ވަކިވަކި ސިފައިންނާއި ފުލުހުން ޖަވާބުދާރީކޮށް ފިޔަވަޅު އަޅާނީ ރައްޔިތުންގެ މަޖިލީހުން ނޫން ކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރު ކަން ކުރެއްވި، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރީޓީ ބަލިކަށިވެ ފޫއަޅުވާލި ގޮތް ހޯދުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ވަކިވަކި ސިފައިންނާއި ފުލުހުން ހާޒިރު ކުރަން ނިންމުމުން އެއީ މަޖިލީހަށް ކުރެވިދާނެ ކަމެއް ކަމާ މެދު ގާނޫނީ ގޮތުން ވަނީ ސުވާލު އުފެދިފައެވެ.
އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުން ވަކިވަކި ފުލުހުންނާއި ސިފައިން ޖަވާބުދާރީ ކުރެވިދާނެ ކަމަކަށް އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެކަމަކު މަޖިލީހުން ބަލަމުންދާ ކަމެއްގައި މައުލޫމާތު ހޯދުމަށް ހާޒިރުވާން އެންގުމުން ހާޒިރުވެ ތެދު ބަހުން ޖަވާބު ދޭން ޖެހޭނެ ކަމަށް އިބްރާ ވިދާޅުވިއެވެ.
"ސިފައިންނާއި ފުލުހުން ޖަވާބުދާރީކޮށް ފިޔަވަޅު އަޅާނީ މަޖިލިހީކުން ނޫން،" މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ ޑްރާފްޓް ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި އިބްރާ ވިދާޅުވިއެވެ.
Majlihun vaki vaki fuluhunnaai sifain "jawabdhaaree" kuruvidhaane kamakah nufeney
Namaves, Majlihun balamundhaa kameggai mauloomaathu hoadhumah haaziruvaan engumun, haaziruve thedhu bahun jawab dheyn jeheyne
Sifainnaai fuluhun jawabdhaaree koh fiyavalhu alhaane Majlihakun noon.
— Maverick Ibra (@ibramandhu) June 4, 2021
އެނގިފައިވާ ގޮތުގައި 241 ކޮމިޓީން ވަނީ މި އިންކުއަރީއަށް ހާޒިރު ކުރާނެ ބައެއްގެ ލިސްޓެއް ތައްޔާރުކޮށްފައެވެ. މި ލިސްޓްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސިފައިންނާއި ފުލުހުންނެެވެ.
ސިފައިންގެ އިސް ވެރިން ހިމެނޭހެން 40 ސިފައިންނާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި އިންޓެލިޖެންސްގެ ޔުނިޓްގެ ބައެއް އޮފިސަރުންގެ ނަން އެ ލިސްޓުގައި ހިމެނެއެވެ.
ކޮމިޓީއަށް ސީޕީ ހަމީދާއެކު ވަކިވަކި ފުލުހުން ހާޒިރުވާނެ ކަމަށް އެ މުއައްސަސާއިން ވިދާޅުވިއިރު، ވަކިވަކި ސިފައިން ހާޒިރު ކުރުމަކީ މަޖިލީހަށް ލިބިދޭ ގާނޫނީ ބާރެއް ނޫން ކަމަށް ވިދާޅުވެ އެމްއެންޑީއެފުން ވަނީ އެ ކަމަށް ދެކޮޅު ހަދައިފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަނު ވިލާތުގެ މިލިޓަރީ ހޮސްޕިޓަލަކުން ވަނީ ފަރުވާ ހޯއްދަވައިފައެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަރުމަނުގައެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނީލޯފަރު ހިނގުމާއި މަޖިދީ މަގާއި ދެމެދު ކަންމައްޗަށްވާ ގޮތަށް ހުރި ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލި އެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭގެ ފަހުން ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހަރުކަށި ފިކުރުގެ ވިއުގައަށް ނިސްބަތްވާ ކަމަށް ތުހުމަތުވާ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ހައްޔަރުކުރިއެވެ.
އިންކުވާރީއަކީ މައުލޫމާތު ހޯދާ އެވީގޮތެއް ދެނެގަތުން އެއީ އެއައްފަހު ރިޕޯޓެއްއެކުލަވާލުން ގޯސްކޮއްކަމެއްހިގާފައިވާނަމަ ރަގަޅުކުރަން އެއްގާނީ ކުރުމަނުކުރުން އެއީދައުލަތުގެކަމެއް ( މިސާލަކައް ކޯނީ ރިޕޯޓު)
މަޖްލިސް ގައި ހޮވިފައި ތިބީ ސުޕަރ ސްޕެޝަލިސްޓުން، އިންވެސްޓިގޭޓަރުން، ޖާނަލިސްޓުން، ޑޮކްޓަރުން، ވަކީލުން، ގަޒީން، އެންވާރަލިސްޓުން، ޑިޓެކްޓިވްއިން، ނަރުހުން، ދެން ކިޔާނެކަމެއް ނެތް، ނަންހުސްކޮށް ހުސް މޮޅެތި މީހުން، އެކަމު އެދާއިރާތަކުން ތައުލީމު ހާސިލް ނުކޮށް ތިބި، އެކްސްޕާޓުން!!!!! ދިވެހި އޯވަ ޕްރޯ މަޖްލިސް!!
މަޖްލިހުގެ އިންކުއަރީ އައް ވަކިވަކި ސިފައިން ގެނަޔަސް ގެންނަންޖެހޭނީ އެވަގުތު ކައިރީގަ ތިބި ބޮޑީގާޑުން އެމީހުންނައް ކަންހިގައިދިޔަގޮތުގެ މަންޒަރު ފެންނާނީ ޖިނާއީ ތަހުޤީގެއްކެ ގޮތުގަ ބޮޑުލިސްޓެއްހަދައިގެން ކަމާނުބެހޭ މީހުންނައްދަންދެން ގެނެސް ސުވާލުކުރުމަކީ މަޖްލިހައް ކުރެވޭނެ ކަމެއްނޫން