ގއ.ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ނިޔާވެއްޖެއެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިކަން ހިނގާފައި ވަނީ ދެއްވަދޫ ކައިރީގައި ކަމަށެވެ.

އަދި އެރަށް ކައިރީގައި އެންދަމަން ފޭބި އެ މީހާ ހާލު ދެރަވެގެން އެރަށަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް، އެރަށު ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޮފިޝަލް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 4:40 ގައި ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.