އިހުމަލު

  ޢިންސާނިއްޔަތުގެ ކަންފުޅެއްވެސް ހުރިނަމަ މިހާރު އިސްތިއުފާ ދެއްވާ.