ރާއްޖޭގައި އެމްބިއުލާންސްއަށް ހާއްސަ ވަކި މުވައްސަސާއެއް އޮންނަން ޖެހޭކަމަށާއި، އެކަމަށް ހާއްސަ މުވައްސަސާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އެމްބިއުލާންސަށް ހާއްސަ ވަކި މުވައްސަސާއެއް އޮންނަން ޖެހޭ ކަމަށާއި، ހެލްތް މިނިސްޓްރީން އެކަނި މިކަން ނުކުރެވޭނެ ކަމަށެވެ.

މިނިސްޓަރ ނަސީމް ވިދާޅުވިގޮތުގައި، މިހާރު އެފަދަ މުވައްސަސާއެއް އުފެއްދުމުގެ މަސައްކަތްތައް ވަނީ ފަށާފައެެވެ.

"އެ ހިސާބުން އަޅުގަނޑުމެންނަށް މިކަންތައްތައް ވަކި މުވައްސަސާއަކާއި ހަވާލުކުރެވިގެން ކުރިއަށް ގެންދެވޭނީ، މިއަދުވެސް އަޅުގަނޑު މި އައީ ފިނޭންސް މިނިސްޓްރީއާ އެ ވާހަކަތައް ދައްކާފައި". މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، އެ މުވައްސަސާ އުފައްދަން ޖެހޭކަމާއި، އެކަމުގެ ބޭނުމާއި ހުރިހާ ކަންތައްތަކާއި ބެހޭ ގޮތުން ފިނޭންސް މިނިސްޓަރާއި ވާހަކަދެކެވިފައިވާނެ ކަމަށެވެ.

"ފިނޭންސް މިނިސްޓަރުވެސް އަޅުގަނޑާއި މުޅިން އެއްބަސްވެ ވަޑައިގެންނެވި އެކަން ކުރަން ޖެހޭ ކަމަށް، އެހެންވީމަ އެކަމާއި ދޭތެރޭ އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ".

މިނިސްޓަރުގެ ވާހަކައިން ފާހަގަކުރެވުނުގޮތުގައި، އެއީ ހެލްތް މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ނޫނެވެ. އެކަމަށް ވަކި ހާއްސަ ޔުނިޓެއް އިންނަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އަދި އެއީ ވަކި ޔުނިޓަކަށްވެސް ވާން ޖެހޭ ކަމަށް މިނިސްޓަރ ފާހަގަކުރައްވައެވެ.

"އެއީ ވިޔަފާރި ކުންފުންޏެއް ނޫން، އެހެން ނަމަވެސް ހިދުމަތް އަދާ ކުރާ އެންޓިޓީއަކަށް ވާނެ، އެގޮތަށް މަސައްކަތް ކުރާނީ، އެކަން ތަންފީޒު ކުރަމުން މިދަނީ އެނގޭތޯ". ނަސީމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެމްބިއުލާންސް ދިނުމަށް މިހާރު ވަނީ އިމާޖެންސީ މެޑިކަލް ސަރވިސްއެއް ތައާރަފްކޮށްފައެވެ. އެ ހިދުމަތް ހޯދުމަށް ގުޅަން ޖެހޭ ނަމްބަރަކީ 100 އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބަކުރު

    ކޮންމެ މުއަށްސަސާއެއް އުފެއްދިޔަސް ކަލޭމެންނަކަށް މިސަރުކާރަކަށް ތިކަމެއްނުވާނެ ކުރިޔަސް ކުރެވޭނީ ކަރަޕުސަނާއި ލައިގެން ދެންްފަޅާއަރާއިރަށް މުއަށްސަސާރޫޅިދާނެ...

    20
    1
  2. ޓ

    މިގައުމު ދުށް އެންމެ ކަރަޕްޓް މީހާ ...ކަލެއަށް ޒިންމާ ނުއުފުލުނީ ނޫންތޯ...

    24
    1
  3. އިބްރާ

    އެމްބިއުލާންސަށް ޚާއްސަ މުވައްސަސާއެއް. ވެންޓިލޭޓަރަށް އޮތީ ކޮންތަނެއްތޯ؟ ރޭޕް ކޭސްތަކަށް ޚާއްސަ ކޮމިޓީއެއް ނެތްތޯ؟

    24
    1
  4. Anonymous

    މީ އަޅެ ބަލާވެރިކަމެއް ނޫން.

    24
    2
  5. ......

    ހިނި އަންނަނީ މި މީހުން މި ކުޅޭ ކުޅިން....ހާއްސަ މުއައްސަސާއެއް ނެތިގެންތަ މައްސަލަތައް އުފަންވެގެން މި އަންނަނީ...މި ކަމުންވެސް އެ ބަލަނީ ލީގަލީ މަން...އެކަމަކު މިހާރު ގިނަ ދިވެހިންނަަށް އެނގޭ މި މީހުން ގެ މަކަރާއި ހީލަތް

    16
  6. ގައުމީދޫ

    އެމްބިއުލެންސަށް ވަކި މުވައްސަސާއެއް، އެމްބިއުލެންސް ޑްރައިވަރުންނަށް ވަކި މުވައްސަސާއެއް އުފައްދަވާ. އަދި އެމްބިއުލެންސްއަށް ގުޅީމާ ފޯނު ނަގާނެ އޮޕަރޭޓަރުންގެ މުވައްސަސާއެއް އުފައްދަވާ. އޭރުން އެމްބިއުލެންސްގެ ޚިދުމަތް ފުރިހަމަވާނީ.

    17
  7. Anonymous

    ކަލޭމެންނަށް ތިއޮތީ ރަނގަޅަށްވެސް ގައުމު ހިންގިފަ

    17
  8. Anonymous

    ތިޔަ އުފައްދާ މުވައްސަސާއަށް އަވަހަށް ކޮންމެވެސް ސިޔާސީ މީހެއްގެ އައުވާނެއް ލާ. އޭރުން ވަރަށް ރަނގަޅަށް ތިޔަ މުވައްސަސާ ހިނގާނެ.

    16
  9. ސިމް

    މިނިސްޓުރީ އޮފް އެންބިއުލަންސް.

  10. ޢިތުރު މަގާމުތަކެއް

    ކުއްޖަކުމަރުވީމަވެސް އޭގެ މާއްދީ ފައިދާ
    ދެން ދުވަސް ކޮލަކުން މުއައްސަސާތައް ގިނަވެގެން’ ވާނުވާނޭގީ އެމްބިއުލަންސްއާއި އަލާލާނެ މީހަކުނުވާނެ.

  11. ސެންޗޯ

    މިސަރުކާރަށް ނުވިކަމެއް ކުރެވޭނެ ސަރުކާރެއް ދެން ﷲއިރާދަކުރެއްވީޔާ ދެންވުޖޫ ދަކަށް ނައަން ނާނެ

  12. އެމްބިއުލެންސް

    ތިޔަ އިދާރާއަށް ކިޔަން ރަނަގަޅު ނަމަކީ، މިނިސްޓްރީ އޮފް އަންޑަރ ގްރައުންޑް ބީޗް އެމްބިއުލެންސް، އޮއިލް ސްޕްރޭ ވެޕަންސް. ދިވެހިބަހުން ކިޔާނީ ގޮނޑުދޮށްތަކުގެ އަޑީގައި އެމްބިއުލެންސް، ތެޔޮލީ ހަތިޔާރާބެހޭ ވުޒާރާ

  13. ބޮލި މުލައް

    މިނިސްޓަރ އޮފް އެމްބިއުލާންސް ކިޔާފަ މީހަކުލާ

  14. ޖުހާ

    އެންބިއުލާންސައް މުއައްސަސާއެއް ފޯނައް މުއައްސަސާއެއް ހޮސްޕިޓަލު އެނދުތަކައް މުއައްސަސާއެއް ދެން ނެތެއްނުން ހަދާފަ ނަހަދާނެ މުއައްސަސާއެއް... މިއައްކިޔަނީ ފެއިލުވުމޭ... އިސްތިއުފާދީފަ ގެއައްދާންވީނުން ދެން..

  15. މަޔާހޮކޭ

    ޑިޕާޓުމަންޓު އޮފް ކެރަފާ އެންބިއުލާންސް ސާރވިސް