އައްޑޫ ސިޓީ ހިތަދޫން އިތުރު 15 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު އައްޑޫން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 382 އަށް އަރާފައެވެ.

މިއަދު ފައްސިވި 15 މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުން ފައްސިވި މީހުންނެވެ. އަދި އަނެއް 11 މީހުންނަކީ ފައްސިވި މީހުންނާއި ގާތުން އެއްވާތި މީހުންނެވެ.

އެ ސިޓީން ބަލި ޖެހުނު މީހުންގެ ތެރެއިން 298 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާދެމުންދާ މީހުންގެ ތެރެއިން 77 ތިބީ ހިތަދޫގައެވެ. އަދި ފޭދޫގައި އެކަކާއި، މަރަދޫގައި ދެ މީހަކާއި، ހުޅުމީދޫގައި ދެ މީހަކު ބަލި ޖެހިފައި އެބަތިއްބެވެ.

އެ ސިޓީން ބަލި ޖެހުނު މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.

އައްޑޫން ކޮވިޑް ޖެހުނު ދެ މީހަކު ވަނީ އެ ބަލީީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު