މާލޭގައި ހިނގި ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241) އިން ކުރިއަށްގެންދާ ޕާލަމެންޓަރީ އިންކުއައިރީ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ކޮމިޓީގެ މުގައްރިރު އަހުމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ކޮމިޓީން ހިންގާ އިންކުއައިރީ އަށް ފުލުހުންގެ އިސްބޭފުޅުންނާއި، ސިފައިންގެ އިސްވެރިން، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އިންކުއައިރީ ކުރިއަށްދާ ވަރަކުން އިތުރު ބޭފުޅުން ހާޒިރުކުރަން ވަނީ ނިންމާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، އިންކުއައިރީ އަށް އެއްވެސް ބައެއްގެ ނުފޫޒެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

އެ އިންކުއައިރީގެ ނަޝީދު ބައިވެރިވެފައި އޮތުމުން އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް އޮވެދާނެތޯ ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ، ނަޝީދުގެ ނުފޫޒެއްވެސް ކޮމިޓީގައި ނެތް ކަމަށެވެ.

"އަޅުގަނޑަކީ މުގައްރިރު، އަޅުގަނޑަށް ޔަގީން ކޮމިޓީއަކަށް ނުފޫޒު ނެތް ކަން، ރައީސް ނަޝީދުގެ ނޫފުޒެއް ވެސް ކޮމިޓީއަކަށް ނެތް، އެއްވެސް ބަޔެއްގެ ނުފޫޒެއް ނެތް،" ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ބައިވެރިވުމެއް އިންކުއަރީގެ ތެރެއަށް އައިސްފައިވާ ކަމަށް ބެލެވުނީ އިންކުއަރީއަށް ދޭން ޖެހޭ އެއްބާރުލުން ނުދިން ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކުރަން މަޖިލީހުގެ އިދާރާއިން ފޮނުވާފައިވުމުންނެވެ. އެކަމަކު ޕީޖީ އޮފީޙުން ވަނީ ތަހުގީގެއް ކޮށް ހުށަހަޅަން ލަފާދީ، އެ މައްސަލަ އަލުން އަނބުރާ ފޮނުވާލައިފައެވެ.

ހަސަން ޒަމީލްގެ މައްޗަށް މަޖިލީހުގެ އިންތިޒާމުތަކަށް އަރައިގަތް ކަމުގެ ތުހުމަތުގައި ރައީސް ނަޝީދު ވަނީ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ވެސް މި މައްސަލަ ހުށަހަޅާފައެވެ. އެކަމަކު އެމްޑީޕީގެ ބައެއް މެންބަރުންގެ ވެސް ވޯޓާއެކު މި މައްސަލަ އެ ކޮމިޓީން ވެސް ބޭރުކޮށްލިއެވެ.

މި މަހުގެ ނިޔަލަށް ކޮމިޓީން ނިންމަން އަމާޒު ހިފާއިވާ މި އިންކުއަރީގެ ބިނާވެފައި ވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށެވެ.

އެއީ ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސްގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމާއި، ދައުލަތުގެ މަތީ މަގާމުތަކުގެ ތިބި ބޭފުޅުންގެ ސެކިއުރިޓީ ދެވޭ ނިޒާމާއި، ރައީސް ނަޝީދުގެ ސެކެއިރުޓީ ބަލިކަށިވި ގޮތް ދެނެގަތުމާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ތަންފީޒު ކުރެވެމުން އަންނަ މިންވަރު ދެނެގަތުމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ގައުމީ ލޯބި

  ހެޔޮނުވާނީ ނަޝީދުގެ މައްސަލަ ނޫނީ މިގައުމުގައި މައްސަލައެއް ނެތީ ތޯ.. ކިތައް މަރުގެ އަސްވަނީ ނުހޯދި.. ހަމަ އެކަނި ދައުލަތް އެބުރެންވީ ނަޝީދައް މަންފާކުރާގޮތަށް ތޯ؟ މީ ތިބޭފުޅުންވެސް ވިސްނަންވެއްޖެ ކަމެއް..!

  އަހަރުމެން ޓެކްސް ޕޭކުރަނީ ވަކި މީހަކަށް ވަކި އާއިލާއަކަށް އޭގެ ބޮޑު ބައި ޚަރަދު ކުރާކަށް ނޫން.. ޖަރުމަނުގައި މިހާރު ހުރެގެން އެހިގާޚަރަދަކީ ދައުލަތް ޒިންމާވާއެއްޗަކަށް ވެގެން ނުވާނެ..

  އޭނާގެ މައްސަލަ އެކި ބެލިގެންވެސް ނުވާނެ.. ކޮބާ އިއްޔެ މަރުވި ކުއްޖާ، ކޮބާ ގޮތްނޭގޮތަށް ގެއްލުނު މީހުން މަރުވި މީހުންގެ މައްސަލަ ކީއްވެ އެކަންކަން ނުބެލި މި ބަލާވިރަކަމުގެ ކަން ކަން ބެލެންވީ..

  މީނާއާއި ހެދި ގައުމު ހަލާކުވެ ފުޑެނީ.. އެންމެ މިކަމަށް ވިސްނާހާ ހިސާބަ ކަންކަން ގޯސްވެއްޖެ..ނޫންތޯ

  ކުރީގެ ތުރުކީއަށް ވެސް މިކަހަލަ ވަބާއެއް ކުރިމަތިވި.. އަދިވެސް އެއުޅެނީ އެކަމުން އަދިވެސް ސަލާމަތް ނުވޭ..! މިގައުމު އެހާލަތަށް ވެއްޓިޔަ ދީގެން ނުވާނެ..! ދޮއްތޯ؟

 2. ޒީ

  ބުނީމަ ހަމަ ތިހެން ޤަބޫލުކު ރަންވީ؟

 3. އަސީ

  ހަމަސީދާ ދޮގެއް

  10
 4. ހުސޭނުބޭ

  އެހެންވިއްޔާ އެބަ އޮތް

 5. ސޯލިހުބޭ

  އަސްލަމަކީ ނަޝީދުގެ ޕަޕެޓެއް. އަސްލަމްގެ ވާހަކަ ގަބޫލެއް ނުކުރާނަށް. ނޫފޫޒު ފޯރުވިއަސް ނުބުނާނެ.

 6. ކަލޯބެޔާއްކަލޯ

  ތީދުވަހަކުވެސް ދުލުންތެދެއްހެދިމީހެނޫން. އަންނީގެއަޅެއް ދެންކިހާތެދުވެ ރިވާނެ !!!

 7. ބޮޑު ވަޒީރު

  އޭނަގެ ފޮޓޯވިއްކައިގެން ބަހައިގެން މެންބަރުކަން ލިބުނު ބަޔަކު ނުފޫޒު ނުފޯނުވާނެއްގޮތެއް އޮންނާނެބާ!

 8. ޢަލިބެ

  ދޮގު އަސްލަމް ކަލޭތިހަދަނީ ހުސްދޮގު. ބުހުތާން ދޮގު

 9. ރަށުމީހާ

  އެހެންކަމައްވަނީވިޔާ ތިމީހަކަށް އަސްލަމެކޭނުކިޔާނެ