ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ބައްޔަށް ނައްސި ވެއްޖެއެވެ.

އެޗްއީއޯސީގެ ސްޕޯކްސްޕާސަންގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ މަބްރޫކްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން ގޭގައި އެކަހެރިވެވަޑައިގެންނެވީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.

ޓެސްޓުގެ ނަތިއްޖާ ނައްސިވުމާއެކު މިއަދުން ފެށިގެން ކޮވިޑްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ބައްޔަށް 67،538 މީހަކު ވަނީ ފައްސިވެފައެވެ. މި ވަގުތު 191 މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބަލީގައި މިހާތަނަށް 182 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސް ވެެގެން މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެޅި ފިޔަވަޅުތަކާއެކު ކޭސްތަކުގެ އަދަދު ވަނި ވަރަށް ބޮޑުތަނުން ދަށްވެފައެވެ. މި ދޭތެރެއިން އެއްހާހުން ކޭސްތަކުން އަދަދު ރިޕޯޓް ކުރެވުނު ނަމަވެސް މިހާރު އެ އަދަދުވަނީ އެއަށްވުރެ ތިިރިޔަށް ޖެހިލާފައެވެ.