އިތުބާރު ނެތްކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ފާސް ކުރިޔަސް އިސްތިއުފާ ނުދެއްވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުގައި މިމަހު 18 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ތިން މެންބަރުން ފުއާދުއާ ދެކޮޅަށް ވޯޓުދީފައިވާތީ އޭނަގެ އިތުބާރު ނެތްކަމަށް ވަނީ ފާސް ވެފައެވެ.

ފުއާދުގެ އިތުބާރު ނެތް މައްސަލަ ނެގި ބައްދަލުވުމުގައި ހަތަރު މެންބަރަކު ބައިވެރިވެވަޑައިގެންނެވިއިރު، ރިޔާސަތު ބެލެހެއްޓެވީ އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބެވެ.

ބާކީ ތިން މެންބަރުންގެ އިއްތިފާގުން ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކުރީއެވެ. ފުއާދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފެވެ.

މިކަމާއި ގުޅިގެން ފުއާދު "ވަގުތު"އަށް ވިދާޅުވީ، ކޮމިޝަންގެ ތިން މެންބަރަކު އެ ނިންމެވި ނިންމުމަކީ ގާނޫނީ ބުރުދަނެއް ނެތް ކަމެއް ކަމަށާއި، ކޮމިޝަންގެ މެންބަރުން އެގޮތަށް ނިންމިޔަސް އެކަމަށް އަމަލު ކުރާކަށް ނުޖެހޭނެ ކަމަށެވެ.

"އިސްތިއުފާ ދޭން ވެސް ނުޖެހޭނެ، ރިޔާސީ އިންތިހާބު މިހާ ވެފައި އޮއްވާ ރައީސް އިސްތިއުފާ ދިނުމުން ލިބޭނީ ބޮޑު ގެއްލުމެއް، އެހެންވީމަ ހުންނާނީ މިގޮތުގައި". ފުއާދު ވިދާޅުވިއެވެ.

ޤާނޫނުގައި ބުނާގޮތުން އީސީގެ އެއްވެސް މެންބަރަކު ވަކިކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރިޔަސް އޭނާ ވަކި ނުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަންޑިކުޑަ

    ސާބަހޭ މަނިކުފާނޫ! އެހެން ބިރު ދެއްކިއަސް ރައްޔިތުން އެކަމެއް ބަލައެއް ނުގަނޭ. ހާސްނުވޭ! ހާސްކަނޑާލާ! ނުވާނެ. ނުވާނެ. ނުވާނެ. ބޭރެއް ނުވާނެ. ވ ވެދުން.

    6
    2
  2. ހައްދުންމަތި

    އަންނި ގުރޫޕު މީހެއް ދޯ..

    ނަމުން ޑިމޮކްރަސީ.. ކަމުން ޑިކްޓޭޓަރުން..

    ހުސް އެއްކަހަލަ ނުބައި މީހުން މިތިބެނީ މަތީ ފަންތީގަ.. ގައުމުވާހަލާކު!

    4
    4
  3. އިބުރާހީމު

    ފުއާދުއަށް ސެލިއުޓް ކުރަން. ނުވިކޭނެ މެންބަރު ވަކި ކުރަން ސަރުކާރުން އަތް ބާނާހެން ހީވަނީ. އޭސީސީއިން އަޅެ އިންވެސްޓިގޭޓެއް ކޮއްލަބަލަ އިސީގެ މެންބަރުންނަށް ނަހަމަ ގޮތުގައި ސައި ހަދިޔާ ލިބުނުތޯ. 2018ގައި ހުރި ޝަރީފު ހުރީ އިންޑިއާ އިން ގަނެފައި ކަމަށް ވަރަށް އަޑުތައް ގަދަވި. އެކަމަކު ފުއާދު އަކީ ވަރަށް މިނިވަން އަދި އިތުބާރު ކުރެވޭ މީހެއް.

    6
    2
  4. ސަނާ

    ފުއާދު ތިހެން ކިޔަކިޔާފަ އިންތިޚާބު ވިއްކައިނުލައްޗޭ!

  5. ސަރަގު

    ކަލޭ ނުބުންޏަސް ތިކަން އިނގޭ. ކަލެއަކީ މަޤާމާހުރެ ހޭކުޑާވެފަހުންނަ މީހެއްކަން އެނގޭ. ކަންފަތުގަ ހިފާ ހޫރާނުލަނީސް ގެއަށް ކަނޑާލަން ނަޞޭހަތްތެރިވަން. ކަލޭގެ ގަޑި ޖެހިއްޖެ

  6. އިއްބެ

    "ޕީޕީއެމް ވާދަނުކުރާނަމަ އިންތިޚާބު އިންޞާފްވެރިއެއްނުވާނެ" " އެއްވެސް ބޭރުފަރާތަކަށް އިންތިޚާބަށް ބާރެއް ނުފޯރުވޭނެ" މިހެން ބުނުން ފުއާދުގެ ކުށަކީ

  7. ހޮއްހޮއްދާދީ

    ނުކެރޭނެ އިސްތިއުފާދޭކަށް. ގޭން ހަޓުކާ އަންނާނެތީ. އަހަރެންނަމަ އަހަރެންގެ އިއްޒަތުންނަފުސާ އަބުރާ އިސްކޮށްފަ ވަގުތުން އިސްތިއުފާ ދޭނަން. ދުނިޔޭގެތަހުޒީބު ގައުމެއްގަ ނަމަވެސް ތިހުރި މަގާމުން އިސްތިއުފާ ދޭނެ.

  8. އާދަނު ( މަޑުއްވަރީ )

    2018ގެ ވޯޓުއޮޅުވައިލި "ވޯޓުވަގު" ޝަރީފް ތިތަނަށް ވައްދާނޭގޮތެއް އެ ރާވަނީ!

  9. ޙޮބޭ

    ފުއާދުމެންފަދަ ބޭފުޅުން މާބޮޑަށް އަނގަތަޅުވާ ތިމާމެން ނުދައްކަންވި ވާހަކަދައްކާނަމަ އަވަހަށް އިސްތިޢުފާދެއްވާ!