މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މާލެ ސިޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރި ހޯއްދެވި ނަމަވެސް އެ މަނިކުފާނުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ "ބާރުގަދަ" ބައެއް މެންބަރުންގެ ދާއިރާތަކުން ކާމިޔާބު ހޯއްދެވީ ރައީސް މުހައްމަދު ނަޝީދު އެވެ.

ރިޔާސީ ޕްރައިމަރީގައި މާލޭގެ 15 ދާއިރާގެ ތެރެއިން ނަޝީދު ވަނީ އަށް ދާއިރާއިން ކުރި ހޯއްދަވައިފަ އެވެ. ރައީސް ސޯލިހަށް ކާމިޔާބު ކުރެއްވުނީ ހަތް ދާއިރާ އެވެ.

އަލީ ނިޔާޒު އާއި އަހުމަދު ހައިތަމް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތައްވެސް ރައީސް ސޯލިހަށް ވަނީ ގެއްލިފަ އެވެ

ނިޔާޒް ތަމްސީލް ކުރައްވާ ހުޅުމާލޭ ދާއިރާ އިން ނަޝީދަށް 166 ވޯޓު (%52) ލިބުނުއިރު ރައީސް ސޯލިހަށް ލިބުނީ 148 ވޯޓު (%47) އެވެ.

ހައިތަމް ތަމްސީލުކުރައްވާ މައްޗަންގޮޅި ދެކުނު ދާއިރާއިން ނަޝީދަށް 123 ވޯޓު (%56) ލިބުނުއިރު ރައީސް ސޯލިހަށް ލިބުނީ 97 ވޯޓު (%44) އެވެ.

އީވާ އަބްދުالله ތަމްސީލުކުރައްވާ ގަލޮޅު އުތުރު ދާއިރާ އާއި މުހައްމަދު ރަޝީދު (ބޯދިގޭ) ތަމްސީލުކުރައްވާ މައްޗަންގޮޅި އުތުރު ދާއިރާ އާއި އިމްތިޔާޒު ފަހުމީ (އިންތި) ތަމްސީލުކުރައްވާ މާފަންނު އުތުރު ދާއިރާ އާއި ހަސަން ލަތީފު (ހަސަންކޮ) ތަމްސީލުކުރައްވާ ހެންވޭރު ހުޅަނގު ދާއިރާ އާއި ނަޝީދު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާ އަދި ވިލިމާލެ ދާއިރާ އިން ވެސް ކުރި ހޯއްދެވީ ނަޝީދެވެ.

އައްޑޫގެ ހަތް ދާއިރާގެ ތެރެއިން ރައީސް ސޯލިހަށް ކުރި ހޯއްދެވުނީ އެންމެ ދެ ދާއިރާއިންނެވެ. އެއީ އިބްރާހިމް ނާޒިލް ތަމްސީލުކުރައްވައި ހިތަދޫ ދެކުނު ދާއިރާ އާއި ރޮޒައިނާ އާދަމް ތަމްސީލު ކުރައްވައި އައްޑޫމީދޫ ދާއިރާއިންނެވެ. އެ ދެ ބޭފުޅުންނަކީވެސް ރައީސް ސޯލިހަށް ތާއީދުކުރައްވާ ދެ ބޭފުޅުންނެވެ.

ރައީސް ސޯލިހުގެ ފަޅީގައި ތިއްބެވި އައްޑޫ މެންބަރުންގެ އިބްރާހިމް ޝަރީފު (މަވޯޓާ) އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އަދި މުހައްމަދު ނިހާދުގެ ދާއިރާއިން ކުރި ހޯއްދެވީ ނަޝީދެވެ.

ނިހާދު ތަމްސީލުކުރައްވާ ފޭދޫ ދާއިރާއިން ނަޝީދަށް 328 ވޯޓު (%55) ލިބުނު އިރު ރައީސް ސޯލިހަށް ލިބުނީ 269 ވޯޓު (%45) އެވެ. އަސްލަމް ތަމްސީލުކުރައްވާ ހިތަދޫ އުތުރު ދާއިރާއިން ނަޝީދަށް 295 ވޯޓު (%52) ލިބުނުއިރު ރައީސް ސޯލިހަށް ލިބުނީ 267 ވޯޓު (%48) އެވެ. މަވޯޓާ ތަމްސީލު ކުރައްވާ މަރަދޫ ދާއިރާއިން ނަޝީދަށް 286 ވޯޓު (%51) ލިބުނުއިރު ރައީސް ސޯލިހަށް ލިބުނީ 276 ވޯޓު (%49) އެވެ.

ރިޔާސީ ޕްރައިމަރީގައި މާލެއިން ޖުމުލަ 4314 މީހަކު ވޯޓުލީ އިރު, ރައީސް ސޯލިހް ކުރި ހޯއްދެވީ %51 ވޯޓުންނެވެ. ނަޝީދަށް ލިބިވަޑައިގެންނެވީ %49 ވޯޓުންނެވެ. އައްޑޫއަށް ނިސްބަތްވާ 5,293 މީހުން ވޯޓުލި އިރު, ރައީސް ސޯލިހަށް ލިބިވަޑައިގަތީ %52 އެވެ. ނަޝީދަށް ލިބިވަޑައިގެންނެވީ %48 އެވެ.

ރިޔާސީ ޕްރައިމަރީ ނިމުނުތާ ހަފްތާއެއް ވާން ދާއިރު އަދިވެސް ދެފަރާތުގެ ދެމެދުގައި އަންނަނީ ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުންނެވެ. އެހެންކަމުން އިންތިހާބުގެ ވާހަކަތައް އަވަހަށް ދައްކައި ނިމޭނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ރިއަލިޓި

    ތީގެން ސާފުކޮށް ފެންނަ ކަމަކީ އަންނިއާ ޒާތީވެ ތިމާމެން ހިތު ހުރި އެއްޗެއް ގޮވައިގެން ތި މިސްމީހުންނަށް ގެއްލެނީ ދާއިރާގެ ވޯޓޭ. އެމްޑިިިޕި ގެ ޕުރައިމަރީގައި އިބޫ އަށް ވޯޓުދިން މީހުން ގެ ތެރޭވެސް އަންނި ޕާޓީއަށް ކުރި ހިދުމަތަށް ޝުކުރުވެރިވާ އެކަން ބަލައިގަންނަ އަދި އަންނި އަށް ބަދުބަސް ބުނާ އަޑުއަހަން ބޭނުން ނުވާ މީހުން އެބަތިބި. ދެން ވެސް ޒާތީނުވެ ސިޔާސީ ވެވޭތޮ ބަލާބަލޭ..

    25
    1
    • ހިއްސެ

      ވ ބޮޑު ތެދު ފުޅެއް. މާ ބޮޑަށް ޒާތީވީމަ އަތަށް ގޮވާތަށް މިފެންނަނީ

      11
      1
  2. ބުރިޖު

    ހުޅުމާލޭގައި ޔާމީނު ހެދި މިސްޓޭކު ނިޔާޒުވެސް ރިޕީޓުކުރީ. ހުޅުމާލޭގައި ދާދާ ހެދިގެން އުޅޭ މީހުންނާ މަދު ވިޔަފާރިވެރިން ކޮޅެއް ހައްދައިގެން އަބަދުވެސް ވޯޓު ގެއްލޭނެ. ނިޔާޒިމެންނައް ގެޓެއް ނުވާނެ

    17
  3. ބޭބެގެ ހިޔަނީގައި ހޯދި ގޮނޑި

    ނިޔާ ކީ ހުޅުމާލެ ވިޔަފާރިވެރިންކޮޅު ރުއްސާގެން އުޅޭ މީހެއް. އެއަކުން ހުޅުމާލެ ރައްޔިތުންނަށް ވާ ކަމެއް ނެތް. މަގެއްގެ މަތީ ޓުރެފިކު ލައިޓު ގަނޑެއް ހާ ހިސާބު ނުޖެހޭ. ދެވަނަ ދައުރެއްގެ ހުވަފެން ނިޔާ ދެކުމަކީ ވެސް ޖޯކެއް ނުހޮވޭނެ ދެނެއް

    13
    1
  4. ޒެޑޭ

    ހައިތަނަކީ ބޮލެއް. ދެވަނަ ދައުރެއް ދެން ނުލިބޭނެ. ދުވަހަކުވެސް މަޖުލީހުގެ ހަފޮޅުތެރެ ފެންނަވަރުވެސް ވާނެހެނެއް ހެހެހެ

    11
    1
    • ވަގުތީ ފައިދާ ދާއިމެއް ނުވާނެ 🫢

      ހައިސަމް ހޮވާދޭން ޖާނާ މާލުން ގުރުބާންވި އޭރުގެ އަނބިމީހާއަށް ވެސް ހޮވުނީމަ ދިނީ ދޯކާ. ބޯ ނުބައީ ހަމަ ދޮގެ؟

      10
  5. ވޯޓު

    އަންނިއާ ޖައްސަަލި ޖައްސާލިނުން ތިތިބަ ގޮނޑިން ވެއްޓެނީ ދެން މަމެން ހީހީހީ

    11
    1
  6. ހިލްމީ

    އަންނިވެސް، އިބޫވެސް ، ޔާމީން، މަުއުމޫންވެސް ކަމަކުނުދޭ.
    މުޅިން އައުމޫނެއް ބޭނުމީ.

    7
    3
    • ހަސްންމަލާބޭ

      އާމޫނަކަށްދެން އެހެންވިއްޔާ ގެންނަންވީ ހާމޫން.

      2
      1
  7. އަވަށުމީހުން

    އިބޫ ވެރިކަމުގައިހުރެ ނުފޫޒާއި ބާރުން ތިވަރު ހޯދުނީމަ ލަދުގަންނަން ޖެހޭނެ.. ޙަޤީގަތުގައިވެސް މޮޅުވީ ރައީސް ނަޝީދު..

    13
    3
  8. Anonymous

    ތީ މީހުންނެއް ނޫނޭ.. ތީ ގަމީސް..

  9. Anonymous

    މިއީ ރ އިބުރާހިމު ކޮޅަށް އެއްމެބޮޑަށް ވާންއަރުވާފަ ފަލިޖެހި މެންބަރުން، މިކަލޭގެ މެންނަށް މިހާރު އިނގިއްޖެއެއްނުން ތިމަންނަމެންގެ ދާއިރާ ރައްޔްތުންގެ ކުރިމަތީގަވެސް ތިމެންނަމެންގެ ފެންވަރު، ތިޔަޚާއިނުން އަދިވެސް އަންނާތި ރައްޔިތުން ކާރިއަށް ވޯޓުހޯދަން ފައިސާ ބަހަމުން އުޑުން ތަރިބާލަދޭން ވައުދުވަމުން، ު

    9
    1
  10. މަ ބުނީ

    އެންމެ ގަދައަށް ސޯލިހު ބޭ ގެ ވެރިކަން ދިފާއުކުރަން ރައީސު ނަޝީދަށް ބަވާ ގުރޫޕް. ޗޮކުން ހަމަ ދާނީ އާޚިރުގައި

  11. ހެހެހޭ

    ތީގެން އެނގެނީ ތި މީހުންނަކީ ރުފިޔާއަށް އެނބުރޭބައެއްކަން، އެފަރާތް ތަކުގެ ދާއިރާއިންވެސް ކާމިޔާބެއް މި ހާރަކު ނެތްކަން ހަމަ އެކަނި ކަރުން އަޑުނަގާ ހަޅޭލަވަން އެކަނިކަން އެނގެނީ

  12. އަހްމަދު

    ތީހުސް ނަޝީދުގެ ނަން ބޭނުންކޮށްގެން މަޖްލީހަށް ހޮވުނުމީހުން! ނަޝީދާ ނުލާއި ހަމަ ސުމެއްގެ މީހުން! ނަޝީދުވެސް ދޮގު ހަދައިގެން މަޖްލީހައް ހޮވާދިން މީހުން! މިސާލަކަށް މަޖްލީހުގެ ރައީސަކަށް އަސްލަމް ހޮވާދިނީ! ތިމީުންނަކީ ސިޔާސީ ބުރަދަނެއް ނެތްބައެއް!

  13. ޖުމާ

    މިވަރުންވެސް މިއުޅޭ ނިހާދު އަނގަފުޅާ ކޮށްފައި މިވެރިކަމުގަ މިހިރަ ދަރަނި ބޯ ޕޮރޮމޯޓް ކުރަން އެބައުޅޭ.އެކަމަކު މީ އެއްވެސް އުރައްޕެއް ހުރި މީހެއްނޫނޭ.ދާއިރާގެ ވޯޓްވެސް ނުލިބުނު.