ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ އެގްރީމެންޓްގައި ސޮއި ކުރުން އަންނަ މަހުގެ 14 ވަނަ ދުވަހު ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ އެގްރީމެންޓް ސޮއި ކުރުމާއި، އެތަންތަނުގެ ގުރުއަތުލުމުގެ ކަންކަން އަންނަ މަހު މެދު ތެރޭގައި ފަށާނެ ކަމަށެވެ.

"އެޗްޑީސީން އަޅުގަނޑުމެންނަށް މައުލޫމާތު ދޭގޮތުގައި، އެގްރީމެންޓް ސޮއި ކުރުން ފެއްޓުމަށް ރާވާފައި ވަނީ 14 ޖުލައި، 14 ޖުލައިން ފެށިގެން ޖުމްލަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުރިހާ ބޭފުޅުންގެ އެގްރީމެންޓްގައި ސޮއި ކުރުމުގެ ކަންކަން ކުރެވޭނެ ކަމަށް". އެޗްޑީސީއާ ހަވާލާދީ މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މިހާރުވެސް ހިޔާ ފްލެޓްތަކުގެ ބައެއް މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ސްޓެލްކޯގެ ފަރާތުން އިލެކްޓްރިކް މީޓަރު ހަރުކުރުމުގެ މަސައްކަތާއި މެއިން ޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެގޮތުން 16 އިމާރާުގެ ތެރެއިން 9 އިމާރާތެއްގެ މެއިން ޕެނަލް މިހާތަނަށް ހަރުކުރެވިފައިވާކަމަށް، އަދި ހަރުކުރަމުންދާ އިލެކްޓިކް މީޓަރުތައް އެޕާޓްމެންޓްގައި ހަރުކުރުން، މާދަން އަނެއްކާވެސް ފެށި 30 ދުވަހުގެ މުއްދަތެއް، އެހެންކަމުން ޖުލައި 16 ހިސާބުގައި ނިންމޭނެ ކަމަށް".

އެޗްޑީސީން މިހާރު ނިންމާފައިވަނީ ހިޔާ ފްލެޓްތަކަށް މަހަކު 7,500ރ ގެ ކުއްޔެއް ނަގާށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނެގުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބާތާ

    މިއީ ހަވާލު ކުރެވޭނެ ފުލެޓްތަކެއްބާ
    ކެއްތެރިކަން ދެއްވާން ދޭވެ

    47
  2. ލލ

    އަންނަ މަހު އަންނަ މަހު އަންނަ މަހު ކިޔާތާ ހަމަސް ވެއްޖެ !

    47
    1
  3. އަހުމަދު

    މި އަންނަ މަހެއް މާދަމައެއް އަންނާނެތޯ ؟ 2019 އިން ފެށިގެން އެމަހެއްގެ ވާހަކަ ދައްކާ އެންމެ އުފާވެރިކަން މަސް އައުމުގެ އުއްމީދު 2023 ގެ ކުރިން އަންނާނެ ކަމަކަށް ހިޔެއް ނުވޭ ؟ އެކަމު ހަޤީގަތަކީ ވޮތްލާ ދުވަހު ދިނަސް އިންސާނުންގެ ހިތެއް ބަދަލު ކުރެވޭނެ ހަމަ އެއްވެސް އިންސާނަކު ނުވާކަން. އޭގެ ބަދަލުގަ ހިތް ހަމަ ނުޖެހުން ދާނީ އިތުރުވަމުން. ބައެއް ސިޔާސީ ބޭފުޅުން ހީފުޅުކުރައްވާ ވޯޓާ ކާރިވީމަ މުޑި ޖެހީމަ ރައްޔިތުންގެ ހިތް އަތުލެވޭނެ ކަމަށް. އެކަމު އެއީ މާޒީ . މިއަދު އެންމެ ކުޑަ ކުއްޖާއަށް ވެސް އެނގޭ ސިޔާސީ ކަންކަން.

    32
    1
  4. ހުދު ހުދު

    މިދެން މިހާރު ބޮޑުކަމަކަށް ވެެއްޖެއެއްނު! ކޮވިޑް އަކާހެދި ގުރުއަތުވެސްނުލެވެނީބާ ހަމަ. ކެބިނެޓް މީޓިން ، އެޗްއޯސީ މީޓިންގް، ބިންގާ އަޅާ ޖަލްސާ އާއި އެއްވެސަލާން ކުރެވޭ...
    ކަންކަމުގައި އިޚްލާސްތެރިކަން ނެތިއްޖެނަމަ އެކަން ފެންނާނެ ދުވަހެއް އަންނާނެ ކަމީ ޝައްކެއް އޮތްކަމެއްނޫން....

    42
  5. ނުހާ

    އިބިލީހުގެ ކައިވެނި....

    35
  6. އެކަމަކުދޯ

    ސޯލިހައްހީވީ ކޮންމެމީހަކައްވެސް ވެރިކަންކުރެވޭނެޔޭ އެކަމަކުދެން ލަދުންބޯހަލާކު!!!

    33
  7. ވަހުލުލް

    އިތުރު އެއްމަސް، ސަރުކާރުން އާރެކޯޑެއް ހަދައި، އަނެއްކާވެސް މަހެއް ބާނައިފި..

  8. ސެންޗޯ

    އޭ ވ ރާއްޖޭގެ އެންމެން ކޮރޯނާ ބަލި މަޑު ކަމުން ސަލާމަތް ކުރަން ނޫންތަ މި މަސައްކަތް ކުރަނީ ކޮންމެ ކަމެއްވެސް ތި ސިޔާސީ ކުރަނީ

  9. Anonymous

    ސޯލިހު ކައޭ މިޤައުމުގެ ވެރިކަމުގެ ގޮޑީގައި އިނުމަކީ ލަދުވެތިކަމުގެ ޙައްދެއްނެތް ކަމެއް.
    ބަހާއި ޢަމަލު ދިމާނުވޭ. ކޮންކަމެއް ތިޔަ ކުރެވުނީ. އެންމެ ފްލެޓް ގަނޑަކަށް ވެސް މީހަކު ވެއްޓދިއްޖެ ތަ. ނުވިތާކަށް އެންމެ ކޮތަރު ކޮއްޓެއްއެޅިއްޖެތަ . ލަދުން ބޯހަލާކު. ކަމެއް ނުވާތާ އަދިވެސް ކުރީ ސަރުކާރޭ ފަޅޮލޭ . ބޭނުމީ . އިސްތިއުފާ. އިބިލީހު ކާވެންޏަށް މަރްޙަބާ

  10. ކިބޫޖަހުލު

    ﷲ އިރާދަ ފުޅުން އަންނަމަސް ނާންނާނެ، އާމީން

  11. ބަބޫ

    ތީ އަތުނުވާވަރަށް ބާރަށް ދުވާ މަހެެއްތަ. އަޅެ މަބުރޫކު ލަދެއްވެސް ނުގަނޭތަ ކޮށްމެ މަހަކު އަރާ އަންނަމަހު އަންނަމަހު ކިޔަން. މިހާރު ކުޑަކުދިންނަށއްވެސް އެގޭ ތިޔަ ހަދަނީ ދޮގުކަން. ތިހާ ދޮގު ނުހަދާ ބުނަންވީނު ނެތޭ އަވަހަށްދެވޭކަށް އެތަނަށް ވަދެފިއްޔާ މާލޭގެ މީހުންން ލިބޭ ކުލީ ލާރިގަނޑު ނުލިބޭނޭ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީތަ

  12. އަންނި

    އަންނަމަސް އަންނާނެބާ؟ ވެރިކަން ފެށުނީއްސުރެ އަންނަ ހަފްތާއާއި އަންނަމަސް ނައިސްގެން މިއުޅެނީ. ދޮގާއި މަކަރުވެރި ބައެއް

  13. ެއިސްމާލު

    މީދެން އަޅެކާކުތަ މީޓަޕެޓެއްތަ މީނާއައް އޮތީ ހުސްދޮގުހެދުންތަ މީ އަޅެލަދެއްވެސް ގަންނަ މީހެއްނޫންތަ...މުސާ ރަ ލިބުނަސް މިވަ ރުބޮޑު މީހެއްވެއްޖއްޔާ އަގެއްވެސް އަގުވެސް ހިފަހައްޓަންވާނެދޯ މީބޯޣަޅި އައްތަ

  14. ާއަހުމަދު

    މަބުރޫކު އަންނަމަސް ކިޔާ މަހެއް އޮވޭތަ

  15. ޅާމަގު އަލިބެ

    ހިޔާ ފުލެޓްތަކުގެ ކޮވިޑް ޓެސްޓް ހެދިންތޯ؟..ސި މެންތީގެ ސުންކުގެ ނަތީޖާ އެގޭތޯ..ޝުކުރިެްޔާ..

    3
    1
  16. ފުލެޓް

    ކުލި ހާދަ ބޮޑޭ! ޢެކަނިވެރިމައިން މިހާބޮޑު ކުއްޔެއްދައްކާނީ ކިހިނެތް؟

  17. ވާނުވާ

    ތިގޮތަށް ލަސްކުރާ ކޮންމެ ދުވަހަކީ ދަރިންގެ ކިޔެވުމަށް އެޅޭ ހުރަހެއް. އިމާދުއްދީން ސްކޫލްގައި 3 ދަރިން އެބަތިބި، މިފެށޭ ދިރާސީ އަހަރަށް އެސްކޫލުގެ ޔުނިފޯމް ބަދަލުވޭ، އަނެއްކޮޅުން ހިޔާ ފްލެޓް ލިބިގެން ހުޅުމާލެއަށް ބަދަލުވާ އިރު އަނެއްކާ 3 ދަރިންނަށް އަލުން ޔުނިފޯމް ފަހަން މިޖެހެނީ، މިކަހަލަ ކަންތަކަށް ވިސްނާފަ ދިރާސީ އާ އަހަރަށް ފްލެޓަށް ދެވޭނެ ގޮތް ހަދަންވެސް ނޭނގުނު. ދެރަ ނިކަމެތިންނަށް އިތުރަށް ތުރާ ޖެއްސުން މިއަށް ކިޔަނީ

  18. ބަތާ

    ސަރުކާރުން ނިންމަން ބޭނުންނަމަ މިހާރު މިކަންނިމެއްޖީސް އަންނައަހަރު ކުދިންކޮޅުގެ ކިޔެވުން

  19. މަގޭބޭ

    ކުލި މާބޮޑައްވެސް ބޮޑު. ތިވަރުގެ ކަމުނުދާ ތަނަކަށް ތިޔަހާބޮޑު ކުއްޔެއް ނަގަން ލަދުގަންނަން ޖެހޭ. ތިހެން ފެލާލުމަކީ އަނިޔާއެއް. އިހުލާސްތެރިކަން ނެތުން.