އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަށް ޚިޔާލު ހުށަހަޅަން އާންމުންނަށް ހުޅުވާލާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

މި ގޮތުން އަންގާރަ ދުވަހުގެ ރޭ 12:00 ގެ ކުރިން، ބިލު ދިރާސާ ކުރާ ކޮމިޓީގެ މެއިލް އެޑްރެސްއަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހަޅަން އެދިފައިވެއެވެ. ކޮމެޓީގެ އީމެއިލް އެޑްރެހަކީ [email protected]jlis.gov.mv އެވެ.

އެ ބިލާއި ގުޅިގެން އޭގައި ލާދީނިއްޔަތު ފެތުރުމުގެ ޖާގަ އޮތް ކަމުގައި ދެކި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ ބިލަށް އަމާޒުވެފައެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް ބިލާއި ދެކޮޅު ކަން ވަނީ ހާމަކޮށްފައެވެ. އިސްލާމިކް މިނިސްޓްރީގެ ފަތުވާ ކޮމިޓީން ވެސް ވަނީ ބިލުގައި ދީނާ ފުށު އަރާ ކަންކަން ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލާ ދެކޮޅެވެ. ހަތަރު މެންބަރަކު ވަނީ ބިލު ބަލައިގަތުމާ ދެކޮޅަށް ވެސް ވޯޓު ދެއްވައިފައެވެ.

ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ސަރުކާރުން ވަނީ ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލްކޮށް ބަޔާން ކުރާ ބިލެއް ވެސް ހުށަހަޅައިފައެވެ. އެ ބިލު ހުށަހެޅުއްވީ ވެސް ހިސާނެވެ. ބިލުގެ ފުރަތަމަ ކިއުން ވަނީ މިިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި އިއްވައިފައެވެ.

އަމާޒުވެފައިވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވީ ބިލު އޮތީ އިސްލާމީ ޝަރީއަތަށް ކަމަށެވެ. އެކަމަކު ހަގީގަތް ބަޔަކު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވެއެވެ. އެކަމަކު ބިލުގެ ހަމައެކަނި މަގްސަދަކީ ނަފްރަތު އާންމުކޮށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުން ކަމަށް އޭނާ ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސސ

    އިސްލާމް ދީނުގެ ހުކުމްފުޅު ތަކަކީ މަގުމަތިން ހޯދާ އެއ އްޗެ އްތޯ؟

    22
  2. ސައްލި

    ޢިސްލާ ދީނުގެ ހުކުމްފުޅު އެއީ މަގުމަތިން ހޯދާ އެއްޗެއްތޯ ؟ ޢިންތި ބޮޑު ފަޑިޔާރަކަށް ހެދިގެން ހުރެ ދިވެހިން މަގުފުރައްދަނީ !

    21
  3. ޖަޒީރާ ވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ދިވެހި ރައްޔިތުންގެ އަނގަމަތީ މަލަން އަޅަން އުޅޭ ވަގު ސަރުކާރުގެ މިބައިން ސަލާމަތް ކުރައްވާށި.

    21
  4. އުގުރި

    ތިޔައީ ލާދީނީ ކަންކަމަށް އާންމުކޮށް ހުޅުވާލައިގެން ވެސް ބަހުސް ކަރާ ވަރުގެ ކަމެއްނޫ. ތިޔައީ ހަމަ ލާދީނީ ކަންކަމަށް ވަކާލާތު ކުރަން ތަޅާހާ އަގަ

    20
  5. ތަބުރޫކު

    މާތްކަލާކޯ މިޤައުމު މިހާރު މިއޮތީ ތަންމިނަށް އަނގަހުޅުވައިގެންއޮތް ކިނބުލެއްގެ އަނގައިގެ އެތެރޭގައި ވީމާ އެ އަނގަ ލައްޕާލުމުގެ ކުރިން އެބަޖެހޭ މިޤައުމު ސަލާމަތްކުރާން
    މިއީވެސް ވަރަށްވާހަކަ

    19
  6. ޢަޖައިބު

    އަޖައިބެއް. ދީނީ ޢިލްމުވެރިންނާއި ފަތުވާދޭ މަޖްލީހުން ބުނަނީ ދީނާ ފުށުއަރާ ބިލެކޭ. އެއާ ދެކޮޅަށް ހިސާނު މިބުނަނީ ދީނާ ޚިލާފު ބިލެއް ނޫނޭ. ހިސާން ދީން ކިޔެވީ ކޮންތާކުންބާ؟؟

    18
    • ޜަނާ

      މިހާރު ކޯޓުތަކުގައިވެސް ގިނައިން ތިބީ މިފާޑުގެ މީހުން . އިސްލާމީ ގައުމެއްގަ އިސްލާމްދީނާ އެއްގޮތަށް ޝަރީއަތް ކުރަންއިސްލާމީޝަރީޢަތްނުދަންނަ ގާނޫނު ކިޔަވައިގެންތިބިމީހުން . ކީއްކުރާނީ. އޭރުންތާ އަވަހަށްމީހުން މަގުފުރައްދާލެވޭނީ. ހިސާނު މިްުޅޭގޮތަށް

  7. ޖާބެ

    ކަލޭމެންގެ އަމިއްލަ އަޤީދާ ނެތްކަން މިކަމުން ފެނިގެންދަނީ ..
    މިއީ ލިޓްމަސް ޓެސްޓެއް މަޤަޢުމުގަ ސެކިޔުލަރ ތާއީދު އޮތްވަރުބަލަން ކުރާކަމެއް ...
    މިކަމުގަ މިބިލްގެ ސަބަބުން ތިޔަ ބުނާ ފްރީޑަމް އޮފް ސްޕީޗް ގެއްލިގެންދާނެކަން ޔަގީން މިހާރު ޑިމޮކްރަސީ ބަދަލްވެ ޙުދްމުޙްތާރް ވެރިކަމެއް މިކުރަނީ

  8. އަހުމަދު

    ނޭނގޭ ކަމަށްވާނަމަ އަލްމުވެރަންނާ ސުވާލުކުރުން އަންގަވާފައިވަނީ. އާންމުންގެ ނިޔަލަށް އެދޭކައްނޫން