ގިނަ ބަޔަކު ބަލަމުން އަންނަ މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" ގެ ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލް އެންމެންގެ ލޯބި ލިބިފައިފާ ސަންސާ ސްޓާކް ނުވަތަ ފުރިހަމަ ނަމުން ނަމަ ސޯފީ ޓާނާ ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގައި ރެއަކަށް 45،000 ޑޮލަރު (ގާތްގަނޑަކަށް 693900ރ.) ހޭދަކުރާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ކޮކޯ ޕްރައިވެޓް އައިލެންޑުގައި ސޯފީ އޭނާގެ ލޯބިވެރިޔާއެކު ޗުއްޓީ ހޭދަކުރަމުންދާރި އޭނާ ޗުއްޓީ ހޭދަކުރަމުންދާ ގޮތް އިންސްޓަގްރާމް މެދުވެރިކޮށް ދުނިޔެއަށް ދައްކަމުންނެވެ. އަދި މިއީ އެންގޭޖްވިފަހުން ސޮފީ އޭނާގެ ލޯބިވެރިޔާއެކު ހޭދަކުރާ ފުރަތަމަ ޗުއްޓީއެވެ. ސޯފީ އެންގޭޖް ވެފައިވަނީ މިިދިޔަ މަހުގައެވެ.

ސޯފީ "ގޭމް އޮފް ތްރޯންސް" ގައި އަދާކޮށްފައިވާ މުހިންމު ރޯލުގެ ސަބަބުން އޭނާ އަށް ވަނީ ބޮޑު މަޝްހޫރު ކަމެއް ލިބިފައެވެ. ބައްޕަގެ މަރަށް ފަހު އަލުން ހިތްވަރުކޮށް އެތައް އުނދަގުލަކާއި އެކު ސޯފީ ކުރަމުންދާ މަސައްކަތް ދައްކައިދޭ ރޯލުން ގިނަ ބައެއްގެ ހަމްދަރުދީ ވަނީ ލިބިފައެވެ.

ގޭމް އޮފް ތްރޯންސްގެ ހަތް ސީޒަން ނިމިފައި ވާއިރު ދެން އޮތީ އެސީރީޒްގެ އެންމެ ފަހު ސީޒަނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަހާ

    45 ހާސް ޑޮލަރު އެމީހުނަށްވާނީ 45 ހާސް ރުފިޔާ އަށެވެ. އެއީ މާބޮޑު އެއްޗެއްނޫނެވެ.

  2. ހަސަން

    ހަހާ ގެ ކޮމެންޓާއް ތާއީދު .. ދޭ ޑޯންޓް ކޮންވާޓް އިޓް ޓް ލޯކަލް ކަރަންސީ .. އެމީހުންގެ ކަރަންސީ އަކީ ޑޮލާރ ސޯ 45 ތައުސަން އިސް ނަތިން ފޯރ ދެމް ވަރަށް ސަލާން