ފާތިމަތު މިޝްކާ މުހައްމަދުގެ ހާލު ސީރިއަސް ވުމުން އެމްބިއުލަންސަށް އެތައް ފަހަރަކު ގުޅުމުން ވެސް އެމްބިއުލަންސް ނުލިބުމުން އެންމެ ފަހުން އެމްބިއުލަންސް ހޯދަން ދަރުބާރުގެއަށް ވެސް މީހަކު ދިޔަ ކަމަށް ތަހްގީގު ރިޕޯޓްގައި ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ނެރުނު ރިޕޯޓްގައި ބުނީ މިޝްކާގެ ހާލު ދެރަވެގެން އެންމެ ފުރަތަމަ ބެލެނިވެރިޔާ އެޗްއީއޯސީ އަށް ގުޅީ 21:06 ގައި ކަމަށެވެ. އޭގެ ފަހުން އެތައް ފަހަރަކު ގުޅައިގެން ވެސް އެމްބިއުލަންސް ނައުމުން އެންމެ ފަހުން 23:27 ގައި ބެލެނިވެރިޔާ ފޮނުވައިގެން މީހަކު އެމްބިއުލަންސް ހޯދަން ދަރުބާރުގެއަށް ދިޔަ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
ރިޕޯޓްގައި ބުނެފައި ވަނީ މިޝްކާއަށް އެމްބިއުލަންސް ފޮނުވަން އެޗްއީއޯސީގެ ފެސިލިޓޭޓް ކްލަސްޓާ އިން އެންގީ އޭގެ އިރުކޮޅެއް ފަހުން 23:32 ގައެވެ.
އެމްބިއުލަންސް މިޝްކާގެ ގެއަށް ގޮސްފައި ވަނީ 23:38 ގައެވެ.
ރިޕޯޓްގައި ފާހަގަ ކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި މިޝްކާގެ ހާލު ދެރަވާން ފެށުމުން ބެލެނިވެރިޔާ އެމްބިއުލާންސަށް ގުޅި ބައެއް ފަހަރު އެޗްއޯސީ އިން ވަނީ އެމްބިއުލާންސް ފޮނުވައިފި ކަމަށް ވެސް ބުނެފައެވެ. ނަމަވެސް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެހެން އެޗްއޯސީ އިން ބުނި އެއްވެސް ފަހަރަކު އެމްބިއުލާންސް ދާން އަންގާފައެއް ނުވެއެވެ. އެހެންވެ އެމްބިއުލާންސް އޮތީ "އެކްޓިވޭޓް ނުވެ." ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
ދަރުބާރުގެ އަކީ އެޗްއޯސީ ހިންގަމުން އަންނަ ތަނެވެ. މީގެ ކުރިން ވެސް ބައެއް ހިދުމަތްތައް ނުލިބިގެން އެކި މީހުން ދަރުބާރުގެއަށް ގޮސް އަޑުގަދަކޮށްގެން ހިދުމަތް ހޯދަން ޖެހިފައި ވެއެވެ.
ތިކަން ތިވީ އަހަރުމެން ހަމަ ގަބޫލުކޮށްގެން ހުރިގޮތަށް. އެންމެ އާދައިގެ މުވައްޒިފު ގުރުބާން ކޮއްލާނެ ކަން އާންމު ރައްޔިތުންނަށް އެނގޭ. ދިވެހިންނޭ އަދިވެސް ހޭރާ..އަޅުނގަ މެން ހަދަނީ ކޯލް ސެންޓަ ބޮޑު މީހަ ބުނާގޮތް
ހުރިހާ ކްލަސްޓަރތަކުގެެ ހެޑުން އަބަދުވެސް ގެޔަށް ދާންޖެހިފަ އޮންނަނީ... އެޗްއީއޯސީގަ ގިނަވަގުތު މަސެއްކަތެއް ނުކުރޭ.... ޅަ ޒުވާން، ގައުމީ ޔުނިވަރސިޓީގަ ކިޔަވާ، ތަޖުރިބާއެއް ނެތް ޒުވާނުންނާ ކްލަސްޓަރ މަސެއްކަތް ހަވާލްކޮށްފަ ކްލަސްޓަރ ހެޑުން ގޭގަ.... އެޗްއީއޯސީ ތެރަޔަށް ވަނީ އަނެއްކާ ނިކުމެގެން ދިޔައީ... ހީވަނީ ފަޔަށް ހިނިއަރައިގެން އުޅޭ ބައެއްހެން.... ކަމަކާ އެޓެންޑެއް ނުވޭ... ކްލަސްޓަރ ހެޑުންނަށް ފިޔަވަޅު އަޅަން ޖެހޭ.... ކޯލްސެންޓަރގެ ހެޑް، ހާލުބެލުން ކްލަސްޓަރގެ ހެޑް މިހެން ގޮސް އިހުމާލްވި ހެޑުން އެޗްއީއޯސީން ބޭރުކޮށް ފިޔަވަޅު އަޅަން ޖެހޭ...
ކަމެއްވާއިރަށް އެތަނެއްގައި، ހުންނަ އިސްވެރިން އިސްތިޢުފާ ދޭކަށް ނުޖެހޭނެ! އެކަމަކު، ކޮވިޑް މެނޭޖް ނުކުރެވި، ހުރިހާ ކަމެއް ބޮއްސުންލައިގެން ދިޔައީ މިނިސްޓަރު ނަސީމު ނާގާބިލު ކަމުން! ހަމަ މިހާރު އިސްތިއުފާ ދެއްވަންވީ! މިސްކާ ކޭސް އަކީ، ރައްޔިތުން އުޅެމުންދާ ހިތްދަތި ހާލަތު ރައްޔިތުން އަށް ފަޅާއެރި ދުވަސް! މިހާރު ދެން ފުދިއްޖެ! އިތުރަށް މިފަދަ ހަބަރުތައް އަހާނެ ހިތްވަރެއް ނެތް!
ހުލުމާލެ ހޮސްޕިޓަލް އެމްބިއުލަންސް ޑްރައިވަރަކު ބުނިއަޑު އެހިން ހެދުނު ކާޑު ޖަހާ ފަ ޓެކްސީ ކޮށް ފަ އައިސް އަނެއްކާވެސް ހަވީރު އައިސް އިތުރުގަޑި ކާޑު ޖަހާ ވާހަކަ.ޥީމަ ވާނީ ތިޔަހެން
އަހަރެން ވެސް ރިސޯޓުގަ ހުރެފަ އަންހެނުން ވިހަން ރަށައް ދާންވެގެން ހުއްދަ ހޯދަން ތިޔަބުނާ އެޗްޕީއަކައް ބަރާބަރު ދެހަފުތާވަންދެން ގުޅިން ޖަވާބެއް ނުލިބުނު ދުވާލަކު 3 ފަހަރު ގުޅިން ކޮއްމެފަހަރަކު ބުނަނީ އަޅުގަނޑު މެންގެ ލީގަލްޓީމާ ހިއްސާ ކޮލާނަމޭއެގޮތައް 2 ހަފުތާ ޖަވާބެއް ނުލިބި ރައްޔިތުންނައް ދަތިކުރަންވެސް މީބޮޑުވަރު އިސްތިއުފާ
ދަރުބަރުގެ ހުލަގްމަގްގާ އެމަޖެން ސިގާ ބަލިމިހުން ގެން ދަން ނަގާފވާ ކަރު ބޮޑް އަގު ދީ ފާ ނުދުުވަ ބަހަޓާ ހުން ނަނީ ކޮން މެވެސް ބަޔަ ކަށް ބައިއެލޭ ގޮތަށް ނަގާ ފާ ހުރި،ކާރު ތަކެން ހެން ހިވަނީ
ދަރުބާރު ގެޔަށް ދިޔައިރު ކިހިނެއްބާ ކޯލް ސެންޓަރުގެ ގުރޫޕްގަނޑު މީހުންތިބީ ޕިއްޒާ ކެއުމާ އަންހެން ފިރިހެން މިކްސް ހެދުމާއި މިކަހަލަ މަޖާ ގަނޑެއްގައި ތިބޭނީ ދެން މީހަކު ގުޅާއިރަށް ތިބޭނެ ރަތައް އަރާފަ ވަގުތުން ބޮޑު ދޮގެއް ހަދާފަ ފޯނު ބާއްވާނެ މިއީ ސީދާ އެތާ އެތެރޭގައި އުޅޭ ކުއްޖަކު ކިޔާދިން ހަގީގަތް އަންހެން ކުދިން ރުއްސަން ސުޕަވައިޒަރުން ކުރާ ކަންތައް މިހާރު ރާކަނި މަސް ކެވިފަ ހުންނާނީ ސުޕަވައިޒަރުންނަށް
ދަރުބާރުގެ ބަންދު ކުރޭ
ޢެމްބިއުލަންސް އެކްޓިވޭޓް ނުކޮށް އެމްބިއުލޭންސް ގޮއްސިއޭ ބުނި މީހަކު ހޯދިއްޖެބާ؟ މިއަދު އެމީހަކު ތިޔަ ސެންޓަރުގައި މަސައްކަތުގައި ބައިންދައިގެން ނުވާނެ. ޢެމްބިއުލަންސް ނާންނަ ކަމަށް ބުނެ އާއިލާއިން ޢެތައްފަހަރަކު ގުޅީމާ އެމީހަކުވެސް އެބަޖެހޭދޯ ގޮޑިން ތެދުވެގެން ގޮސް ބަލަން އެމްބިއުލަންސް އެކިޓިވޭޓް ނުވަނީ ކީއްވެގެންތޯ،