އިންޑިއާއަށް ބަރޯސާ ވެގެން ރާއްޖެ ތަރައްގީގެ މަތީފަންތިއަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.
އުގައިލް މިއަދު އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން ކަމަށާއި ވީއިރު އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ސިޔާސީ ވާހަކައެއް ނޫން ކަމަށާއި މިއީ އިލްމީ ވާހަކައެއް ކަމަށެވެ.
"އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން. ވީއިރު އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ. ނޫނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ؟ މިއީ ސިޔާސީ ވާހަކައެއް ނޫން. މިއީ އިލްމީ ވާހަކައެއް." އުގައިލް ވިދާޅުވިއެވެ.
އިންޑިއާއަށް ބަރޯސާ ވެގެން ރާއްޖެ ތަރައްގީގެ މަތީފަންތިއަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށް އުގައިލް ވިދާޅުވިއިރު އިންޑިއާ އިން ރާއްޖޭގެ ހުރިހާ ކަމަކަށް ނުފޫޒު ފޯރުވާ ކަމުގެ ކަންބޮޑުވުންތައް ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ. ހާއްސަކޮށް އިންޑިއާ ސިފައިން ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިބޭ ތިބުމާއި ދެކޮޅަށް އެތައް ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ. އަދި އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމާއި ދެކޮޅަށް ވެސް މިހާރު ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ. އޭގެތެރޭގައި އުގައިލް ވެސް ހިމެނެއެވެ.
އިންޑިއާގެ ކޮންސިއޭލޭޓް ދެކޮޅަށް "ސޭވް އައްޑޫ" ގެ ނަމުގައި ފަށާފައިވާ ކެމްޕޭނުގެ ތެރެއިން ބޭއްވި ވާޗުއަލް ޕެނަލް ޑިސްކަޝަނެއްގައި އުގައިލް ވިދާޅުވީ ކޮންސިއުލޭޓާއި ތަރައްގީއާ ގުޅުވައި، އެކަމަށް ތާއީދުކުރާ މީހުން ވާހަކަ ދައްކާތީ ހައިރާން ވެސް ވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ކޮންސިއުލޭޓެއްގެ އާންމު މަސައްކަތަކީ އެ ކޮންސިއުލޭޓް ނިސްބަތްވާ ގައުމުގެ މީހުންގެ ވިސާގެ ކަންކަން ހަމަޖައްސައިދިނުން ކަަމަށާއި އެ ކަހަލަ ތަނަކާއި ތަރައްގީއާ ގުޅުވެނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމާއި ދެކޮޅަށް ދިވެހިން ވާހަކަދައްކަމުން ގެންދިޔަ ނަމަވެސް އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމުގައި މައްސަލައެއް އޮތްކަމަށް ގަބޫލުނުކުރެވޭ ކަމުގައި އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.
އެމްޑީޕީއަކީ އިންޑިއާ ގެ ސިއާސީ ހަރުކަށި ޖަމާއަތެއް ވީމާ ތަރައްގީއަކީ ކޯންޗެއްކަމެށްނުވިސްނޭނެ އަބަދުވެސް އެޖަމާއަތުުންވިސްނާނީ އިންޑިއާ ބޭނުންވާގޮތަކީ ކޮބާތޯ މީބޮލަތްބެރިވެއް ޓުނީމަ ވާގޮތެއްކަންނޭގެ އުތަ!
މިގައުމުގަ އިލްމީ ބޭފުޅެއްބަސް މިހާުރު މުހިއްމެއްނޫން. މިގައުމަށް ބޭނުންވަނީ އިންޑިޔާ ފަދަ ގައުމު ތަކުން ފެންނަ ފަދަ މުޑުދާރު ޖާހިލު މީހުން. ނަތީޖާ އަކީ މިހާރު މިގައުމު މިހާލަތަށް ދާއިރު ހެޔޮބަސް ބުނާ މީހާ ނިނަމެތި ކޮށް ހަދާއިރު އެމަންޒަރު ބަލާފަ އަތްޖަހަން މިގައުމުގެ ގިނަބަޔަކު ތިބޭކަން. އިންޑިއާ ކަނޑުގެ ސަލާމަތޭ ކިޔާފަ މުޅި މިގައުމު އެކިނަން ނަމުގަ ބަޔަކު ހިސާރު ކުރަމުން ދާއިރު ފަސްމާވަލު ......... ލީޑަރުންނޭ ކިޔާފަ ނުކުތްމީހުން އަމިއްލަ އެދުމުގަ ހައްޕު ކިޔައިގެން ތިބޭތަން.
މިސަރުކާރުގަ ތިބީ އަމިއްލަ ޖީބު ބޮޑު ކުރަން އުޅޭ ބައެއް.
މިގައުމަށް އިލްމީ ބޭފުޅެއްގެ ބަހެއް ބޭނުމެއް ނުވޭ. މިގައުމަށް ޞެނުން ވަނީ އިންޑިއާ ފަދަ ގައުތަކުން ފެންނަ ފަދަ ނާގާބިލު މުޑުދާރު ސިޔާސީ އެއް ނޫން ސިޔާސަ މީހުންގެ ބަސް.
ޢެއްބަސް...ހެޔޮ ވިސްނުމެއް
ސަާބަހޭ، ހިތަށް އަ ރާ އުގައިލު ވެ ރިކަމައް ކު ރިމަތި ލާަނެ ނަމައޭ،،،❤
ތިޔަ ހެންބުނާމީހާ މޑޕ މީހުންގެ ކުރިމަތީގައި ވާނީބާޢީއަކަށް
ތިއޭ މަވެސް މިކިޔާ އެެއްޗަކީ އަމިއްލަ ހާލައިގެން ނޫޅެވޭ ބަޔަކު ރާއްޖެއަށް ލޯއަޅަނީ އެހެން ކަމަކު އިބޫ ސަރުކާރަށް ބައިޔަތު ހިފައިގެން އުޅޭ ކުރިން ގައުމިއްޔަތު ވެގެން އުޅުނު ކަމަށް މީހުންނަށް ދެއްކި މައުމޫންއާއި ގާސިމް އަދި އިމްރާންމެންނަށް ހެޔޮ ސަބަބަކީ އިމްރާން މަޤާމްގައި މައުމޫނުގެ ދަރިންނާއި އޭނައަށް ސަނާ ކިޔާ ބައިގަޑު ސަރުކާރުގަައި ގާސިމްގެ އަބިގޮއްޔެ މިނިސްޓަރު އަދި އޭނައަށް ހުޝާމަދު ކުރާ ބައިގަޑު ސަރުކާރުގައި ދެން އެމީހުނަށް ވަރިހަމަވާނެ ގައުމު ވިއްކާލިއަސް އެބައިގަޑުގެ އަގަޔަށް މޯދީމެން ލާރިއެޅި އެޅީނުން އެއަގަ ނުހުޅުވޭނެ ދެން ތިބީ އައްޑޫ މެމްބަރުން އެމީހުންނަށް ވެސް އެވަރަށް ލާރި އަޅާފައި އަހަރެމެން އިންޑިޔާ އައްޑޫގައި ތިބެން ދެކޮޅު
މަވެސް މިކިޔަނީ މަގޭރައްޓެހިން ގާތުގައި ކިހިނެނަކުން ބާވޭ ރަާއްޖެ ހިންދެމިލާނީ އިންޑިޔާ ކަހަލަ ފަގީރު ގައުމެއްގެ އަތްދަށުވެގެން ދެން ތިބެންޖެހޭނީ އެހެންނުންތޯ
ފޮރިންސިޔާސަތު މޮޅަށް ކިޔަވައިގެން ތިބި މީހުން މަދީތާ މިރާއްޖޭގައި
މިހާރު އުގައިލްވެސް ސިޔާސީ ވެއްޖެ ކަމަށް ގަބޫލުކުރެވޭ. ކޮންމެ އެއްޗެއް ބުނަމުން މިއީ ސިޔާސީ ވާހަކައެއް ނޫނޭ ބުންޏަކަސް ބައެއްވާހަކަ ހާލަތާއި ވަގުތުގެ ގޮތުން ސިޔާސީނުވާނެ ގޮތެއް ނޯންނާނެ!
ކަލޯ، އަމިއްލަ ގައުމުގެ ހައްގުގައި ބަސްބުނުމުގެ ހައްގު ކަލޯއަށް ވެސް މަށަށް ވެސް އޮންނަ ފަދައިން އުގެއިލް އަށް ވެސް އަދި ކޮންމެ ދިވެއްސަކަށް ވެސް އޮންނާނެ. ޢެއީ ސިޔާސީ ވުމެއް ނޫން.
އަހަރެމެންނަށް ސިޔާސީ ވާހަކައަކަށް ވަނީ ލޯކުރިމަތީ ހަދާ ބޮޑެތި ދޮގުތައް.
އޭނަ އަށް ވެސް އޭނަގެ އަމިއްލަ ރަށާ ބެހޭ ކަމެއްގަ ޚިޔާލު ފާޅު ކުރުމުގެ ހައްގު އޮންނާނެ.
އުގެއިލް ދަރިޔާ . މުޅި އައްޑޫ ކެނެރީގޭ ޢާއިލާއިން ހަލާކުކުރަމުންދާކަން ނީންގޭތޯ؟ މިކަން އެނގޭނޭ ޒުވާނުން ހަލާކުކޮށް މާލޭގައި ތިބި މަދު ވިޔަފާރިވެރިޔަކު އަތްދަށުލާގެން ކެނެރީގޭ ބުއްލަޅޭ ވަކި ސަރުކާރެއް ތިޔަ އަތޮޅުގައި ބޭރު ބަޔަކު ލާގެން ހަދާގެން މުޅިގައުމަށް ނުފޮރުއްޕާން ޖައްސާފައި ޑިކްޓޭޓަރ ޑިމޮކްރެސީގެ ތާޖު ހޯދާގެން ބޭރު ގައުމެއްގައި އޮންނަށް އެކަލޭގެ ގެ އެއުޅެނީ. ލާދީނީ ސެކިއުލާގެ ބޮޑު އެދުރު.
ތިހާ މައްޗަށް ކިޔަވައިގެން ހުރި ބޭފުޅަކަށް ނޭފަތު ކުރިޔަށް ވުރެން ދުރަށް ނުވިސްނޭ ސަބަބެއް ނުވިސްނުނު.
ޝުކުރިއްޔާ އުގެއިލް
ޑރ. އުގޭލު ރުޅި މަޑު.
ހެޔޮނުވާނެ އައްޑު ނުވިއްކާ.. ޝާހިދު ޔޫއެންއަށް ހޮވަން ތާއިދު ކުރުމާއި، އަންނި ވެރިކަމަށްގެންނަށް އައްޑޫ ނުވިއްކާ.. މާލޭ މީހުން އައްޑު މީހުންނަށް ބަދަލު ހިފަނީ ތޯ؟
ކީއްވެ އަންނިގެ ގޯތީ ނުދިނީ އެމީހުން ތިބެން އައްޑު ވިއްކާނެ ކަމައްނެތް..
އފަރިން ދެން ދުވަހަކިޔަސް އެމްޑީޕީއަށް ވޯޓެއް ނުދޭހެއް.. ދެން ނިމެނެއި..
މި ވެސް ވ ސިޔާސީ ވެގެން އުޅޭ މީހެއް! ވެރިކަމާ ހެދި މޮޔަ ވަނީ
ކަންއޮތްގޮތް ތިވިދާޅުވީ.. އަދި ކުރެެވިފައިވާ ތަޖްރިބާއަކީވެސް ތިއީ. އަދި މާޒީގައި ފެނިފައިއޮތް އެމީހުންގެ އުސޫލަކީ ފޫޓެއްވަރުނަމަވެސް އަހަރަރުމެނަށް ދިނިއްޔާ އެއްސަތޭކަފޫޓް އެމީހުންގެ އަތަށް ކަހާލުން.. އެފަދަބައަކާއި ގުޅިގެން ކުރެވޭނެ ކަމެއް ނުފެނުނަސް މިގައުމުގަ މިއުޅޭ ސިއާސީ މީހުންގެ އިލްމުވަރުގަދަކަމުން މިގައުމަށްވުރެ ބޮޑަށް އެމީހުންގެ އަމިއްލަ ނަފްސު ތަރައްގީ ކުރެވެންއޮތީ އެފަދަ ބައަކާގުޅިގެންކަމަށް ވާތީ އެމީހުންގެ ފައިބުޑަށް ވެއްޓިގެން އުޅެނީ.. މިއީ ހަގީގަތް.
އުގައިލުގެ ވިސްނުން ވަރަށް ރަނގަޅެވެ.. އެކަމަކު ހިތާމަޔަކީ ދިވެހިންނަކީ ސިޔާސީގޮތުން އެއްވެސް އުރަތްޕެއް ހުރި ބައެއް ނޫންކަމެވެ. ޕީޕީއެމް ސަރުކާރުގައިވެސް ޢުޤައިލުގެ ޚިޔާލުތައް ނޫސްތަކަށް އަރަމުން ދިޔައެވެ. އެ ދުވަސްވަރު އެމްޑީޕީން ޢުޤައިލަކީ ޣާޒީ އަކަށް ހެދިއެވެ. ޕީޕީއެމް އިން އެއީ ބާޣީއަކަށް ހެދިއެވެ. ދެން މިހާރު ޕީޕީއެމް އިން އެއީ ޣާޒީ އަކަށް ހަދާފަ އެމްޑީޕީން ހަދާނީ ބާޣީ އަކަށެވެ. ހަމަ ވިސްނައިގެން ކަން ކުރުމަށްވުރެ ތިމާ މެންނަށް ހެދޭ މިސްޓޭކް ރަނގަޅުކޮށް ކުރިޔަށް ދިއުމުގެ ހިތްވަރު ގިނަ ދިވެހީންގެ ކިބައިގައި ނެތީއެވެ...ކިހާ ދެރަ ހެއްޔެވެ. ސަހަލު ހަމަ އެއްބައެއްވެސް ނެތީއެވެ. އަނގައިން މަމެންވަރުގެ މޮޅު ރަނގަޅު އިޚްލާޞްތެރި ބަޔަކު ނެތެވެ. މިއީ ދިވެހި ސިޔާސަތުތަކާއި އެކަމަށް ތާއީދު ކުރާ ގިނަ މީހުންގެ ހާލަތެވެ. ހަމަ ގޮތް ވިސްނޭ ހަމަ ބަޔަކުވެސް އުލޭނެކަން ކަށަވަރެވެ. އެއްބަޔަކު ޗައިނާ ޗައިނާ ޗައިނާ.. އަނެއް ބަޔަކު އިންޑިޔާ އިންޑިޔާ އިންޑިޔާ...
މާޒީގައި ޤައުމުތައް އިސްތިޢުމާރު ކުރިގޮތް ރަނގަޅަށް ދެނެގަތުމަށް ނަޞޭޙަތްތެރިވަމެވެ. ކޮންމެވެސް ނަމެއްގައި ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަަށް މަކަރާއި ހީލަތުން ވަދެ އެންމެފަހުން މިނިވަންކަން ނަގާލާނީއެވެ. ތިބޭނީ ކޮންމެވެސް ކަމެއްގެ ބަހަނާގައެވެ. ހެލިކޮޕްޓަރެއް ފެންވަރުވާ ފުށް ޖައްސަން ކިތަށް މީހުން ކިހާ ދުވަހަކު އެބަ ތިބޭ ހެއްޔެވެ؟ ދިވެހި ސިފައިންގެ ހަމަ އެ ފެންވަރު ނެތީބާވައެވެ. ނުވަތަ އަދިވެސް ދަސްކުރަނީ ބާވައެވެ.؟ މިއީ ވަރަށް ވާހަކަ..ޤައުމާ ދޭތެރޭ ވިސްނާ ނަމަ ހަމަ އަނގައިން ނުބުނަން ހުއްޓަސް ބުނެވެނީ...ސޮރީ...
ތަރައްޤީ އަކީ ވަކި ގައުމަކަށް ބަރޯސާވެގެން ވާކަމެއް ނޫން. ތަރައްޤީ އަކީ އެ ގައުމުގެ ރައްޔިތުންގެ ވިސްނުމާ ކުރާ މަސައްކަތާ ހިތްވަރާ ހިކުމަތުގެ ނަތީޖާ.
އިންޑިޔާ އިން ހެވެއް ނޭދޭނެ ބުއްޅަބޭ އަށް އެކަން އެނގޭނެ
އުޤައިލް އަކީވެސް ބާޤީ އަކަށް ހަދާނެ މިފަހަރު ތިހެން ރަޢުޔު ނެރުނީތީ
އިންޑިއާ ސަރުކާރަށް ސިޓީ އެއް ލިޔަންވީ އެއްނު ދިވެހި ރައްޔިތުންގެ ނަމުގައި
ރާއްޖޭ ގައި ތިބި އެގައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް އެދި
ތިޔަހެން އަނގަ ނުތަޅާ
އޭރުން ތި މައްސަލަ އަށް ހައްލެއް ލިބިގެންދާނޭ ކަމަށް ފެނޭ
ދިވެހި ރައްޔިތުންނާ ދެކޮޅުވެ އިންޑިޔާ މީހުން ނަކީ އެރމީހުންގެ ރައްޔިތުން ކަމަށް ދެކެން ފެށުމުން ސަ ރުކާ ރާއެކު ދިވެހިން ތިބެންޖެހޭތަ؟
ދިވެހި ރައްޔިތުންނާ ދެކޮޅުވެ އިންޑިޔާ މީހުން ނަކީ އެރމީހުންގެ ރައްޔިތުން ކަމަށް ދެކެން ފެށުމުން ޢެ ބަޔަކާ އެކު
ދިވެހިން ތިބެންޖެހޭތަ؟
ދުރު ނުވިސްނޭ ވަގުތީ ފައިދާ ބޭނުން ބަޔަކަށް ވެރިކަން ލިބުނީމާ ގައުމު ދުވާނީ ފިހަކު ދުވެލީގައި.
މިވަގުތަކީ މިގައުމުގެ ޚިޔާނާތްތެރި ޖާހިލު މުސްކުޅި ސިޔާސީ މީހުންގެ ކިބައިން މިންޖުކޮށް އާ ޒުވާން ރިސްވަތުން ސަލާމަތްވެފަތިބި މީހުންނާ ގައުމު ހަވާލު ކުރަންވީ ވަގުތު!!!!!!!!. ޥަރަށް އަވަހަށް މިބަދަލު އަންނަން އެބަޖެހޭ !!!!!!!!
އާމްދަނީގެ ނިސްބަތަށޤއި ޕޮޕިއުލެސަނަށް ބަލާ އިރު އިންޑިޔައަށް ވުރެ ރާއްޖެ މާބޮޑަށް މުއްސަނދި .މިހާރު ރާއްޖެއަށް ދިމާވެގެން އުޅޭ މައްސަލަތަކަކީ އިސްރާފު ބޮޑުވުން. ބޭކާރު ގިނަ މުވައްސަސާ ހަދއިގެން ދަވްލަތުގެ އާމްދަނީ ބޭކާރު ގޮތުގަ ހަރަދުކުރުން.ބޭނުމެއްނެތް ބޭކާރު އެތައް މުވައްސަސާއެއް ދިވެހިގައުމުގަ ހެދިފާއެބަހުރި. އިންޑީޔާގަ ބޯހިޔާވެހިކަންނެތި މަގު،ަތީގަ ނިދާ އެތައްހާސް ބަޔަކު އެބައުޅޭ ފާހާނާއައި ފެން ނަރުދަމާ ނުލިބޭ އެތައް މިލިއަން ބަޔަކު އެބައުޅޭ މަގުތަކާއި ކާބޯތަކެއްޗާއި ސާފު ބޯފެން ނުިލިބޭ އެތައްްމިލިއަންބަޔަކު އެބައުޅޭ .މިނިސްބަތުން ބަލައިރު އިންޑިޔާއަކީ ފަގީރުންގިނަ 3 ވަނަ ދުނިޔޭގެ ގެއުމެއް. އާމްދަނިއައީ ޕޮޕިއުލޭސަނަށް ބަލައިރު އިންޑިޔާއަށް ވުރެ ރާއްޖެ މުއްސަނދި.
ޕްރޮފެސަރަކަށް ނުވިސްނެންޏާ މަ ނުކިޔަވާ ހުންނަ މީހަކަށް ކިހާ ނުވިސްނޭނެ. މަށަކަށް ނުވިސްނޭ މިތާގަ މިތިބަވެރިން މިކަމަށް ތެޅިބާލާ ވަރެއްވެސް
ޕްރޮފެސަރަކަސް މިބޭފުޅާއަށް މިކަން ވިސްނުނުކަން ރަނގަޅު.
ނަޝީދު ބޭނުން ވަނީ ރައްޖެ ބައެއްގެ އަޅުވެތިކޮއްފަ ދިވެހިން 2ވަނަ ދަރަޖާގެ ބަޔަކައް ހަދަން.
އައްޑޫ މީހުން ނިކަމެތިވާނީ މިވާގޮތުން. އިންޑިޔާ އައުޓް
އުގައިލަށް ވިސްނޭ ގޮތް ތި ހާމަކުރީ. އެކަމު ލާދީނީ ސަރުކާރަކަށް ނުވިސްނޭނެ. އެމީހުންގެ މަގްސަދަކީ މިތާނގަ ދީނީ މިނިވަންކަން ހޯދުން.
އަންނީބޭނުންވަނީ އިންޑިއާގެތަރައްގީ.އެތަރައްގީއަކީ މަގުމައްޗަށް ދެހާޖައްކޮށް މަގުމަތީގައިނިދާ
ކައްކައި ކައިބޮއިހެދުން!! މީއަންނި މިގައުމަށް ގެންނަންބޭނުންވާ ތަރައްގީއަކީ!!!
ކިތަންމެ ވާހަކައެއް ދެއްކިއަސް އަންނާނެ ބަދަލެއް ނެތް. ވެރިކަމުގަ ތިބި މީހުންގެ ވިސްނުން ބަދަލުވާކަށް ނެތް.
yes
މި ޤައުމުމިއޮށް ދަނީ ގާދޫކޮލުން ބޭރަށް