ވެރިކަން ކުރާ އެމްޑީޕީ ރޫޅި ދާނެ ކަމަށް ބަޔަކަށް ހީވި ނަމަވެސް ޕާޓީ އިތުރަށް ދަނީ ވަރުގަދަވަމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީ އުފެދިގެން އައި އެންމެ މީހަކު ނުކުމެ އޭނާއަށް ތާއިދު ކުރާ މީހުން އުފެއްދި ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީ އުފެދިގެން އައީ މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް ތަމްސީލުވާ ގޮތަށް ކަމަށެވެ.

ހަމަ އެހެންމެ އެ ރައްޔިތުންގެ މަސައްކަތާއި ބައިވެރިވުމާއެކު ކަން ވެސް އަސްލަމް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެންމެ މީހަކު ނުކުމެ ޕާޓީ ރޫޅާލަން ގޮވާލިޔަސް ޕާޓީ ރޫޅާލެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އެ އިޝާރާތް ކުރެއްވީ އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީ ރުޅާލާނެ ކަމަށް ފާޅުގައި ވިދާޅުވެފައެވެ.

"ބަޔަކަށް ހީވި މި ޕާޓީ ހަމަ ހަގީގަތުގައި ވެސް ރޫޅި ދަނީއެ. އެހެނަސް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެނޭ އެމްޑީޕީއަކީ އެހާ ފަސޭހައިން ރޫޅޭ ގޮތަކަށް އޮތް ޕާޓީއެއް ނޫންކަން. އެމްޑީޕީއަކީ އެންމެ މީހެއްގެ އެކެއްގެ ވަށައިގެން ދުވާ ޕާޓީއެއްވެސް ނޫން. އަދި އެމްޑީޕީ އުފެދިގެންވެސް އައީ އެހެނެއް ނޫން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޕާޓީ ރޫޅިގެން ދިއުމުގެ ބަދަލުގައި މިހާރު ފެންނަމުންދަނީ އެމްޑީޕީ ވަރުގަދަ ވަމުންދާތަން ކަމަށެވެ.

ހަމަ އެހެންމެ އެހެނިހެން ޕާޓީތަކުގެ މެމްބަރުން ވެސް އެމްޑީޕީގެ ސިޔާސަތުތަކަށް ތާއިދުކޮށް އެމްޑީޕީއާ ގުޅެމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީއާ ގުޅި ޕާޓީގެ އެންމެ މަތީ ހަރުފަތުގެ މަގާމުތަކާ ހަމައަށް ދިއުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީއާ އަލަށް ގުޅޭ މީހުންނަށް ޖާގަ ދިނުމަށް އަސްލަމް ގޮވާލެއްވިއެވެ.

އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ދައުރަށް އެމްޑީޕީއާއި އެ ޕާޓީއާ ގުޅުފައިވާ ޕާޓީތަކުން އެކުލަވާލި މެނިފެސްޓޯ ނެރެފައިވާ އިރު އޭގެން ކޮންމެ ދިމާލަކަށް ބާލާލި ނަމަވެސް އޭގެން ފެންނަނީ މުޅި ރާއްޖެއަށް ބަދަލެއް ގެނެވޭނެ މަންޒަރު ކަމަށެވެ.

"ވަކި ކަމަކަށް ނޫން. ހުރިހާ ކަމަކަށް ބަލާލިއަސް ފެންނަނީ އެހެން. އެމްޑީޕީގެ މިހާރު ހިނގަމުންދާ ސަރުކާރުގައި ވަރަށް ގިނަ އަސާސީ ކަންކަން ކުރަން ޖެހުނީ. އެކަންކަން އިރާދަ ކުރެއްވިއްޔާ ފުރިހަމަކޮށް ނިންމާ އިތުރަށް ކުރިއަށް ގެންދަން އެ ޖާގަ ހޯދައި ދެއްވަނީ" އަސްލަމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހަގީގަތް

    ރަނގަޅައް ބިރު ގަނެއްޖެ

    22
    5
  2. ކޫޑި

    ބިރުން ތުރުތުރު އަޅަނީ ދެން އޮތީ ހަމަ ޖަލު ހެދިގޮތް ހަމަ އިއާދަވާނެ މުސްކުޅިއަކު ޖަލަށްލުމަކީ ބޭރުގައުމުތަކުން ގަބޫލުކުރާނެ ކަމެއްނޫން އެހެން ނޫނަސް އެމީހުންނާހާނެ ޖަލުގަ ޗޯރެއް ހުރިތޯވެސް ގައްދާރުން އޮތީ އެގޮތާއި މިގޮތް.

  3. މީޒްލީ

    އައްޑޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި 1 ދައުރު ފުރިހަމަ ކުރުމަށްފަހު، ދެން ކުރިމަތި ނުލާނެ ކަމަށާއި އެހެންމީހުންނަށް ފުރުސަތު ދޭނެކަމަށް ބުނެ ވައުދާ އަޙްދު ވި މީހާ މިހާރު ފުފި އަރާފަ ހުރިވަރު ތިޔަފޮޓޯއިންވެސް ފެންނަނީ! މީހާވެސް ރޫޅޭ ވަގުތު ޖެހުނީމާ އޮންނާނީ ރޫޅިފައި، ތިޔަގޮތަށް މިޤައުމުގައި ފުފިގެން އުޅުނު ކިތަންމެ މީހުނެ ރޫޅިފައި ސަހަރާގައި އެބަތިބި އެމީހުންގެ ވަގުތު ޖެހުމުން! ޕާޓީވެސް ބައިގަނޑުވެސް ވަގުތު ޖެހުނީމާ ރޫޅިގެންދާނެ!

  4. އހ

    އިބޫ ކައިރީގަ ތިބީ ނުފޫޒުންނާއި ނާޖާއިޒުފައިދާ ލިބިފަތިބި ވަގުތީ ބައެއް އަންނި ކައިރީގަ ތިބީ ހަގީގީ ލޯޔަލް މީހުން

    12
    3
  5. މުއިއްޒު އެއްބުރުން

    ޕާޓީގެ ވަރުގަދަކަމޭ ކިޔާއިރު މި އިންތިހާބުގަ 10% ވެސް ލިބޭނެހެން ހީނުވެ

    13
    1
  6. ބޮލުރޮދި

    ތިޕާޓީގަ މިހާރުދެން ރޫޅޭކައްނެތް އެއްވެސް އެއްވެސް އެއްޗެއް އެއްކޮށް ކުދި ކުދި ވެފަ ތިޔޮތީ!!!

    15
    1
  7. އލމގރ

    2023 ޕީޕީ.އެމް....

  8. Anonymous

    2018 ގައި އެމްޑީޕީ އާއި އިންޑިޔާ އެމްބަސީން މިރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ހޯދާދޭން ހެދި އުުކުޅަކީ ސިޔާސީ ގިނައަދަދެއްގެ މީހުން ޖަލައްވަދެ ރައީސު ޔާމީނު ސަރުކާރަށް ނަފުރަތު އުފައްދާ ރައްޔިތުން ޖަޒުބާތުގައި ޖައްސާ ގުންބޯ ހައްދާލާ، ވޯޓަށް މަކަރުހަދާ އޮޅުވާލާ، އަދާލަތު ޕާޓީގެ ދެތިން ޝޭހުން ބޯކާލާ ގުންބޯ ހައްދައިގެން އެމްޑީޕީން ހޯދި ސަރުކާރެއް !

  9. Anonymous

    އެމްޑީޕީ އަށްވެސް މިވީ ޑީއާރްޕީއަށް ވީހެން ނ. ފެކުޝަން ނިކުތީ އެމްޑީޕީން ޑީއާރްޕީން ޒެޑް ފެކުޝަން ނިކުއްގޮތަށް !

  10. އަހްމަދު

    މީނާ ހުންނަނީ ހަމައިގައިތޯވެސް ބަލަން އެބަޖެހޭ! އެމްޑީޕީ ބައިބައި ނުވެތޯ ނަޝީދުމެން ޕާޓީއެއް ހަދައިގެން ނިކުތީ!!!

  11. Anonymous

    ހަމަ ރޫޅެމުން އެދަނީ. ކަލޭވެސް ރޫޅޭނެ. މިއަދުވެސް ދިމޮކްރެޓްސް އާއި 56 ފަހުލަވާނުން ގުޅިއްޖެ.

  12. ހުސެން

    އެމްޑީޕީ ސިއްކަ ޖެހޭނީ 9 ސެޕްޓެމްބަރު 2023 ރޭގަނޑު ގަޑިން 9:00 އެންމެ ފަހު ނޭވާލާނެ އެއަށްފަހު މި ދުނިޔެއިން އަލްވަދާއު ކިޔާނެ އިން ޟާ ﷲ .އެއީ އެމްޑީޕީ ރޫޅި ކުދިކުދިވެ ފަސްދާނުލާ ދުވަސް .ތާރީހި ނޯޓުކޮށްލާ ފަހުގެ ތާރީހަށްޓަކައި