ވެރިކަން ކުރާ އެމްޑީޕީން ވަކިވެގެން ދިޔައީ ވަންހަނާ ވެފައިވާ ފިކުރެއްގެ ބައެއް ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި އަސްލަމްގެ ވާހަކަ ފުޅު ފައްޓަވަމުން ވެސް ވިދާޅުވަމުން ގެންދެވީ "މިކަން ނިމެއްޖެ، ނިމެއްޖެ" ކަމަށެވެ. މާލެއިން ބޮޑު ޖަލްސާއަށް ދިޔަ މީހުންގެ އަދަދަށް އިޝާރާތް ކުރައްވައި އަސްލަމް ވިދާޅުވީ އުތުރުންނާއި ދެކުނުންވެސް އަދި މެދު ރާއްޖެއިން ފެންނަމުން ދަނީ އެ މަންޒަރު ކަމަށެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ރާއްޖެ ބަދަލު ކުރަން ކަމަށެވެ. ހަމަ އެހެންމެ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދީ ރައްޔިތުންނަށް އުފާވެރިކަމާއި އަމާންކަންވެސް ހޯދައިދޭން ކަމަށްވެސް ވިދާޅުވިއެވެ.

"އެމްޑީޕީގެ ފިކުރަކަށް ބަދަލެއް ނާދޭ. ބަދަލުވެގެން ދޫވެގެން ދިޔައީ ވަންހަނާ ވެފައިވާ ފިކުރެއް. އަޅުގަނޑުމެން ދަންނަ ފިކުރެއް ނޫން."، އަސްލަމް ވިދާޅުވިއެވެ.

އުފާވެރި މާލެ ބޮޑު ޖަލްސާގެ ތެރެއިން-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

އަސްލަމް އެ އިޝާރާތް ކުރެއްވީ އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް އުފައްދައިގެން އުޅޭ ބޭފުޅުންނަށެވެ. އެ ޕާޓީގެ ކެނޑިޑޭޓް އިލްޔާސް ލަބީބް އަންނަ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއާ ދެކޮޅަށް ވާދަކުރައްވާނެއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދިޔައީ ތަރައްގީގެ މަސައްކަތްތަކާއި ރައްޔިތުންނަށް ހަމަޖެހުން ހޯދައިދިނުމަށް ކަމަށެެވެ.

"ބޯހިޔާވަހިކަން ހޯދައިދިނުން. ފެނާއި ނަރުދަމާ އަޅައިދިނުން. ޑުރަގުގެ ވަބާއިން ސަލާމަތް ވުން، ދަތުރު ފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުން، ދެން އެ ނޫން ކޮންކަމެއްތޯ މިސަރުކާރުން ކުރަނީ؟" އަސްލަމް ވިދާޅުވިއެވެ.

އުފާވެރި މާލެ ބޮޑު ޖަލްސާގެ ތެރެއިން-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

އަސްލަމް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދަނީ ދުނިޔޭގެ ފެންވަރަށް ކަމަށެވެ.

އެހެންކަމުން އެކަން ކަމުނުގޮސްގެން އުޅުއްވަނީތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މިހާރު ފެންނަމުންދަނީ އެމްޑީޕީގެ މެމްބަރުން އިތުރުވެގެންދާތަން ކަމަށާއި އަދި ތާއިދުވެސް އިތުރުވަމުންދާ މަންޒަރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އައްޑޫ

    ކަލޭ އަކީ ރަލާއި އޫރުމަހަށް ދެވިހިފާފައި ހުރި އައްޑޫ ރައްޔިތުންނަން ހުތުރެއް ..

    22
    2
  2. މުއިއްޒު އެއްބުރުން

    އެމްޑީޕީއާއީ ދަ ޑިމޮކްރެޓްސް އަކީ އެކައްޗެއް. ރައްޔިތުންނަށް ކަލޭމެން ދެއްކި ހުވަފެނަކީ ބިލާހެއްކަން މިއަދު ސާބިތުވެއްޖެ.
    5 އަހަރުތެރޭ އެންމެ ފުލެޓެއް އެޅުނީކީ ނޫން. ނަރުދަމާ ސްޓޭޝަނެއް ހެދިއްޔާ ގެތަކަށް ހުންނަނީ ނުގުޅުވާ. އެއީ އެތަން ހިންގާނީ ހަރަދާއި ގާބިލިއްޔަތު މި ސަރުކާރުގަ ނެތީމަ.
    ޑްރަގުގެ މައްސަލައިގަ ފަލާހުގެ ދަރި ދޫކޮށްލިއިރު، ޒުވާނުން ޑްރަގުގެ އަވައިގައި މި މާލޭގައި މީހުން ބޯ ބުރިކޮށްލާ ހިސާބަށް ކަންތައް ގޮއްސި.
    މިގައުމު "އެއްބުރުން މުއިއްޒު"އޭ ކިޔަނީ މިހެންވެ

    21
    3
  3. ހުސޭނުބޭ

    އެ ވަންހަނާ ފިކުރުގެ މީހުން (އެންމެ މީހަކުވިޔަސް) އޭގެ ގެއްލުން އެމްޑީޕީއަށް ދައްކާނެ! އެހެން ÷ާޓީއަކުންނެއްނޫން ވަކިވެގެން ދިޔައީކީ. ބަލަންތިބޭ! އަދި ތި ވަކިވެދިޔަ މީހުންގެ ވަބާ އެންމެ ރަގަޅަށް ލައްވާލާނީ މަޖިލިސް އިންތިޚާބުގައި.

    17
    2
  4. ނާހަމަ ތެދެއް

    ރަސޫލާ ފުރައްސާރަކުރި އެމްޑީއެން މީހުނަށް އަދިވެސް ދައުލަތުން ދަނީ މުސާރަ ދެމުން އަދި 5 އަހަރު ދޭންވީތޯ

    23
    2
  5. ަަ1111

    ދުނިޔޭގެ ފެންވަރުގަތޯ ދޮލަނގު ދޮލަނގުގަ ސިމެންތި ގަށައިގެން ބޮޑު ބުރިޖެއް އަޅަންވެސް އުޅެނީ

    17
    1
    • އެމް

      😞😄😄😄

    • އައްޔަ

      ފަހުގެ ޓޭކްނޮލޮޖީ އެއީ

  6. މުލޭ

    އެމްޑީޕީ އަކީ އޭގެ ޒާތުގައި ވެސް ވަންހަނާ ވެފައިވާ ފިކުރެއް. އެފިކުރުގެ ބޮޑުމީހާއާއި އޭނަގެ ވާގިވެރިންގެ ތެރެއިން އެއްބަޔަކު ވަކިވެދިޔަޔަސް އަދިވެސް އެފިކުރުގެ މީހުން ޕާޓީގެ މަތިފަޑީގައި އަދިވެސް ގިނަ. ޢާންމު ގިނަ މެންބަރުންނަށް އަދިވެސް ވަންހަނާވެފައިއޮތް ކަމެއް މިއީ.

  7. ސަރަފަކައްދަ

    އެއްވެސް ބަޔަކަށް އެއްބުރުން ކާމިޔާބެއް ނުވާނެ. ހަމަ ޖެހޭނީ ކޯޅިޝަން ހަދަން.

    6
    1
  8. ބޯހަލާކު

    ޢަސްލަމޫ! ޢަސްލަމު ނިސްބަތްވާ އަތޮޅަކީ ސިޓީ އެކޯ؟ކުޑަކުދިން ކުޅޭ ޕާރކް އެއްއޮންނަ ތަނެއްނޫން، ރަގަޅު ޑަކުޓަރެއް ހުރިތަނެއްނޫ، ޒުވާނުން ހުނަރު ދަސްކުރާނެ ތަނެއްނެއް، އާމުދަނީ ހޯދަން ކުރާނެ މަސައްކަތެއް އޮތްތަނެއްނޫން ، ދާއިރާގެ މީހުންނަކީ އުޅޭ ބައެއްކަމެއްވެސް ނޭގޭ، ޒުވަނުން ޕާރޓޭން ނަށްވެނިމިއްޖެ، ޕާޓޭ ސިޓީ އެއްއެއީ މިހާރު، މަގޭ ވޯޓު 🤔؟¿♤

  9. Anonymous

    "މިކަން ނިމެއްޖެ، ނިމެއްޖެ" އަމިއްލަ އިޢްތިރާފުން ތިބުނަނީ މިވެރިކަން ނިމިއްޖޭ.ހަމަ އަޞްލަށްވެސް އިންޝާﷲ މިވެރިކަން ނިމިއްޖެ. އެކަން ﷲގެ ރަޙްމަތުން 9 ގައި ފެނިގެންދާނެ.
    ޤައުމުގެ މިނިވަންކަން އިންޑިޔާއަށް ވިއްކާލި ޣައްދާރުބައެއްތީ. ނެގި ބޮނޑިވަރު Gina ކަމުން ..