އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް އެ ކޮމިޝަންގެ ތަރުޖަމާނަކަށް ދާދި ފަހުން އައްޔަން ކުރެއްވި މެމްބަރު ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެއެވެ.
އީސީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް މި މަހުގެ 15 ވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު އޮތީ ހުހަށެވެ.
ގާނޫނުގައި ބުނާ ގޮތުން އީސީގެ މެންބަރަކުގެ މަގާމު ހުސްވާތާ 60 ދުވަސް ތެރޭގައި މެންބަރަކު އައްޔަން ކުރަން ޖެހެއެވެ. އެކަމަކު އަދި މިހާތަނަށް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެއް ނުވެއެވެ.
ފުއާދު "ވަގުތު" އަށް ވިދާޅުވީ، މެންބަރުންގެ ތާއީދާއެކު ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ.
ފުއާދު ވިދާޅުވީ، އެ ޝައުގުވެރިކަން ފާޅުކުރެއްވީ ކޮމިޝަންގެ ބައެއް މުވައްޒަފުންގެ އިތުރުން އާއްމު ރައްޔިތުންގެ ވެސް އެދުމުގެ މަތިން ކަމަށެވެ. އެކަމުގައި ގޮތެއް ނިންމާނީ ކޮމިޝަނުން ކަމަަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ތާއިދު އެބައޮތް" ފުއާދު ވިދާޅުވިއެވެ.
މީގެ ކުރިންވެސް އީސީގެ ރައީސްކަން ކުރައްވާފައިވާ ފުއާދު ވިދާޅުވީ ކުރިން ލިބިފައިވާ ތަޖުރިބާއާ އެކު މިއީ މިއީ ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވުމަށް އެންމެ ރަނގަޅު ދަނޑިވަޅު ކަމަށެވެ.
ޝަރީފް އިސްތިއުފާ ދެއްވުމާއެކު މި ވަގުތު ކޮމިޝަން ގައި ތިއްބެވީ ފުއާދު ހިމެނިވަޑައިގަންނަވާ ގޮތަށް ހަތަރު މެންބަރުންނެވެ.
އެ މެންބަރުންނަކީ އިސްމާއިލް ހަބީބް އަބްދުއްރަހީމް، އަލި ނާޝަތުގެ އިތުރުން ޑރ. މުހައްމަދު ޒާހިރެވެ. ކޮމިޝަން ހިންގެވުމާ ވަގުތީ ގޮތުން ހިންގުވެމާއި ހަވާލުވެވަޑައިގެން ހުންނެވީ ހަބީބްއެވެ.
މި ފަހުން އީސީގެ މެންބަރުކަމަށް ފުއާދު އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 24 ވަނަ ދުވަހުއެވެ. ފުއާދަކީ 2008 އިން 2009 އަށް އީސީގެ މެންބަރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ފުއާދު ހުންނެވީ އެކޮމިޝަނުގެ ރައީސްގެ މަގާމުގައެވެ.
ފުއާދުއަށްވެސް ލިބޭފައިސާގައި ރަހަ ލާފަ ހުރީމަ ، އަދިވެސް ހަމަ އިލެކްޝަން ދާ ހިތްވަނީ
ތިޔަ ފޯޑު އަކީ 2008ގަ ރައީސް މައުމޫނުއާއި އަންނީނަޝީދުއާއި ރައީސުކަމަށް ކުރިމަތިލީފަހަރު ރިޝްވަތުޙިފައި ވޯޓަށް މަކަރުހަދާފައި އެމްޑީޕީއަށް އަންނީއަށް ރައީސްކަން ކާމިޔާބު ކޮށްދިން ކަލޭގެ ވީމަ އަނެއްކާވެސް މިސަރުކާރުން ތީނަ ތިކޮމިޝަނުން މަގާމުދިނީ މިއަންނަ ދައުރުގަވެސް މަކަރު ހަދުވާފަ ރައީސުގޮނޑި ކާމިޔާބުކުރަން، ޢީސީ ކޮރަޕްޓް ޝަރީފޫގެ ދެވަނައެއްނެތް ޢައްދާރު ފުވާދު.
ދިވެހި ރައްޔިތުން އަދިވެސް މަޑުން އެއްޗެއް ނުބުނެ. 2013 ގައި އިލެކްސަނަށް އިހުމާލުވި ކަމަށް ސުޕުރީމު ކޯޓުން ހުކުމެއް ކޮށްފައި ހުރި މީހެއް. އަނެއްކާ އިލެކްސަންގެ ރައީސް ކަމަށް؟؟؟؟؟؟ ލޮލް
ޙާބީބުއަކީ މައުމޫނުގެ މީހެއް އަދި ޔާމީނުގެވެސް މީހެއް އެކަން އެމް.ޑީ.ޕީ ވިސްނަންވާނެ
ދިވެހިރާއްޖޭގެ ފުރަތަމަ ވޯޓް ވަގު މިއީ ސާވިތުވި ވައްކަމެއް އެވައްކަން ސާބިތުވެ އެފަހަރުގެ ވޯޓް ބާތިލުވެސް ކުރެވުނު މިހާރު އަނެއްކާވެސް އެކަން ތަކުރާރުވާނެ އެއް ފުޅަށްމަތިން ފުންމާލި ބަކަރި ހާސް ފުޅަށްމަތިން ފުންމާނެ ނުފުމެއްޏާ އެނުވާނެ ބަކައްޓަކަށް