ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޚައިތަމާއި އަނބިކަނބަލުން ޝަޖާން މުއާޒް ޝަހީމްއާ ދިމާކޮށް ހަމަލާއެއް ދޭން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

މި ހާދިސާއެއް ހިނގައިގެން އުޅޭ ކަން މެންބަރު ޚައިތަމް ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ޚައިތަމް ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މެންބަރު ޚައިތަމާއި އަނބިކަނބަލުންނާ ދިމާކޮށްލާފައި ވަނީ، ދިރިއުޅުއްވާ ގެ ކައިރިން މަގުމަތިންނެވެ. ބަޔަކު މީހުން މެންބަރާއި އަނބިކަނބަލުންނާ ދިމާކޮށް ގެއަށް ވެސް ވަންނަން މަސައްކަތް ކުރި ކަމަށްވެއެވެ. އަދި ޚައިތަމަށާއި އަނބިކަނބަލުންނަށް އިންޒާރު ދީފައިވާ ކަމަށް އެނގިފައިވެއެވެ.

މި ހާދިސާއަށް ފަހު އަނބިކަނބަލުންނަށް ހޮސްޕިޓަލުގައި ފަރުވާ ވެސް ދޭން ޖެހުނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ މެންބަރު ޚައިތަމާއި އަނބިކަނބަލުންނަށް ބަޔަކު ދީމާކޮށްލާ އަޑުގަދަކޮށް އިންޒާރު ދިން މައްސަލައެއް ފުލުހަށް މިއަދު ހުށަހެޅުމުން އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    މިފެންނަނީ. ޕާޓީއެއް ގޭންގެއްގެ ގޮތުގައި މަސައްކަތްކުރާތަން...

    31
    4
  2. Anonymous

    ސަރުކާރުތަ؟ ޕާޓީތަ؟ ކާކުތަ މިހާރު ހަރުކަށި ފިކުރައް ވެގެން މިއުޅެނީ؟؟؟؟؟؟؟؟؟؟؟

    35
    4
  3. ކޮރަލް

    އެލެކްސް އާ ސުވާލު ކޮށްލަ ބަލާށެވެ.

    36
    3
  4. ބަބޫ

    ޖެކްލިންއާ ހާދަ ވައްތަރޭ

    19
    10
  5. Anonymous

    ތިޔަ ހަމަލާދޭން އުޅުނީ ސިއްހީ ނިޒާމް ބޮއްސުންލާފައިވާ ކަމަށް މެމްބަރު ބުނިތާ ކުޑައިރުކޮޅެއްފަހުން. މިއީ ސިއްހީ މިނިސްޓަރާއި އޭނާގެ ވާގިވެރި އެމްޑީޕީ ގުންޑާއިން ގަސްދުގައި ކުރިކަމެއް. މިބައިމީހުންނަކީ އަބަދުވެސް މަތިއޮމާންކުރުމަށް މިހެން ގޭބްގުހަދައި ތަންތާ އަލިފާންރޯކޮށް އިންޒާރުދީ އަދި ގަޅި އާއްމުންގެ ހަމްދަރުދީހޯދަންތެޅޭ ބަޔެއް.

    46
    4
  6. ޖާބެ

    މާފިއާ ޕޮލިޓިކްސް

  7. ޑަރޭ

    އެމްޑީޕީ ގެ ގޭން ގް ފެކުޝަން ތިއުޅެނީ...

    14
  8. ސާމީ

    އިންޒާރު ދިނަސް ނުދިނަސް ރާއްޖޭގެ ސިއްޚީ ނިޒާމް އޮތީ ފެއިލްވެފަ.މާލެ އެއް ރާއްޖެތެރެއްއް ކިޔާނެ ކަމެއްނެތް.ސިްޚީ ނިޒާމްގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކޮވިޑް ކޮންޓްރޯލް ނުވެގެން މިއުޅެނީ.ތިދޭ ޚާއްސަ ހުއްދައެއްގެ ސަބަބުން.މައިން ބަފައިން މަރުވެގެން މޫނުބަލަންވެސް ނުދެވޭ.އެކަމަކު ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ބޯޑްމެމްބަރުންނާއި އިސް ބަޔެއްވެރިން ދެއިރު ދެދަޅަޔަށް އެއަރޕޯޓްތަކަށް ދަތުރުކޮށް މުވައްޒަފުންނާ ގައިދުރުކަން ނުބަހައްޓާ މާސްކުވެސް ނާޅާ ތިބެނީ.މީކިހިނެއްވާކަމެއްތޯ.

    13
    1
  9. ހަައްގު

    ހައްގުބަސް ބުނާ ކޮއްމެ މީހަކަށް ޖެއްސުންކުރުމާ އިންޒާރުދިނުމާ ހަމަލާދިނުން އެއީ ކޮން ފިކުރެއްގެ ކޮންބައެއް ކުރާ ކަމެއްކަން ހަމަބުއްދި ހުރި ކޮއްމެ މީހަކަށްވެސް ވިސްނޭނެ. މޯލްޑިވްސް ޑްރާމާ ޕާޓީ އަށް ހަޖަމެއްނުވާނެ.

    15
  10. Anonymous

    ހައިޘަމް ދަރިފުޅާ މަރާލިޔަސް ޙައްޤު ބަސް ނޫނީ ނުބުނާތި. ދެދުނިޔޭގައިވެސް ހާއުފާ.

  11. ބަބޫ

    ބަޔަކު ދިމާކޮށްލީމަ ހޮސްޕިޓަލުގަ ފަރުވާދޭންވެސް ޖެހުނޯ. ޖޯކެއްތަމީ. ސިޔާސީމީހުންގެ ލާއިން ސަލާމަތްވާން ދަސްކުރަން އެބަޖެހޭ