ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅީ ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ހުންނެވީ މެޑިކަލް ލީވްގައި ކަމަށާއި އެކަން މަޖިލީހަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ހައިތަމް އެގޮތަށް ވިދާޅުވީ އޭނާ ސަލާމުގައި ހުންނަވަނީ ކިހާ ދުވަހެއް ނޭނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވާ ގުޅިގެންނެވެ.

ނަމަަވެސް ހައިތަމް "ވަގުތު"އަށް ވިދާޅުވީ އޭނާ އުޅުއްވަނި ފިލައިގެން ނޫން ކަމަށާއި އަދި މެޑިކަލް ލީވްގައި ހުރީ ސިއްހީ ސަބަބުތަކަށް ޓަކައި ކަމަށެވެ.

ހައިތަމް ތުރުކީގައި އުޅުއްވަމުން ގެންދަވާތާ ގިނަ ދުވަސް ތަކެއް ވަނީ ވެފައިވާ އިރު އޭނާ އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ހާޒިރީގެ އެންމެ ފުލުގައި އުޅޭ މެމްބަރުންގެ ވާހަކަ ރައީސް ނަޝީދު ނުދައްކަވައި އޭނާގެ ވާހަކަ ސީދާ ހައިތަމްގެ ހާޒިރީގެ މައްސަލަ ނެންގެވުމުން އޭނާ ސުވާލު އުފެއްދެވި އެވެ. އަދި އެއީ ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރަކަށް ނުވާތީތޯ އެއްސެވި އެވެ.

‎ހައިތަމް ތުރުކީގައި އުޅުއްވާތާ އެތައް މަހެއް، ސަލާމް ދިގުވާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން

ޖަލްސާތަކަށް ވަޑައި ނުގެންނެވި ނަމަވެސް މަޖިލީހުގެ ބައެއް ކޮމިޓީތަކުގެ ބައްދަލުވުމުގައި އޮންލައިންކޮށް ވަރަށް ފަހަކާ ޖެހެންދެން ހައިތަމް ބައިވެރިވެލެއްވިއެވެ. ނަމަވެސް ކޮވިޑް-19 ހާލަަތު އުވިފައިވާތީ ކޮމިޓީތަކުގެ ބައްދަލުވުން އޮންލައިންކޮށް ކުރިއަކަށް ނުގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަނީ

    މަސަލަނެތެނުހުރިހާމުސާރައެތްބަރާބަރަށްލިބޭނެ
    ދައުރުނިމާލާފައާންނާށެށެއެވެއާށާދާއިރާލާރިކޮޅެތްދޭއިރަށްގޮޑިއަށްއަނެކާވެސްހޯވާނެއެވެ

    23
    1
  2. ތުރު

    ތުރުކީއަކީ ވަރަށްގިނައިން މިހާރު ދިވެހިން ގޮސްއުޅޭ ޑެސްޓިނޭޝަނެއް، ސަމާލުވާންޖެހޭ
    މަނީލޯންޑަރިން އަދި ޑުރަގް ޓްރެފިކިންގަ

  3. ނަމްސާ ސައިދު

    އަހަރުދުވަހު މެޑިކަލް ލީވު؟ އަދިވެސް ދެބުރަށް މީނާ ހޮވަންވާނެ އެމްޑީޕީ އާތްގނޑ//

  4. އެމަޖެންސީ ލީވް

    މެޑިކަލް ލީވުގައި ތުރުކީގައި ޗުއްޓީ ހަދާލަނީ އުތަ؟ ބަލަގަ އަހަރުމެން ސިވިލް ސާވެންޓުންނަށް ހާދަ އަހުވައެއް ދައްކައޭ ބަލިވެގެން ޗުއްޓީއެއް ނަގަން ވިޔަސް. ކަލޭމެން ހަމަ ސަލާން ޖަހާލާފައި ގޮސް ދުނިޔޭގައި ބުރު ޖަހަނީ. ރައްޔިތުންނާ ރައްޔިތުންގެ ފައިސާއަށް ހަރާން ކޯރު ވެވޭނީ ތިވަރަކަށް. ކަލޭމެންނާ ކަލޭމެންގެ އާއިލާ މެޑިކަލޭ ކިޔާފައި ރައްޔިތުންގެ ފައިސާގައި ޔޫރަޕާ އެމެރިކާގައި ރައްޔިތުންގެ މާލިއްޔަތު ތަޅަނީ ހުސްކުރަނީ...ހައިތަމަކީ ވަރަށް ކުޅޭ ކުޅޭ މީހެކޭ ކިޔާތީ އަހަން.

  5. އަހައްމަދޫ

    މިމީސްމީހުން ލަދެއްވެސް ނުގަނޭދޯ އެހާބޮޑުމުސާރައެއް ނަގައިގެން މަސައްކަތް ނުކޮށް މެޑިކަލް ލީވްއޭ ކިޔަން

  6. ކެހުރި

    އަންހެނުން ކިޔަވާ ނިމެންދެން ދަރިންބަލަން މެޑިކަލްލިވްގަ. މިއީ ޙަޤީޤަތަކީ.