ހުޅުމާލެ ސަހަރާގައި ޣައިރު މުސްލިމުން ވަޅުލަން ވަކި ސަރަހައްދެއް ކަނޑައެޅުމުގެ މަސައްކަތް ހުޅުމާލު ކައުންސިލުން ފަށައިިފިއެވެ.

ކޮވިޑް-19 ބަލީގައި މަރުވާ މީހުންވެސް މި ވަގުތު ވަޅުލަމުން ދަނީ ހުޅުމާލެ ސަހަރާގައެވެ.

މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު "ވަގުތު" އަށް ވިދާޅުވީ ކައުންސިލާ ހަވާލުވެވަޑައިގަތް ފަހުން މިސްކިތްތަކުގައި މަސައްކަތްކުރާ ޖަމާއަތް ތެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން އެ ފަރާތްތަކުން އެންމެ ބޮޑު އެއް ކަންބޮޑުވުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މުސްލިމުންގެ ތެރޭގައި ޣައިރު މުސްލިމުން ވަޅުލާ މައްސަލަ ކަމަށެވެ.

ނިމިގެން ދިޔަ ކައުންސިލްގެ ދައުރުގައިވެސް ޖަމާއަތްތެރިން އެ ވާހަކަތައް ކައުންސިލްގެ ސަމާލުކަމަށް ގެންދިޔަ ނަމަވެސް އެއްވެސް ހައްލެއް ލިބިފައިނުވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މިދިޔަ ކައުންސިލް ގައިވެސް އެދުނު، އެކަމަކު އެކަން ނުވެފައި އޮތީ" ޝުޖާއު ވިދާޅުވިއެވެ.

މުސްލިމުން ފިޔަވާ އެހެން ދީންތަކުގެ މީހުން ވަޅުލާތަން އިން ވަކި ކުރަނީ ފާރެއް ރާނާ ގެންނެވެ. އެތަނުގެ ޑިޒައިން ތައްޔާރުކޮށް އެކަން ކޮށްދޭނެ ބަޔަކު ހޯދުމަށް މި ހަފްތާ ތެރޭގައި އިއުލާނު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ސަހަރާގައި ހިނަވާގެ އާއި އިންވެގެން ހަތަރު ފާހާނަ އެޅުމަށް ނިންމައި އެ މަސައްކަތް ކުރިޔަށް އެބަދެއެވެ. އަދި ވިއްސާރަ ދުވަސްތަކުގައި ހުޅުމާލެ ސަހަރާ މިސްކިތް ގޯތިތެރޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކާނު ސިސްޓަމްތަކެއް ހަރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ހުޅުމާލެ ކައުންސިލަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ....

    ކާފަރުންނޭ ބުނަން ލަދު ގަންނަނީތަ...

  2. ސސ

    ސުބުހާނައްލާއި މުސްލިމުންގެ ގަބުރުސްތާނުގައި އައިރު މުސްލިމުން ވަޅުލުން ހުއް ދަވާނެތޯ ؟ވަރަށް ނުރައްކާ ކަމެއް ދިވެހިރާއްޖޭގައި ޢައިރު މުސްލިމުންނަށް ވަކިގަރުސްތާނެއްހެ ދުން. އޭރުން ހީވާނީ ދިވެހިރާއްޖޭގައި އައިރު މުސްލިމުން ތިބިކަމަށް ނުންތޯ ؟