ސަޢޫދީ ޢަރަބިއްޔާއިން ތައްޔާރު ކޮށްފައިވާ "ތަވައްކަލްނާ" އެޕްލިކޭޝަން ބޭނުންކުރެވޭ ފުރަތަމަ 74 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ތަވައްކަލްނާ އެޕްލިކޭޝަނަކީ ކޮވިޑް-19 އާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ހެލްތު މިނިސްޓްރީއިން އެޕްރޫވްކޮށް، އެންމެހާ ފަރާތްތަކުގެ ސިއްހީ ޙާލަތު ދެނެގަތުމަށާއި، ކޮންޓެކްޓް ޓްރޭސިންއަށް ސަޢޫދީ ޢަރަބިއްޔާގައި ރަސްމީކޮށް ބޭނުންކުރާ އެޕްލިކޭޝަނެވެ.

ރާއްޖޭގެ އިތުރުން މި އެޕްލިކޭޝަން ބޭނުން ކުރާ ގައުމުތަކުގެ ތެރޭގައި ޔޫއޭއީ، ކުވެއިތް، ބަހްރެއިން، ގަތަރު، އޮމާން، ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ ގައުމުތައް ހިމެނެއެވެ.

ސަޢޫދީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމުގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީ މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ދެނެގަތުމަށް ފަހުއެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި އެޕްލިކޭޝަން ބޭނުން ނުކުރާ ފަރާތްތަކަށް ސަޢޫދީ ޢަރަބިއްޔާގެ އާއްމު ތަންތަނަށް ވަދެ ނިކުމެ ނުހެދޭނެ ކަމަށް ވެސް ރިޕޯޓް ތަކުން ބުނެއެވެ. އެގޮތަށް ހަދާފައިވަނީ އެގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު ހިފެހެއްޓުމުގެ ގޮތުންނާއި ގާތުން އެއްތާވާ މީހުން ފަސޭހައިން ދަނެގަނެވޭނެ ގޮތަށެވެ.

ސަޢޫދީގެ ރައްޔިތުން މި 74 ގައުމަށް ދަތުރު ކުރާއިރު، އަދި މިގައުމުތަކުގެ ރައްޔިތުން ސަޢޫދީއަށް ދަތުރުކުރާއިރު މި އެޕްލިކޭޝަން ބޭނުންކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އުއްޗު

    ޢޭ ހެޔޮނުވާނެ، އަރަބި ގައުމުތަކުގެ އެޕު ތަށް މަޝްހޫރު ނުކޮށްބަލަ، އެންމެފަހުން ޢެބުނީ ޔޫއޭއީ އިން ނަމާދު ގަޑިއިނގޭ އެޕުގެ މީހުންގެ މައުލޫމާތު އެމެރިކާ ޑިފެންސް ކުންފުންނަކަށް ވިއްކިވާހަކަ

    1
    1
  2. ސސ

    މީހުންގެ މިނިވަންކަން ނިގުޅައި ގަތުން

    1
    1
  3. ލާހި

    މީ ތަވައް ކަލް ކުރުމެއްނޫން މީ ޖާސޫސު ކުރުމާއި މީހުންގެ ހައްޤުތަ ކަށް އަރައިގަތުން ޒާތީ ދިރިއުޅުމާއި ކުޅުން މުސްލިމުންނާ އި މެދުގައި ކުންހީ ކުރުން އަނިޔާވެރިވުން، ހަޤީގީ ތަވައް ކަލް އަ ކީ ﷲ ބިރުވެތިވުން ފާފަތަ ކުން ދުރުވުން ހެޔުއަމަލު ކުރުން ހިތްސާފު ކުރުން، ބަލި ޖައްސަވާ ފިއް ލަވާ ފަރާތަ ކީ ﷲ ކަން ޤަބޫލު ކުރުން ކާފަރުންނަށް ވާޤިވެރި ނުވުން މޫމިނުންނަށް ލޯބި ކުރުން !

  4. ދިވެހިން

    އަރަބި މުސްލިމް ގައުމެއް ކަމަކު ނުދޭ. އެމެރިކާ ޔަހޫދީ އިޒްރޭލް އެޕެއް ގޭމެއްނަމަ އޯކޭ