ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުން ގެއްލުން ލިބިފައިވާ އާއިލާތަކަށާއި ރައްޔިތުންނަށް ޖަވާބުދާރީވުމަށް އިދިކޮޅު ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ގޮވާލައިފިއެވެ.

އިދިކޮޅުން މިގޮތަށް ގޮވާލާފައި ވަނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ނުކުޅެދި، ސަރުކާރުގެ ފަރުވާކުޑަަކަމާއި އިހުމާލުން އެތައް ބަޔަކު މި ދުނިޔެ ދޫކޮށްފައިވާ ކަން ހާމަކޮށް، އެކަންކަން ތަހުގީގު ކުރުމަށް ގޮވާލާ ނެރުނު ބަޔާނެއްގައެވެ.

އިދިކޮޅުން ބުނީ ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، އެކަމަށް ސަމާލުވެ، ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އަދި މިފަދަ މަރުތަކުގައި ސަރުކާރުގެ ފަރުވާކުޑަކަމާއި، އިހުމާލު ބޮޑުކަންވެސް ފާހަގަ ވަމުން އަންނަ ކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެގޮތުން އެމްބިއުލާންސް ފޮނުވުން ލަސްވެގެން ކުޑަކުޑަ މިޝްކާ ނިޔާވިތާ މާގިނަ ދުވަހެއް ނުވެ، ގއ. ދާންދޫ ވިނަމަތި، މަރްޔަމް އިބްރާހީމް ނިޔާވިިއިރު، މަރްޔަމް އާއި ދޭތެރޭގައި ސަރުކާރުން ކަންކޮށްފައިވާ ގޮތަށް ބަލާއިރު ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިޙުމާލު ވަރަށް ބޮޑަށް އޮތްކަން އިދިކޮޅުން ފާހަގަކޯށްފައި ވެއެވެ.

"ސަރުކާރުގެ ފަރުވާ ކުޑަ ކަމާއި، އިހުމާލުގެ އަގު ދިވެހި ރައްޔިތުން ދައްކަން ޖެހެނީ ކިތައް ފުރާނައިންތޯ؟ މިކަމުގައި ފަރުވާތެރިވެ، ރައްޔިތުންގެ ފުރާނައަށް އިސްކަންދީގެން މަސައްކަތްކުރާކަށް ނުވޭތޯ؟ ކޯވިޑް ފެތުރުން މަދު ކުރުމުގައި ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަށް ނުވޭތޯ؟ ކޯވިޑް ފެތުރެމުންދާ ރަށްރަށުގައި ފަރުވާއަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަ ކުރާނީ މިފަދަ ހިތާމަވެރި ކިތައް ހާދިސާއަށް ފަހުތޯ؟". އިދިކޮޅުން ނެރުނު ބަޔާނުގައި ވެއެވެ.ެ

އިދިކޮޅުން ވަނީ މިމައްސަލަތައް ބަލާ ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައުލޫމާތާއި، ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ވެސް ގޮވާލާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލި

    ޔާމީންގެ ވެރިކަމުގައި ހިންގި ކަންކަމަށް ތިޔަ ބައިގަނޑުވެސް2 ޖަވާބުދާރީ ވާން ގޮވާލަން

  2. ކެޔޮޅު

    ތަހުގީގު ކޮށް ސޯލިހުޖަލަށްލުމަށް ގޮވާލަން ބައެއްގެ ފުރާނަދުއްވާލީ އިހުމާލުގެސަބަބުން މިކަންބެލުމަށް 241 ކޮމެޓީ ތަށްޔާރުތޯ..

  3. ކާފަބޭ2020

    އަދުރޭމެންމޮޔަވެގެންނޫޅެބަލަ 30އަހަރުގެބާނީއާ އެންމެބޮޑު މަހުޖަނާދެމީހުންނުތިބޭނެމަޑުންނެއް އެއްވެސްރައިއްޔަތަކަށް ގެއްލުމެއްވާތަންބަލާކަށް! އެއީ ރައިއްޔަތުންދެކެވަރަށްލޯބިވާ ބައެއްކަން އަދުރޭމެން ހަނދާނެތުނީތަ؟ ބުނަންތިޔައުޅެނީ އެމީހުންގެޖީބުތައްއިރައިގެންދާވަރަށް ރުފިޔާފައިސާ ލިބޭތީ ދެނަހުރިކަމަށްނުހަދާތިބެނިއްޔޭތަ؟ ބައިއަޅައިގެން ޤައުމު ވިއްކާލަނިއްޔޭތަ؟