ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގައި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ދެއްކެވި ވާހަކައެއްގެ މައްސަލަ ފުލުހަށް ހުށަހެޅީ އޭނާގެ ވާހަކަ އޮޅުވާލައިގެން ކަމަށް އެމްޑީއޭއިން މިއަދު ބުނެފިއެވެ.

241 ކޮމިޓީގައި ވެސް އިންނަވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު "ދަންޖައްސަން" ޖެހޭ ކަމަށް ސިޔާމް ވިދާޅުވާ އަޑު އިވޭ އޯޑިއޯއެއް ވަނީ އާންމުވެފައެވެ.

މި މައްސަލަ ފުލުހަށާއި، ޑިފެންސް މިނިސްޓްރީއަށާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކު ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާން ކުރެއްވިއެވެ.

މިކަމާ ގުޅިގެން އެމްޑީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެ ޕާޓީގެ ލީޑަރު ސިޔާމަކީ އެއްވެސް އިރެއްގައި ރައްޔިތަކަށް އަނިޔާވެރިވުމަށް އެދޭނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ އިދާރާއިން ސިޔާމްގެ ވާހަކައިގެ މަފްހޫމް އޮޅުވާލާފައިވާ ކަމަށް އޭގައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމާއި ކޮމިޓީއެއްގައި މެންބަރަކު ދެއްކެވި ވާހަކައެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ ކަމަށް ގާނޫނު އަސާސީގެ 90 ވަނަ މާއްދާގއިވާ ކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެ މައްސަލަ ބަލާނެ ހަމައެއް ވެސް ނެތް ކަން ފާހަގަކޮށް އެމްޑީއޭއިން ބުނީ ފުލުހަށާއި ޑިފެންސް މިނިސްޓްރީއަށާއި، އިމްތިޔާޒު ކޮމިޓީއަށް މައްސަލަ ހުށަހެޅުން އެ ޕާޓީން ބަލައިނުގަންނާނެ ކަމަށެވެ.

މި ކަމާ ގުޅިގެން ސިޔާމް ވިދާޅުވެފައިވަނީ އޭނާ އެހެން ވިދާޅުވިނަމަ ވިދާޅުވީ ވެސް އެފަދަ ކަމެއް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އޭނާ ކޮމިޓީގައި ދެއްކެވި ވާހަކައަކީ ޝަރުއީ ނިޒާމަށް އޮތް ނުފޫޒާ ގުޅިގެން ޖޭއެސްސީއަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

ސިޔާމް ހާޒިރުވި ކޮމިޓީ ބައްދަލުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީަށް ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި ޖޭއެސްސީއާއި އެ ކޮމިޝަންގައި އިންނަވާ ރައީސް ނަޝީދާއި ހިސާނަށް ފާޑުވިދާޅުވެ ސިޔާމް ވާހަކަ ދެއްކެވިއިރު، އާންމުކޮށް މަޖިލީހަށް ހާޒިރުނުވާ ސިޔާމް ކުއްލިއަކަށް އެ ކޮމިޓީއަށް ހާޒިރުވުމުން އެމްޑީޕީގެ މެންބަރުންތަކެއް ވަނީ ސިޔާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޙަސަނު

  މީހުން މަރަންވެސް ގޮވަންވީދޯ ، ދެންބުނާނީ ތިމަންނަ އެހެން ގޮވީ ކޮންމެހެން އެމީހުން މަރާކައް ނޫނޭ ، އަނގަ އޮތީމަ ގޮވީޔޭ

  16
  7
 2. ލޫޓުވާ

  ރައްޔިތުންގެ މަޖިލީހުގެ ތަޅުމާއި ކޮމިޓީއެއްގައި މެންބަރަކު ދެއްކެވި ވާހަކައެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ ކަމަށް ގާނޫނު އަސާސީގެ 90 ވަނަ މާއްދާގައިވާއިރު، ހިސާނު ހުށަހެޅި މައްސަލަ ތަހުޤީޤުކުރުމަށް ފުލުހުން އުޅުމަކީ ސިޔާމް އެވާހަކަ ދެއްކެވިނަމަ އެދައްކަވަންޖެހުނު ސަބަބަކަށްވެދަނެ. ޤާނޫނާއި ޤަވާޢިދު އަމިއްލަ އެދުމަށް މުގުރާލުން.

  17
  3
  • ޒައިކް

   އެއީ މަޖިލީހުގެ ޖަލްސާއެއްގަ ނޫނީ ކޮމިޓީއެއްގަ ދެއްކި ވާހަކައެއް ނޫން. އޮޅުވާލަން ނޫޅޭ.. އެހެން މޯހުން ވެސް ޤާނޫނު ދަނޭ..

 3. ޗު ކީ 2

  ޕާޓީން ޝިޔާމަށް ބިރުން ބަޔާން ނެރުނީ ދޯ

  8
  7
 4. ހާށަވިޔަނި

  ރައީސް ޔާމީނު ގޮއްވާލަން މީހަކު ފޭސްބުކް ލިޔުމުން އެއީ މަޖާޒީ ގޮތަކަށް ބުނިއެއްޗެއްކަމަށް ބުނީ. އެއްޑީޕީ މީހަކަށް ދެރަ ބަހެއް ބުނެފިނަމަ ވަގތުން ޖަލަށްލެވުމަކީ ދެކޮޅު ޖެހޭކަމެއްނޫން

  26
  3
  • ޒައިކް

   ކޮބާ ނަޝީދު ކަރު ބުރިކުރަން ގޮވި ޕީޕީއެމް އައިސްތު؟؟ އެވެސް މަޖާޒީ؟؟ ނަޝީދު އެއީ އެމްޑީޕީއެއް ނޫންތަ؟؟ ހޮޅި ވާހަކަ ނުދައްކާ

   1
   1
 5. އީސަސޮރު

  މައްސަލަބެލޭނެހަމައެއްނެތޭތިބުނީދޮގެއްނޫންސިޔާމުމީހަކުމެރިޔަސްކުއްވެރިއެއްނުވާނެފޮށިތެރޭންބަގުރާދެފުޅިފެނިގެންވެސްކުއްވެރިއެއްނު ވިފަގީރުންނައްދެރަގޮތްމުއްސަދިންނައްމޮޅުގޮތް

  1
  1
 6. ސައީދު

  ތިޔަޝިޔާމްގެ މަސްއަލަ ނުބެލޭނެ ކަމަށް ތިބުނާ މީހަކު ތިހުރީ ހަމައިގަތޯ ސުވާލުކުރަން ޖެހެއެވެ. " ޝިޔާމް އެބުނެފައި އޮތީ މާތަވެގެންވާ އިސްލާދީނާއި ޚިޅާފު " ވާހަކައެއްކަމަށްވާ އިރު މަޖިލީހުގެ ްާނޫނުގެ 90 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އެބަބުނޭދޯ އިސްލާމް ދީނާއި ޚިލާފުވާހަކަ ދެއްނުދެއްކޭނެކަމަށް ތިޝިޔާމްށް އެބަޖެހޭ ޤާނޫނުގައި އޮންނަ އެއްމެ ހަރު ކަށި އަބެއް ދެވެން. އެހެން ނޫނިއްޔާ ޤާނޫނޭ ނުކިޔާ މަޑުން ތިބެންވީ އެމީހަކަށް ގޮވުނު އެެއްޗެއް ގޮވަން