ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅީ ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ސަލާމްގައި މާ ގިނަދުވަހު ހުންނަވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ހައިތަމްގެ ސަލާމުގެ މުއްދަތު ނޭނގޭ ކަމަށެވެ. އަދި މަޖިލީހުގެ އިދާރާއިން އެކަން ސާފުކުރަން ވެސް އެދިލެއްވި އެވެ.

"ސަލާމުގެ ތާރީހު ނިމޭ ތާރީހެއް، ދުވަހެއް ވިދާޅުވެފައި ނުވާތީވެ، މަޖިލީހުގެ އިދާރާއިން އެކަން ސާފުކުރުމަށް އިއްޒަތްތެރި މެމްބަރުންގެ އަރިހުގައި ވަނީ ދަންނަވާފައި" ރައީސް ނަޝީދު ވިދާޅުވި އެވެ.

ހައިތަމް ސަލާމުގައި ހުންނަވަމުން ދަނީ ކިހާ ދުވަހަކުން ފެށިގެން ކަމެއް ނޭނގެ އެވެ. މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ހަސަން ޒިޔާއުއަށް ގުޅުމުން ފޯނު ނުނަންގަވާތީ އެކަން ސާފެއް ނުވި އެވެ.

ނަމަވެސް މަޖިލީހުގެ މެމްބަރަކު ވަގުތަށް ވިދާޅުވީ ހައިތަމް އެންމެ ފަހުން މަޖިލީހުން ފެނުނީ މި އަހަރު ވަރަށް ކުރީކޮޅު ކަމަށާއި އޭގެ ފަހުން ޖަލްސާތަކުން ނުފެންނަ ކަމަށެެވެ.

"ވަރަށް ފަހަކާ ޖެހެންދެން އޮންލައިންކޮށް ކޮމިޓީތަކުގައި ބައިވެރިވި. އެކަމަކު ކޮވިޑްގެ ހާލަތު ނިމިފައިވާތީ އޮންލައިންކޮށް ކޮމިޓީތަކުގައި މެމްބަރުން ބައިވެރިނުވޭ ގޮތަށް ވަރަށް ފަހުން ވަނީ ހަދާފައި. ހައިތަމްއަކީ އެމްޑީޕީން ވިޕް ނެރޭ އެއް ބޭފުޅާ. އެކަމަކު އެ ބޭފުޅާ ވިޕް ނެރުނަސް ވޯޓުލާން މަޖިލީހަށް ވަޑައެއް ނުނަންނަވާ" މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

ވަގުތަށް އެނގިފައިވާ ގޮތުގައި ހައިތަމް ތުރުކީގައި އުޅުއްވާތާ އެތައް މަހެއް މިހާރު ވަނީ ވެފަ އެވެ. އަދި އަނބިކަނބަލުން ވެސް ހުންނެވީ ތުރުކީގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލިބެ

    މަޖިލިސް މެމްބަރެކެންނު ރަނގަޅުވާނެ

  2. ސަމްކުޅިބޭ

    އޭނާއަކީ ތުރުކީމަގުން ސީރިއާ އަށް ދިވެހިން ފޮނުވާމީހެއް. ނަޝީދަށް ހަމަރަނގަޅަށް އެނގޭނެ.

    11
  3. ރަން ރީނދޫ

    އޮންލައިން މެމްބަރު. އޭއައި ގެ ކުރިއެރުންތަކާއެކު މިކަހަލަ މަސް ޖަހާފަ ތިބޭ ފާޑު ދިރުން ތަކުގެ މާބޮޑު ބޭނުމެއް ނޯންނާނެ.

  4. ގާދިރު

    ބަލަގަ ނިކަމެތި މީހާ އޮފީހަށް އެއްދުވަހު ސަލާމް ބުންޏަސް އެދުވަހު ލިބޭ ހުރިހާ އެއްޗެއް ކަޑާލާނެ ހައިތަމް ވީމާ މަޖުލީހަށް ނަޔަސް ސަލާމް ބުންޏަސް އެންމެ ލާރިއެއް ވެސް މަދު ނުކުރާނެ

    10
    • އަހުމަދު

      އަދި 2 ދުވަހަށް ވުރެ ގިނަދުވަސް ވެއްޖިއްޔާ ސަލާމުގެ ސެޓްފިކެޓް ހޯދަން ޖެހޭ.

  5. Anonymous

    މަޖިލިސްއަށް އެއްމެ ދުވަހަކުވެސް ހާޟިރުވަނީ ކީއްކުރަން؟؟ ހާޟިރުނުވެ ކިތައްމެ ޒަމާނެއް ހޭދަކުރިއަސް ކޮންމެގައުމަކު ތިއްބަސް މެމްބަރެއްގެ ނަންލިބިފައިވާނަމަ އެމީހުންގެ ބޮޑު މުސާރައާއި ބޮޑު އިނާޔަތުން އެއްމެ ލާރިއެއްވެސް ނުކެނޑި ލިބޭބައެއް ވިއްޔާ، ލާރިގަނޑު ބޭނުންކޮށްގެން މޮޅެތި ގައުމުތަކުގައި މަޖާކޮށް ހަމަ އުޅެންވީ!! ބުރުމާ ގާސިމުއިބުރާހީމަށް މަހެއްގެތެރޭގަވެސް ކިތައްދުވަހު ހާޟިރުވޭބާ؟؟

  6. ޜަނާ

    ގަވައިދެއް ހަދާބަލަ އެމީހުނަށްވެސް ޗުއްޓީގަ ތިބެވޭނެ މުއްދަތެއްގެ . ވަކި މުއްދަތެއްގަ ހާޒިރު ނުވާނަމަ މުސާރަ އިން ކަނޑާފަ ވަކިއަދަދެއްގެ ޖަލްސާ އަށް ހާޒިރު ނުވާނަމަ މުސާރަ ނުލިބޭ ގޮތް ހަދާބަލަ. މިމަޖްލިސް އަކީ ގައުމަށް ޖެހިފަ އޮތް ވަބާއެއް ފަދަ ކަމެއް.

    15
    • ހޯރަ އިއްބެ

      ވަރަށް ބޮޑު ބަލާއެއް މިގައުމަށް ޖެހިފަ އޮތް