މެދުރާއްޖޭތެރޭގެ ރަށެއްގައި ޓީޗަރަކު ދަރިވަރަކަށް ތަކުރާރުކޮށް ހަނގާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ގްރޭޑް 10 ގައި ކިޔަވަމުންދާ އެ ދަރިވަރަށް އޭނާގެ އިސްލާމް ޓީޗަރު، އިންޒާރުދީ ސްކޫލަށް ނުފޮނުވަން ބެލެނިވެރިންނަށް އަންގަމުންދާ ކަމަށް ބުނެ އަޑުތައް ވަނީ ފެތުރިފައެވެ. މަގުމަތިންނާ ކްލާސް ތެރޭގައިވެސް ދަރިވަރަށް ޓީޗަރުގެ ފަރާތުން ފުރުއްސާރަތައް ކުރިމަތިވަމުން އަންނަ ކަމަށް އެ ރަށު މީހުން ވަނީ ބުނެފައެވެ.
އެ ސްކޫލުގައި ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ދަރިވަރުގެ ބެލެނިވެރިޔާގެ ފަރާތުން ޓީޗަރުގެ މައްސަލަ ހުށަހަޅާފައި އޮންނަތާ މަހެއްހާ ދުވަސް ވެއްޖެއެވެ. އެކަމަކު އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ވަނީ އެނގިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފީއެސް އަހުމަދު އަލީ "ވަގުތު" އަށް ވިދާޅުވީ މިނިސްޓްރީއާ ސްކޫލްއާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. މި މައްސަލައަކީ ކުއްޖެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައްސަލައަކަށްވާތީވެ އިތުރު މައުލޫމާތެއް އަހުމަދު އަލީ ނުދެއްވައެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިވާ އިރު ދާދި ފަހުން އުތުރުގެ އެހެން ރަށެއްގައި އަންހެން ޓީޗަރަކު ދަރިވަރަކަށް ޖިންސީގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވިއެވެ.
އެ މައްސަލަގާއި ހިމެނޭ ޓީޗަރު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
ކުދިން ތަފާތުކޮށް ވަރަށް ދެރަގޮތް ކުދިންނަށް ހަދަމުންދާ ސްކޫލްތައްވެސް ރާއްޖެތެރޭގައި
މިހެން އުޅޭ ޓީޗަރުންގެ ސަބަބުން ޓީޗިންގ ދާއިރާގައި މަސައްކަތް ކުރައްވާ އެހެން ޓީޗަރުންނަށް ބެލެނިވެރިންގެ އިތުބާރު ދަނީ ގެއްލެމުން. އެފަދަ މީހުން ސެކްޓަރ އިން ބޭރުކުރޭ!
ދަރިވަރުންގެ އަހުލާގީ މައްސަލަތަށް ބެލޭނެ ގޮތެއް އަދި ފިޔަވަޅު އެޅޭނެ ގޮތެއް އޮންނަން ޖެހޭ. މިހާރު މިވާގޮތަކީ ދަރިވަރު ބޭނުންހާ ގޮތަކަށް އުޅެނީ. ފިޔަވަޅެއް އަޅާފިއްޔާ ކުއްވެރިވަނީ ޓީޗަރު. ކުޑަޔަސް ހިތަށް އެރިގޮތަކަށް އުޅެން ދޫކޮށް ލެވިގެން ނުވާނެ. އެގޮތަށް ދޫކޮށްލީމާ އެހެން ކުދިންގެ ކިޔެވުންވެސް ހަލާކު. އެޅޭނެ ފިޔަވަޅުތަކާއި އެއްޗެހި ކަނޑައަޅާ. އެއީ ކުލާހުން ބެރަށް ލުން ކަމުގައި ވިޔަސް، ކޮޅަށް ބެހެއްޓުން ކަމުގައި ވިޔަސް، ސަސްޕެންޑް ކުރުން ކަމުގައި ވިޔަސް، ތަޅާ ނުމަރަންޔާ އޯކޭ. ހުރިހާ ކުދިންނަށް ކިޔަވައިދޭށޭ ކިޔާފާ، ނުކިޔަވާ އެހެންކުދިންގެ ހިޔެވުން ހަލާކު ކުރާ ކުދިން ސުކޫލަށް ނުފޮނުވިޔަސް މާރަގަޅުވާނެ. ޕޭރެންޓުންނަށް އިލޮށިފައްޗެއް ހޯދައިދޭން އަހަރެން ތާއީދު
ޓީޗަރު ކަމަކީ މާތް މަސައްކަތެކެވެ. ޓީޗަރުންނަކީ ނުހަނު އިޙުތިރާމް ކުރަންޖެހޭ ބައެކެވެ. ނަމަވެސް ހިތާމަޔާއެކު ބުނަންޖެހެނީ، މަދުން ނަމަވެސް ޓީޗަރުންގެ ގޮތުގައި އުޅޭ ދިވެހިންގެ ތެރޭގައި ވަރަށް ނުބައި، ރަޙުމްކުޑަ މީހުން އުޅޭކަމެވެ. ފާއިތުވީ އަހަރު ތަކުގައި، މާލޭގެ ތަފާތު 3 ސްކޫލެއްގެ ދަރިިވަރުންގެ، ބެލެނިވެރިއެއްގެ ޙައިޞިއްޔަތުން، މަށަށް މިހާތަނަށް ތަޖުރިބާ ކުރެވިފައި ހުރި ޙާދިސާ ތަކުގައި، ގިނައިން އެފަދަ ޢަމަލު ހިންގާފައި ތިބީ އަންހެން ޓީޗަރުންނެވެ. ﷲގެ ރަޙްމަތްފުޅުން، ވަރަށް ސްމޫތުކޮށް މަގޭ ދަރިންކޮޅު ސަލާމަތް ކުރެވުނެވެ. އެކަމަކު މަށަށް އިނގުނުއިރު އެކުދިންނަށް ވަނީ ވަރަށް އަހުވަ ޖައްސާފައެވެ. މިފަހަރު ޓީޗަރުގެ ޝިކާރައަކަށް ވީ ކުއްޖާގެ މުސްތަޤްބަލް ސަލާމަތް ކޮށްދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ އަށް، ވަރަށް އަދަބުވެރިކަމާއި އެކު އިލްތިމާސް ކުރަމެވެ.