ކުއްލި ހާލަތުގައި އެމްބިއުލާންސް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ދިނުމަށް އިމަޖެންސީ މެޑިކަލް ސަރވިސް ތައާރަފް ކޮށް ހާއްސަ ނަންބަރެއް ހަމަޖައްސައިފިއެވެ.

ކުއްލި ހާލަތާއި ގުޅިގެން އިމަޖެންސީ މެޑިކަލް ސަރވިސް ތައާރަފް ކޮށްފައިވާކަން ހާމަކޮށްފައިވަނީ މިހާރު ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒެވެ.

މަބްރޫކު ވިދާޅުވީ، އިމަޖަންސީ މެޑިކަލް ސަރވިސް އުފައްދާފައިވަނީ މިނިސްޓްރީ އޮފް ހެލްތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެހީތެރި ކަމާއި އެކު ކަމަށެވެ.

އެގޮތުން މިވަގުތު އެންމެ އިސްކަމެއް ދޭނީ މާލެ ސަރަހައްދުގައި މިވަގުތު ތިބި ކޮވިޑް ބަލި މީހުންގެ ތެރެއިން އިމަޖެންސީ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އިމަޖަންސީ މެޑިކަލް ސަރވިސް އަށް ގުޅުއްވޭނީ 100 މި ނަންބަރުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އިމްޖެންސީ މެޑިކަލް ސަރވިސް ތައާރަފް ކޮށްފައިވަނީ ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ހާލު ދެރަވެގެން ފަރުވާ ހޯދަން ޖެހޭ ފަރާތްތަކަށް އެމްބިއުލާންސްގެ ހިދުމަތް ނުލިބޭ ކަމަށް ބުނެ، ގިނަ ބަޔަކު ސަރުކާރަށް ފާޑު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު