20:47

އައްޑޫސިޓީ ހިތަދޫ ފުރަބަންދު (ލޮކްޑައުން) ކޮށްފި

18:53

އެޕޮއިންޓްމެންޓް ހަމަޖައްސައިގެން ހިދުމަތް ދެވޭ ގޮތަށް ސެލޫންތަކާއި، ބޯކޮށާ ތަންތަން ހުޅުވާލަން ތައްޔާރުވަމުންދާކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ

18:20

އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައި ވެސް ކޮވިޑް-19ގެ އާ ވޭރިއެންޓް ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރު ނަޒްލާ ރަފީގު ވިދާޅުވެއްޖެ

17:11

މާލެ ސަރަހައްދުގައި އެކަނި ކުރާ ކަސްރަތު ކުރުމަށް ފަތިހު 4:00 އިން ހެނދުނު 8:00 އަށް ޕާމިޓާއި ނުލާ ބޭރަށް ދެވޭނެ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ

17:10

ކާފިއު ވަގުތު ހަވީރު 4:00 އިން ފަތިހު 4:00 އާހަމަަށް ކުރުކޮށްފި

16:59

ރާއްޖޭގައި މިވަގުތު އިންޑިއާ އާއި ޔޫކޭގެ ކޮވިޑް ވޭރިއެންޓް ފެތުރެމުން އަންނަ ކަމަށް ސަރުކާރުން ހާމަ ކޮށްފި

16:58

ރާއްޖެއިން ކޮވިޑް-19 ގެ ހަ ވައްތަރެއް ފެނިފައިވާކަމަށް ދައްކައިފި،

15:43

0 އަށްވުރެ ގިނަ ކޮވިޑް-19ގެ ވޭދަނަތައް ފެނުނު ކ. އަތޮޅު މާފުށި އާއްމު ހާލަތަށް ގެނެސްފި

15:11

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅުތަކުގެ ދަށުން މި މަހުގެ 22 ވަނަ ދުވަހާއި ހަމައަށް ސަރުކާރު އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ

11:18

އެރިކްސަން ދަނޑުމައްޗަށް ވެއްޓުނީ ވެކްސިން ޖަހާފައި ހުރުމުން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި.

10:59

ނަސްރީނާގެ ހާލު ރަނގަޅު - މައުމޫން

09:45

އިންޑިއާ އިން ފެނުނު ވޭރިއަންޓް: އަލާމާތްތައް ތަފާތުވެފައި، މާބޮޑަށް ނުރައްކާ!

09:28

ހަނިމާދޫ ކާފިއު ގަޑީގައި ވެސް އިންޑިއާ ސިފައިން ބޭރުގައި އުޅެން ހުރަހެއް ނެތް!

09:12

ސިގެއްލާގައި ރާއްޖެ އިން ނިޔާވި މީހުންނަށްވުރެ ކޮވިޑްގައި ނިޔާވި މީހުން އިތުރުވެއްޖެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލޭގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މާލޭގައި ކޮވިޑް ކޮންޓްރޯލް ކުރެވެމުން އަންނަ މަންޒަރުތައް ފެނުނު ނަމަވެސް ބައެއް ރަށްތަކުން ފެންނަ މަންޒަރު އަދިވެސް ތަފާތެވެ. ހާއްސަކޮށް އައްޑުއާއި ގދ.ތިނަދޫގެ ހާލަތު ފެންނަނީ ވަރަށް ނުރައްކާތެރިކޮށެވެ.

މިއަދު 372 މީހުން ކޮވިޑަށް ފައްސިވިއިރު މިއަދު އަތޮޅުތެރެއިން 215 މީހުން ފައްސިވިއެވެ. މިއަދަކީ މިމަހު ވެސް އެންމެ ގިނަ މީހުން އަތޮޅުތެރެއިން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 5262 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އެހެންކަމުން މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %7 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދަކީ މިމަހުގެ 01 ވަނަ ދުވަހަށް ފަހު އެންމެ ގިނަ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް އިތުރުވި ނަމަވެސް ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 8703 އަށް މަދުވެފައެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ތިބީ 82 މީހުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު