ކ. މަހާނައެޅިހުރާ ގައި ހިންގާ ރިހިވެލި ރިސޯޓުން ގެއްލުނު ކަމަށް ބުނާ މީހާ ފެނިއްޖެއެވެ.

ރިހިވެލި ބީޗް ރިސޯޓުން މީހަކު ގެއްލިގެން މިއަދު 12:49 ހާއިރު ފުލުހުންނަށް މައްސަލައެއް ހުށަހެޅިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ފުލުހުން އެއިރު ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުން ގޮސްފައި ވަނީ އެ ރިސޯޓުގެ އެޗްއާރް މެނޭޖަރުކަމުގެ މަގާމުގައި ހުރި އަހްމަދު އަސްލަމްއެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި މަގާމުން ވަކިކޮށްފައެވެ.

އެނގިފައިވާގޮތުން އޭނާ މިހާރު ވަނީ ފެނިފައެވެ. އޭނާ ހުރީ މަސައްކަތާއި ގުޅުން ހުރި ކަމެއްގައި އެހެން ރަށަަށް ގޮސްފައެވެ. އަދި ފުލުހުން މިހާރު އޭނާއާ މުއާމަލާތް ކޮށްފައި ވެއެވެ.

އެނގިފައިވާގޮތުން އޭނާ މިހާރު ހުރީ އދ. އަތޮޅުގެ ރަށެއްގައެވެ.