ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް ބަލީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ އަށް ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ ރޭ ފަތިހު 4:47 ގަ ކަމަށް އެ ޓުވީޓުގައިވެއެވެ.

މިއާ އެކު ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ 197 އަށް އަރައިފައެވެ.

ކޮވިޑް ޖެހިގެން އިއްޔެ އެކަނި ވެސް ހަތަރު މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. މި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށެވެ. އެއީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ.

މީގެއިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 25 އަހަރުގެ އަންހެނަކުވެސް ވަނީ ނިޔާވެފައެވެ. އެއީ ރާއްޖެ އިން މި ބަލީގައި ނިޔާވި އެންމެ ޒުވާން މީހާއެވެ. އަދި މި ބަލީގައި ރާއްޖެ އިން ނިޔާވި މީހުންގެ ތެރެއިން ދެ ވަނަ އަށް އެންމެ ހަގު ޒުވާނާއެވެ.

އިއްޔެ ލ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 92 އަހަރުގެ ފިރިހެނަކު ވެސް ވަނީ ނިޔާވެފައެވެ.

ރާއްޖެއިން މިހާތަނަށް 197 މީހަކު ކޯވިޑް ޖެހިގެން ނިޔާވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 180 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު