އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް އެމްޑީޕީގެ ހަތަރު މެންބަރަކު ވޯޓް ދެއްވިކަން އެނގިއްޖެއެވެ.
ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓް ދެއްވިއެވެ.
އޭގެ ތެރޭގައި ހިމެނޭ އެމްޑީޕީގެ މެންބަރުންނަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްއާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުއާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ.
މަޖިލީހުގައި ތިއްބަވާ އަމިއްލަ ތިން މެންބަރަކު ވެސް ބިލާ ދެކޮޅަށް ވޯޓް ދެއްވިއެވެ. އެއީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް، އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތެރެއިން ބިލު ބަލައިގަންނަން ފެންނަ ކަމަށް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވޯޓް ދެއްވިއިރު، ބަލައިގަންނަން ނުފެންނަ ކަމަށް އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވޯޓު ދެއްވިއެވެ.
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ވެސް ވޯޓު ދެއްވީ ބިލު ބަލައިގަންނަން ނުފެންނަ ކަމުގައެވެ. އިދިކޮޅު ފަރާތްތަކުން ސިފަ ކުރަނީ މިއީ "ލާދީނިއްޔަތު" ފެތުރުމަށް ޖާގަ ދޭން ފަރުމާކޮށްފައިވާ ބިލެއްގެ ގޮތުގައެވެ.
އެހެންވިޔަސް އެމްޑީޕީގެ އިސް މެންބަރުން ވިދާޅުވާ ގޮތުގައި މިއީ ނަފުރަތު އުފައްދައި ލޭ ހުއްދަ ކުރަން ދިއުން އާންމު ވަމުން ދާތީ، އެ ކަން ހުއްޓުވުމުގެ ގޮތުން ހުށަހެޅި އިސްލާހެކެވެ.
ބިލާ ދެކޮޅަށް ވޯޓް ދިން މެންބަރުން
- ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް (އަމިއްލަ)
- ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (އަމިއްލަ)
- މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު (ޕީއެންސީ)
- އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ޕީޕީއެމް)
- ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް (ޕީޕީއެމް)
- ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ (ޕީޕީއެމް)
- ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު (ޕީއެންސީ)
- ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (އަމިއްލަ)
- ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު (އެމްޑީއޭ)
- ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން (ޕީޕީއެމް)
- އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު (ޖޭޕީ)
- މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު (ޕީއެންސީ)
- ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (އެމްޑީޕީ)
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ޕީޕީއެމް)
- ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (އެމްޑީޕީ)
- ފުވައްމުލައް މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ (އެމްޑީޕީ)
- ފުވައްމުލައް ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް (އެމްޑީޕީ)
ބިލަށް ވޯޓް ދިން މެންބަރުން
- ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް (އެމްޑީޕީ)
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު (އެމްޑީޕީ)
- މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް (އެމްޑީޕީ)
- ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް (އެމްޑީޕީ)
- ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް (އެމްޑީޕީ)
- މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (އެމްޑީޕީ)
- މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އެމްޑީޕީ)
- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (އެމްޑީޕީ)
- މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ (އެމްޑީޕީ)
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް (އެމްޑީޕީ)
- ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (އެމްޑީޕީ)
- އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު (އެމްޑީޕީ)
- ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު (އެމްޑީޕީ)
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (އެމްޑީޕީ)
- މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ (އެމްޑީޕީ)
- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (އެމްޑީޕީ)
- އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (އެމްޑީޕީ)
- އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (އެމްޑީޕީ)
- ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު (އެމްޑީޕީ)
- އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (އެމްޑީޕީ)
- ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން (އެމްޑީޕީ)
- ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު (އެމްޑީޕީ)
- ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް (އެމްޑީޕީ)
- މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު (އެމްޑީޕީ)
- ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (އެމްޑީޕީ)
- ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ޖޭޕީ)
- ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް (އެމްޑީޕީ)
- ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (އެމްޑީޕީ)
- ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް (އެމްޑީޕީ)
- ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް (އެމްޑީޕީ)
- ގެމަނަފުށި ދާއިރާގެ މެންބަރު އަހްމަދު ސައީދު (އެމްޑީޕީ)
- ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ (އެމްޑީޕީ)
- މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން (އެމްޑީޕީ)
- ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު (އެމްޑީޕީ)
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް (އެމްޑީޕީ)
- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް (އެމްޑީޕީ)
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް (އެމްޑީޕީ)
މިއީ ރައްޔިތުންނަށް އެނގެންޖެހޭ ވަރަށް މުހިއްމު އެއްޗެއް.. ލާދީނީ ބިލައް ވޯޓް ދިން މީހުންނަށް ހެއު ވިސްނުން ދެއްވާށި.
ޕާޓީ އަށް ވުރެ ދީން މުހިއްމު ވާނެ! އެ 4މެންބަރުން ނަށް ދަރުމަ ދެއްވާށި، އާމީން!
(ކުރިންބާޣީނާޒިމް) މިބިލާދެކޮޅުހަދައިފިނަމަ ޕުރޮޖެކްޓުތައްދޯ؟ގޭދޮށުގަމެގަފޯނުހިފައިގެންތިބެ ބާޣީބާޣީގޮވިމީހުންގެ އުނގުގަ ބޯއަޅައިގެންނޯވެކުރާނެކަމެއް މިހާރުނެތީ ލިބޭބައިމަދުވެދާނެތީތޯ؟ ތިޔަލިބޭބައިވެސް ހިފައިގެންނުދެވޭނެ ދުވަސްމަތިން ހަމަހަނދާންނުވަނީތޯ؟
ބާޣީ ބާޣީ ބާޣީ ސައިޒު ވެފަ
މިބިލަށް ވޯޓްދީ މިފާސްކުރާމީހުން މާއިއްޒައްތެރި މަޖްލީހަކަށް ޖަވާބުދާރީ ވާންޖެހޭނެކަން ހަންދާންކޮށްދީ ޢެދުވަހުން މިވެނި މީހަކު ބުނެގެންނޭ އެކަންކުރީ މިކަންކުރީ ނުބުނެވޭނެކަން ހަނދާންކުރުން މުހިންމު!
ރައްޔިތުން ފާހަގަ ކުރޭ ތިބިލް ބަލައިގަންނަން ވޯޓުދިން ލާދީނީ ބައިގަނޑުގެ ނަންތައް. ދީނާ ދެކޮޅު ކައްޒާބުންތަކައް ދެން ވޯޓު ނުދޭތި.
ސާބަސް ބަގޭ
ޏޯޓްކޮށްފިން
😊😊😊😊😊😊😊👍👍👍👍
ގައުމާ އިސްލާމްދީން ދެކެ ލޯބިވާ ހިއްވަރު ގަދަ 4 ފަހުލަވާނުންނަށް އައްސަރިބަހާ ސާބަސް.
މޑޕ މެންމަބަރުން ވިޔަސް ލާދީނީއަށް ތާއީދު ނުކުރި މެންބަރުން ތިޔަ ދެއްކެވި ނަމޫނާއަށް ޝުކުރިއްޔާ ޕާޓީގެ ސިޔާސަތައްވުރެ ދީނާއި ގައުމުގެ ސިޔާސަތު މާބޮޑަށްވެސް މުހިންމުވާން ޖެހޭނެ
ހަތަރު މެންބަރުންނަށް ސާބަސް އެންމެފުރަތަމަ ފަރާތަކީ ތިމާހެއްދެވިފަރާތް އޭގެފަހުން އެހެންފަރާތްތަށް އަންނާނީ ބިރުވެތިވާންވީ ﷲއަށް ތިބާ މެނަށް ހެޔޮރަހްމަތް ލައްވާށި އަމީން!
ޝުކުރިއްޔާ 4 ފަހުލަވާނުން.
ޖަޒާކުމުﷲ ޚައިރަން.
ﷲ ބިރުވެތިވާ ބަޔަކު މިއަދު އެނގިއްޖެ. ﷲ ދީނަށް ނަޞްރު ދޭން ތައްޔާރު މީހުން އެމްޑީޕީ ގައިވެސް އުޅޭކަން މިއެނގުނީ. ދުނިޔޭގެ ދަޅައަށް ގެއްލިގެން ތިބާމެންގެ އާޚިރަތަށްވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. މީ ހޮވަންވީ މެންބަރުން ނަކީ. ދީން ޙިމާޔަތް ކުރާނެ. ޤައުމަށް ވަފާތެރި ވާނެ. ރައްޔިތުންނަށް ވެސް ހެޔޮއެދޭނެ. ސާބަހޭ ދަރިންނޭ. ލާދީނިއްޔަތަށް ނޫނެކޭ ބުނެލީ. ބިރުދައްކާލުމަށް ނުސިހޭތި. ﷲގެ ޙަޟްރަތުގައި ޖަވާބު ދާރީ ވާންޖެހޭ ދުވަސް އޮތްކަން ހަނދާން ކުރަންވީ އެހެން މެމްބަރުން ވެސް
ޢަސްލު ކީއްވެބާމ މިބިލައް ވޯޓު ނުދޭން ވީ.ކަލޭ ކިޔާދީބަލަ
ކީއްވެ ވޯޓް ދޭން ޖެހެނީ؟؟؟ ދޭން ނުޖެހެނީ ލާދީނީ މީހުންގެ އަށްޑަނަޔަކަށް ވާން ބޭނުން ނުވާތީ ސާފު ވެއްޖެތަ؟
ލާދީނީ ބިލް ބަލައިގަންނަން ވޯޓު ދިން މެންބަރުންނާމެދު ރައްޔިތުން ފުންކޮށް ވިސްނުމަކީ ގައުމީ ވާޖިބެއް.
މުނާފިގުން ފާޅުވާނެ އެވެ.
ބޮޑުބައިގަނޑު ލާދީނީދޯ؟ މަދުން ނަމަވެސް ހެޔޮވިސްނޭ ބަޔަކުއެބަތިބިތާ
ކުޅުދުއްފުށި މީހުންނަކީ މާ ހިއްވަރުގަދަ ވަތަނީ ބައެކޯ ކިޔާތީ އެހިން
އަލަށްސިޓީއަކަށްވި ކުޅުދުއްފުށީގެ ދެ މެންބަރުންގެ ތެރެއިން އެއްވެސް މެންބަރަކަށް ވޯޓުގައިވެސް ބައިވެރިވާން ނުކެރި ފިލީ ދޯ.
ހަތަރު ކަޑުކޮހުން
މިބައި މީހުން ދީނުގެ ވާހަކަ ދައްކާ ފަތުވާ ދީ މިއުޅެނީ އެކަމުގެ ހުއްދަ ލިބިގެން ތޯ ؟