ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ފިިރިހެން ކުއްޖަކު ރަހީނުކޮށް މަރާލަަައިފިއެވެ.
ރަހީނުކުރި އެ ކުއްޖާ ގެއްލިގެން ހޯދަން ފެށީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބަޔަކު 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ މައްސަލައެއް 20 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން، އެ ކުއްޖާ މަރާލާފައި އޮއްވާ ރޭ މެންދަމު 2:30 ހާއިރު ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. ދެ މީހުންނަކީ ވެސް ދިވެހިންނެވެ.
We have arrested 2 suspects aged 17 and 23 from Male' city last night in connection to the abduction and murder of a local 13yo boy.
The heinous crime is being investigated with utmost diligence.
— Maldives Police (@PoliceMv) June 22, 2021
އެ މީހުން ހައްޔަރުކޮށްފަައި ވަނީ މާލެ ސަރަހައްދުންނެވެ.
އެނގިފައިވާ ގޮތުގައި މަރުވި ކުއްޖާ ފެނިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ސަރަހައްދު ކައިރީ މޫދުންނެވެ. އެ ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.
ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން. މަރުޙޫމުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ޢާއިލާ އަށް ކެތްތެރިކަން މިންވަރުކުރަށްވާށި. އާމީން.
މި ފެންވަރަށް ކަންކަން ދިއުމަކީ ވަރަށް ވެސް ހިތާމަހުރި ކަމެއް.
މިކުއްޖާ ގެއްލުނު ގޮތައް އާމު ރައްޔިތުން ގެ އެހީ ނުހޯދީ ކީވެ. ؟
އާންމު ރައްޔިތުން ކުރިމަތީ ރޯމާ ދަވާލު މީހުން އަތުން ފޭރޭ އިރުވެސް ފެންނަ މީހުން ތިބެނީ ކުޅިބަލަން ނޫނީ ވީޑިއޯ ކުރަން.
ޢެހެންތާވާނީ، ކުއްކުރާމީހާ އާއި ކުއްވެރިންގެ ހައްގު ގިނަވެ ބޮޑުވީމާ. ޢެއްޗެކޭބުނާއިރަށް މަރުގެ އިންޒާރުދޭނީ.
ސޯލިހު އިސްތިގުފާ
ޥަގުންގެ މިތިބެނީ ވެރިކާމާ ހެދި މޮޔަވެފަތާ.
ހަމަ ލާދީނީ މީހުން
ދަ އަވަހޭ ހަނދާން ނެތުނުލެއް!! ޔާނު ސަރުކާރުގަ ވަޅިހަރާ މަގުމައްޗަށް މަރާލި 18 ޒުވާނުންނާއި އެޗްއައިވީ ލޭ ގަސްތުގައަޅާ މަރާލި ދެމަފިރިންނާ ވިއްސަން އުޅެފަ ބޯބުރިކޮށްލާ މަރާލި ކުޑަ ކުއްޖާގެ މަތިން އަހަރެމެން ހަނދާން އެބަހުރި ބަޔަކު އެއީ ނުވާކަމަކަށް ހެދިޔަސް.. މިހާރު ނިސްބަތުން މަދު އޭރަށްވުރެއް.. ބުނަން މިއުޅެނީ މިއީ ވަކި ސަރުކާރެއް އޮވެގެން ވާކަމެއް ނޫނޭ ޤައުމީ މައްސަލައެއް..
ޙުރި ހިތާމަ އެއއ އްގެ ބޮޑު ކަމާ އެވެ. މަރަށް މަރު! މިގަ އުމެ އްއް ވާ ނެތް. މި ކުޑަ ކުޑަ މުޖުތަމަ އު އިން މިފެންނަމުންދާ މަންޒަރުތަކާ އި އިވެމުންދާ އަޑުތަކަކީ، މި މުޖުތަމަ އު ފަސާދަ އިގެ ހާ އްޔަކަށް ވެ ހަލާކުގެތެރެ އަށް ވެ އްޓިފަ އިވާ ކަމުގެ ފުރިހަމަ ދަލީލުތަށް. ދުނިޔޭގެ އެންމެ ނުރަ އްކާތެރި ގަ އުމުތަކާ އި އަޅާ ބަލާ އިރު މި އީ އެތަންތަނުގެ ކުޑަ ކުޑަ، އެންމެ ވިލެޖެ އްގަ އި ދިރި އުޅޭ މީހުންގެ އާބާދީ އޮތް ގަ އުމެ އް. ނަފްސީ ނަފްސީ އެންމެންވެސް.
ކޮއިފުޅާ ހެޔޮއެއްޗެއް ތިބުނީ
މިޤައުމުގެ ކަންކަން އިސްލާހު ވާނީ ފުލުހުންނަށް ފުރިހަމަ ބާރާއި އިޙްތިޔާރު ދީގެން.... މިޤައުމުގައި ނޫނީ ބޮޑެތި މައްސަލަތަކާއި މަސްތުވާ ތަކެތީގެ މައްސަލަތަކާއި މަރުގެ މައްސަލަ ތަކުގައި ބާރުގެ ބޭނުންކޮށް ޓޯޗާ ކުރުމުގެ ބާރު ދީފައި އޮށްނަނީ....އެކަމަކު މިޤައުމުގައި ޖެހެނީ އެފަދަ ކުއްވެރިންނަށްވެސް ބުއްފުޅިދީގެން އެސީ ކޮޓަރީގައި ގަޑިން ގަޑިޔައް ބިރިޔާނީ ދީގެން ގެންގުޅެއް...މިޤައުމުގެ ޢާއްމު ރައްޔިތުން ނަށްވުރެ ކުއްވެރިން ޖަލުގަައިވެސް އުލޭނީ މާ މީރުކޮށް ކައިގެން އަރާމުގައި
ފުލުހުންގެ އިދާރާއަކީ މިގައުމުގައި ފެއިލްވެފައި އޮތް އިދާރާއެއް. ކޮރަޕްޝަނާއި ފަސާދަ ނެތް ތަނެކޭ ބުނެވެން ނެތް. މައްސަލައެއް ބަލާފައި ޝަރީޢަތަށް ދާއިރު ޗެއިން އޮފް ކަސްޓަޑީ ނުވަތަ ހެކި ހޯދާފައި އޮންނާނީ ނުބައިކޮށް. މީ ނޭނގިގެން ކުރެވޭ ކަންކަމެއް ނޫން. މައްސަލަ ހައްލުވާނީ މިލިޓްރީ ބަޔަކާ ތިކަން ހަވާލުކޮށްފައި މިލިޓްރީ ކޯޓެއް ހަދާފައި ޝަރީޢަތް ކުރަން ފެށުމުން. މިކަހަލަ މައްސަލަތަކަށް މިލިޓްރީން ކަނޑައަޅާ ވަކީލަކު ފިޔަވައި އެހެން މީހަކަށްވެސް ވަދެވިގެން ނުވާނެ. އެ ދަރަޖައަށް ހަރުކަށިކޮށްގެން ނޫނީ ހައްލެއް ނުވާނެ.
ބޭޗާރާ: ވަރަށް ވެސް ރަނގަޅު ވާހަކަ އެއް..
މިހާރުން މިހާރު ފުލުހުންނަށް ފުރިހަމަ އިހުތިޔާރާ ބާރު ދީގެން ގޭންގު ތައް ވުޖޫދުން ނައްތާލުމަށް ގޮވާލަން
ގޭންގްތަކުގައި ތިބީ ފުލުހުން ކަމަށް ވާ ނަމަ ދެން ކިހިނެއްތޯ ހަދާނީ
އިސްލާމީ ފޯރސްއެއް އަލަށް އުފައްދަންވީ ( މުޅިން އަލަށް ކުދިން ހޮވައިގެން ތަމްރީން ކުރުވައިގެން މިހާރު މިތިބަ ބަސްތާތަކުން " ފީ ހޮވާފަ އިތުރަށް ނަގާނެ އެއްޗެއް ނޯންނާނެ ކަމަށް ދެކިގެން "ފުރިހަމައަށް ބާރު ދީގެން ރޯޔަލްސްގެ ފޯންކޯލްސް ތަކުން ސަލާމަތް ވެވޭހައި އާރާއި ބާރުދީގެން ﷲ ތަޢާލާއާއި ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަަމް ދެކެ ޚާލިޞް ލޯބިވާ ބަޔަކު ނެރެގެން !
ހުރިހާ ފުލުހުންނާއި ސިފައިން ނިކުމެ މި ޤައުމުގައި ތިބި ގޭންގުތަކުގެ ވަސްފިލުވާލުމަށް ގޮވާލަން ސަރުކާރުން ބާރު ނުދީފިއްޔާ ސަރުކާރަށްވެސް ބަލާނެ ކަމެއް ނެތް
މީ ކޮންގަައުމެއްގަ ހިނގި ކަމެއްބާ؟
ތީ މިގައުމުގައި ގޭންގުތަކުން ހިންގާ މަރުތަކުގެ ކުޑަވަރެއް ފެންނަނީ ނުވަތަ އެގެނީ މަދުފަހަރަކު...މުޅިންވެސް ބުނާނީ އޯވަ ޑޯޒުވެގެންނޭ އެކަމަކު އެގޮތައް މަރުވާ ކޮށްމެ މީހަކާއި ގޭންގުތަކާއި ގުޅުން އޮވޭ
މީ ކޮންގައުމެއްގަ ހިނގި ކަމެއްާ؟
ޔޫ އެސް ގެ ހުޅުމާލެ ސެކަންޑް ފޭސް
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ވަރައް ހިތާމަވެރި ހަބަރެއް. މިއީ ހައްތަހާ ވެސް ދީނައް ތަރުބިއްޔަތުން ނެތުމުން ވާ ގޮތް. ދީން ދަސްކުރަން ބޭނުން މީހަކު އަމިއްލަޔަށް އެކަން ކުރަން ޖެހުމުން އެއްބަޔަކު ލާދީނީވެ އަނެއް ބަޔަކު ދީނީގޮތުން ހަރުކަޝިވަނީ
މިވަރު ކަމެއް ހިގީއިރު ކޮބާ އެންމެން؟
އަންހެން ކުއްޖެއް ނޫންވީމަތޯޗެ އެހާވަރަށް ހޯދަންނޫޅެ އެތިބީ.
އަންހެން ކުއްޖެއްނަމަ ނުފެނި ދެގަޑިއިރުވާއިރަށް މީޑިއާގަ ފޮޓޯ އާންމުކޮށް އެކުއްޖާ ލަދުގަންނަވާލާނެ.
އެންމެން މިތިބީ ގޭގަ ބަންދު ގަ!
ލޮކްދައުންގަ ފުލުހުންނާ ސިފައިން އަވަދި ނެތި ރައްޔަތުން ޖޫރިމަނާ ކުރުމުގަ. މިސަރުކާރު ހިންގަން ލައިސާ ހޯދުމުގަ. ކީއްކުރާނީ މީ މި ޤައުމުހެ މިއަދުގެ ހަޤީޤަތް.
ޓޯޓެލީ އެގްރީ
ޒިންމާ އުފުލަންޖެހޭނީ ރައީސް ޔާމީނުތަ. ނޫނީ އަހަރެންތަ. ނޫނީ ކަލޭތަ. މިހާރު މިތިބި ލާދީނީ ބިލް ފާސްކުރަން އުޅޭ މީހުން ކުރިން ކިޔައިއުޅުނީ މީހަކު މަރައިފިއްޔާ ޒިންމާވާންވާނީ ގައުމު ރައީސްކަމަށް. ޒިންމާވާންޖެހޭނީ ރައްޔިތުންގެ މަޖިލީހުން. މަޖިލީހުން ލޮލެއް ބޮލެއް އަތެއް ފަޔެއް ނެތް ލާދީނީ ގާނޫނު ހަދައިގެން މިހުރިހާ ދުއްތުރާލެއް މި ގައުމަށް މިޖެހެނީ.
އެ މްޑީޕީގެޑުރާ މާސަރުކާރުން ކުޅޭ ޑުރާ މާގެ އާ އެޕިސޯޑެއް. މުޅިންއަލަށް ތައާރަފުވާބައެއް.. ވީ މާ ރެފްރީގެއާދޭހަކީ
މިފަދައެޕިސޯޑުތަކުން އިބުރަތްހާސިލުކޮށް އެ މްޑީޕީސަރުކާރަށް މިހާރަށްވުރެންބޮޑަށް ސަ މާލުވާށޭ !! އަލިފު ހާ
ނަފްރަތުގެ ބިލް އެއްފަރާތް ކޮއްލުމަށް ކުރިކަމަކަށް ނުވާނެބާ؟
ވަރަށް ވައްތަރު. މީހުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުން ކަމަށްވެސް ވެދާނެ!
އެއްމެން ގެއަށްވަދެ ދެއަތްދޮވެގެން ގޭގަ މިތިބެނީ ފުލުހުންނާ ސިފައިންނާ ގައުމާ އަ ހަރެމެން ރައްޔިތުންގެ މުދަލާ ޖާނާ ހަވާލުކޮއްފަ...ޔަގީންކުރަނީ ސަލާމަތީ ޙިދުމަތްދޭ ފަރާތްތަކުން ސަލާމަތީކަންކަން ފުރި ހަޔަށް ބަލާނެޔޭ...ފޭސްދޭކަށް އެކުއްޖާގެންދެވޭނީ މަގުމައްޗާ ރަށުތެރެ ލައްކަރަގަޅަށް ފުލު ހުން ބަލާތީތާދޯ...މސ ހަމީދު ހަމަ މި ހާރުންމި ހާރަށް އިސްތިއުފާދޭންވީ..އަ ހަރެމެންގެ ސަލާމަތަށް ބޮޑުމުސާދީފަ ޔުނީފޯމުލައްވާފަ ބަ ހައްޓާފަތިބި މީ ހުންނަ ޒިންމާއަދާނުކުރެވޭ..
ކުއްޖާ ގެއްލިގެން ދޯ ހުށަހެޅީ. މިހާރު އެއޮތީ ހޯދާފަ، ޒިންމާ އަދާކޮށްފަ. ދިރިހުރިތޯ ނޫނީ ނޫންތޯ އެމީހުން ބަލާކަށް ނުޖެހޭނެ. އެއީ އެމީހުންގެ ފެންވަރަކީ. ދެން ކޭސް ކްލޯސްކޮށްފަ ބޮޑެތި ޓީވީތަކުގަ ޕީއެސް ކުޅެމުން ތިބެ ޕިއްޒާއާއި ހުރިހައި މީރު ކާނާއެއް ކައިފަ ބޮއެފަ، ރައްޔިތުން ފެލާލައިގެން ފޭރިގަންނަ ޓެކްސް ލާރިން ގަންނަ އަގުބޮޑު ކާރުތަކުގަ ބުރު އަޅާ މުޅި މާލެ ކުޑަ ކުރީމަ އެއޮތީ އެމީހުންގެ ވާޖިބު އަދާ ކުރެވިފަ. މިއީ ދިވެހި ފުލުހުންގެ ފެންވަރަކީ. މިއަށްވުރެ ނާތަހުޒީބު ބައިގަނޑެއް ނޫޅޭނެ ދުނިޔޭގެ އެހެން އެއްވެސް ތަނެއްގަ. އިންޑިޔާގަ އުޅޭ ކޮރަޕްޓް ފުލުހުންނެކޭ މި މީހުންނެކޭ ހަމަ އެއްވަރެއް.
އޭ ކޮބާ ކެނެރީގޭ ނަޝީދު، އަބްދުލްލާ ގާޒީ ވަގައް ނަގައިގެން އޭނާ ރަޙީނުކޮއްގެއް ގެންގުޅުނު މައްސަލަ؟ އެކަންވެސް ކަލޭމެން އޮއްބާލައިގެން ދޯ ހިތުން ތުއުޅެނީ. އިބޫ ސޯލިހުގެ ވެރިކަން ވެއްޓުނީމަ އެންމެ ފުރަތަމަ ބަލާނީ އެމައްސަލަ. ހަދާންކުރާތި.
ފުލުހުން ތަހްގީގް ކުރޭ ގިޔާމަތް ދުވަސް އަންނަންދެން
މީގަ ފުލުހުން އެކަނި ކުއްވެރި ވެގެން ނުވާނެ މަޖިލީހުން ޤާނޫނު ހަދަނީ ކޯޓްތަކުން ނާ ޕީޖީ އިން ސަރީއަތާ ބެހެނީ. ޝަރީޢަތްނިމި ހުކުން އިއްވަން 2 ނުވަތަ 3 އަހަރު ނަގާ އެ މުއްދަތުގާ މީހާ ހުންނަނީ މުޖުތަޢުއަށް ދޫކުރެވިފަ، ފުލުހުންނަށް ތަހުޤީގައް 30 ދުވަސް އޮންނަނީ. ސޯ ކޮބާ ފުލުހުންގެ މައްސަލައަކީ؟
ފުލުހުންނަށް މިފަދަ މައްސަލަތައް ހަލުއި ގިޔަރުތަކަށް ނުލެވިގެން މިއުޅެނީ ކޮން މަޖުބޫރުކަމެއް އޮވެގެން. ޕީޖީ އާއި ހަމައިން މިކަންވެސް އޮބޭނެ.
މުޅި ނިޒާމު ފެއިލްވެފަ.
ފުލުހުންނަށް ތިބެހޭ އެންމެން ތިބެހެނީ ކޮންމެސް ޒާތީ ކަމެއް އޮވެގެން. ޙަޖަމް ނުވާ މީހުން. ކިތައްމެ ރަނގަޅަށް ބެލިޔަސް ކަމެއް ހިނގާފާނެ. ފުލުހުންނަށް ބެހޭއިރު އަމިއްމީހާ ހުންނާނި މަގުމަތީގައި ފެރޭ މަންޒަރު ފެންނައިރަށް ބަލަން ފޮޓޯނަގަން އެއީ ތި މީހުންގެ ފެންވަރު. ފަރުދީ ޒިންމާ އަދާކޮަށްބަލަ މީހުންނަށް ނުބެހި. ރައްޔިތުންގެ ލާރި ފެލައޭ ބުނާއިރު ވާނުވާ ނޭނގެނީބާއޭ ހިތައްއަރާ ގަމާރުން. ފުލުހުން ޓެކްސް ދައްކަން ޖެހޭ، ރައްޔިތުން އަތުން ކަނޑާ ކޮންމެ އެއްޗެއް ފުލުހުން އަތުން ކަނޑާ ދެން ކޮން ވާހަކައެއް. މިހާރުވެސް ފުލުހުންގެ ޙީދުމަތް ދިނުން 1 މަހަށް މާލޭން މެދުކަނޑާލަބަލަ ވާގޮތް ބަލާލަން. ތިމީހުންނަށް ނިދަން ވެސް ނުތިބެވޭނެކަން ޔަގީންކަންމީ. ތިމީހުންގެ އަންހެންް ދަރިން ބޭރައް ނުކުމެފަ ގެޔަަަށް ސަލާމަތުން ނާންނެކަން ޔަގީން. ވާނުވާ ނޭނގި އަންގަތަޅަނީ. ދުލެއް އޮތީމަ.
ތިޔަ ކަމަކީ އެއްވެސް ކަމެއް ނޫން މި ޤައުމުގަ ހޯދާކަށް. އެހެނަސް ތިޔަފަދަ ކަންކަން ކުރާ ފަރާތްތަށް ނައްތާލެވިދާނެ އެންމެން އެންމެނަށް ޒިންމާދާރުވެ މި ކުޑަ ގައުމުގައި އަހްލާގީ މިންގަނޑު ހިފެހެއްޓުވިއްޔާ. 241 ކިޔާފަ ދެން އޮތް އަދަދަކުން ކޮމިޓީ ތަށް ހަދައިގެން މުޅި ގައުމު ޑައިވާޓް ކޮށްގެން އުޅެނީ އެހެން ކަމަކަށް. މިހާރުން މިހާރަށް މިކަމަށް ހާއްސަ ސަމާލުކަމެއް ނުދީފިނަމަ މިކަން ކަން ދެންދާނީ ހައްދުފަހަނަ އަޅއިގެން. ދީނީ ހައްދު ފަހަނައަޅާފައިވާ މެންޑޭޓްގެ ތެރޭ އޮންނަ ކަމެއް އަދި އެކަން އެމީހުން ލައްވާ ކުރުވާ ބައެއް މީހުން އެބަތިބޭ ފިރުއައުނު އުނަގަނޑުގައި އަޅާކަހަލަ އެއްޗެހި ކަރުގަ އަޅައިގެންނާއި ބަނދެގެން ތިމާ އަށްވުރެން ބޮޑެތި ގޮނޑީގަ. އެމީހުން އަޑީގަ ތިބެ ހިންގާ ޖަރީމާ. ތިޔަ ނައްތާލީ ކޮންމެވެސް ހަގީގަތެއް އޮޅުން ފިލާފާނެ އެއްޗެއް. ފުންކޮށް ތަޙްގީގު ކުރަން ބޭނުމިއްޔާ ކުރޭ އެހެން ނޫނީ ނުކުރޭ. ވައްﷲ އައުލަމް.
ހާދަ ދެރައޭ.
މަރަށް މަރު ހިފުމަށް ފަސް ނުޖެހުމަށް ގޮވާލަން ދިވެހި ސަރުކާރަށް.
ކީއްވެބާ ފުލުހުން މިފަހަރު އާއްމު ރައްޔިތުންގެ ކިބައިން މި ކުއްޖާ ހޯދުމަށް ނޭދުނީ. ނޫނީ ކުއްޖަކު ގެއްލިގެން ހޯދާކަން އަންގާލިބާ
މިކަމުގަ ރައްޔިތުންމަޖިލުސްކޮބާ މިކުއްޖާގެ އާއިލާ އައްއިންސާފު ލިބެންނުޖެހހޭތޯ..241 ކޮބައިތޯ އަދިވެސް މަރައްމަރުހިފަންނުވޭތޯ..
މިގައުމު ހާދަ ބިރުބެރިޔޭދޯ މީނޫންތޯ ހަގިގީ ބިރުވެރިކަމަކީ ޖަރީމާއަކީ އެހެންނަމަވެސް މިފަދަ ކަންކަމާ މާ ކަންތަށްބޮޑުވެގެން އުޅޭތަނެތް ނުފެނޭ ސަރުކާރުންވެސް ބިލުތަކާ އެތްޗެހި ހަދަހަދައުގެން ވަކި މީހަކު ހިމާޔައް ނުކުރެވިގެން އުޅޭމަންޒަރު ފެނިގެން މިދަނީ މީ ދެރަކަންކަން މާދަން ކާކު ދަރިއެތްކަމެތް ނޭނގެ މަރާލާނީ މީ ބިރުވެރި ގައުމެތް ހުވާ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
މީ އިސްލާމީ ސަރީއަތް އެތްފަރާތްކޮށް އަމިއްލަ ގާނޫނުތަށް ހެދުމުގެ ހިތި ނަތީޖަ މިހާރުވެސް މިހަރުވެސް މަރަށްމަރު ހިފާބަލަ މީހުންމެރުން މަދުނުވޭތޯ އެކަމަކު ސުވަލަކީ އިސްލާމީ ސަރީއަތް މިގައުމުގަ ތަންފީޒު ކުރާނެތޯ ސައްކެތްވެސް ނެތް ނުކުރާނެ ސަބަބަކީ މިގައުމުގަ އިސްލާމީ ކަންކަންއެނގޭ އިސްލަަމީ ކަންކަމަށް ލޯބިކުރާ ވެރިންނެތުން އަބަދުވެސް މި ފަދަ ޖަރީމާތަށް ކުރާމީހުންނަށް ހިއްވަރު ލިބޭގޮތަށް ހުރިހާކަމެތް މިގއުމުގަ ވެރިން ކުރަނީ އޭގެ ހިތި ފެނިގެން މިދަނީ މިހާރު ބިލެތް އެބައޮތް އެންމެން އެއްތަނަކަށް އެތްވެ މަޖާކުރާ ތަނެތް ހަދަން ލާފަ ދެން ބޮއެގެން އެކަކު ކަރުގަ އެނެކަކު ހިފޭއިރުވެސް ނޭނގޭނެ ސަރުކާރުން މި ކަމުގެ ފުރިހަމަ ޒިންމާނަގަންޖެހޭނެ
މި ގައުމުގެ ހުރިހާވެސް މަށްސަލަޔަކީ މަސްތުވާތަކެތި މަސްތުވާތަކެތި ބޭނުން ކުރުންހުއްޓުވަސް މި ގައުމުގެ ވެރިން ވަނީ ނުކުޅެދިފަ ޑުރަގު ލީޑަރުންގެ ބާރުގަދަވެ ސަރުކާރު ބިރުގަންނަވަރަށް މިގައުމުގަ މަސްތުވާތަކެތީގެ ލީޑަރުން ބާރު ގަދަކޮށްފި ދެން ކުރެވޭނެ އެތްވެސް ކަމެތްނެތް ވަގުތު ފާއިތުވެއްޖެ ދެން މިފަދަ ޖަރީމާތަށް ހުއްޓުވުމަކީ ވާނެ ކަމެތްނޫން
ތަހުގީގު ނިމޭއިރު ކުއްޖާ މަރުވީ ކޯވިޑް ޖެހިގެން ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާކުރާވަރަށް ހެކި ނުލިބި އެމީހުން ދޫކޮށްލަން ކަންނޭގެ ޖެހޭނީ
މިޤައުމުގެ ކަންކަން ދެން ރަގަޅުވާނީ މި ބަލާ މުސީބާތެއްފަދަ ސަރުކާރު ބަދަލުވެގެން ދެއިރު ދެދަޅައަށް ސަލާމަތީ ބާރު ތަކޔގެ މީ ހުން ކަރޔގަ ވާޖަހައިގެން މަޖްލި ހައް ދަމަންފެށީމަ ދެން ގައުމުގެ އަމަން އަމާބް ކަން ކޮބާތޯ.. ﷲ މަރްހ ހޫމައް ހެޔޮޖަޒާ މިންވަރު ކުރައްވާށި. އަދި މޮ މުސީބާތެއް ފަދަ ސަރުކާރުގެ ނިމުން އަވަސް ކޮށްދެއްވާށި...
ޢިލާހީ ގާނޫނު އެތްފަރާތްކޮށް ތިމާމެން ބޭނުން ގޮތަކަށް ގާނޫނުތަށް ހަދާ އެޔައް އަމަލު ކުރުމުގެ ނަތީޖާ ކިހިނެތްބާވަނީ ކޮންބަޔަކުބާ ޒިންމާނަގަނީ މާދަން ތިމީހުން ދޫކޮށްލާނެ ހެކި ނެތޭކިޔާފަ
ހާދަހާ ދެރަވަރުގެ ކަންތަކޭދޯ މިހިގަނީ ، ހުރިހާ ކަމެއްވެސް ހަޜުކަށި ފިކުރޭ ކިޔާ ހަޅޭލަވަލަވާ މިމީހުން މިތިބެނީ ، މުޅިގައުމު މިވަނީ ޑްރަގުގެ ވަބާގައި ޖެހި ހަލާކްވެފައި ، ޒުވާނުން ހަމަހޭވެރިކަމެއްނުހުރޭ ، ކުޑަކުދިން ރޭޕްކުރުމާއި ވައްކަމާއި އެކު އެންމެފަހުން ރަހީނުކޮއްގެން މަރަން މިފެށީ ،
މުސާރައައި އިނާޔަތުގެ އެންމެހާ ޒިންމާދާރު ވެރިންނަށް.
އާއްމުރައްޔިތުމީހާގެ ދުލުން ބުނެލަން...އަހަރެމެން އާއްމުރައްޔިތުމީހާގެ ހައްޤުތައް ކަށަވަރުކޮށްދޭށޭ... އިސްލާމީ ޝަރިއަތުން އަހަރެމެންނަށް ލިބިދޭ ހައްޤުތައް ހޯދަދޭށޭ! އިސްލާމީ ޝަރިއަތަށް ފުރިހަމައަށް ކިޔަމަންވެ ތަންފީޒްކުރާށޭ.....
ދިވެހި ފުލުހުން މީ އަޅެ ސްޓިކަރ ޖަހަން އެކަނި ތިބޭ ބައެއްތަ؟
މަ ޗެލަންޖު ކޮށްފަ މި ބުނަނީ މި މާލޭގަ ކާކަށް ފެނުނީ ޕޮލިހެއް ޕެޓްރޯލް ކުރަނިކޮށް މި ދެތިން މަސްތެރޭ؟ ޕޮލިހުންނާ ސިފައިން އެކުގަ ގުޅިގެން ބަލަނީ ޖޫރި މަނާ ކުރެވޭނެ މީހަކު ދިމާވޭތޯ. ޕޮލިހުންގެ ވެރިންގެ ހަމަ ރޭވުންތެރިކަން ނެތީ ނޫނީ ކޮންމެ ގޮތެއް ވަރިހަމަ ނޫނީ، ދަށު ރޭންކް ތަކުގެ ކުދިންގެ މައްސަލަ އެއްނޫން ، ވެރިން ހަމަ ޖާހިލީ،
އިންނާ އިލައިހި ހި ވައިންނާ އިލައި ހި ރާޖިއޫން😭😭😭😭
ކަިތްވެ ޢާއްމުންނަށް ނަެންގީ.؟ ޙިތް ހަލާކު ވެއްޖެ.. ހުވާކޮށްފަ މިބުނީ މިސަރުކާރުގެ ވެރިންނަށް ދުވަހަކުވެސް މައާފެއް ނުކުރާން.
ފުލުހުން އެކަންޏެއް ނުން ޒިންމާ ނަގަން ޖެހެނީ! އެ ކުއްޖާ ގެ މައިން ބަފައިން ! ފުލުހުން އެ ކުއްޖާ ހޯދަ ވެސް ދިން! އެ ކުއްޖާ ރޭޕް ކޮށް މަރާލީ ކަމަށްވާނީ
ބޮޑެތި ކުށްވެރިން ދޫކޮށްފަ، ރައްޔިތުން ޖޫރިމަނާކުރެވޭތޯ ބަލަނީ 24 ގަޑިއރިރު ފުލުހުންވެސް
ނަފްރަތުގެ ބިލުން މީހުންގެ ފުރާނަ ސަލާމަތެއްނުވާނެ.
މީހންގެ ފުރާނަ ސަލާމަތްވާނީ ޑްރަގާއި ދެކޮޅަށް އަޅާ ހަރުދަނާ ފިަވަޅަކުން.
ދިވެ ހިންނަށް ސާބަސް މިޖީލަށް ސާބަސް ދިވެ ހި އުއްމަތަށް ސާބަސް ގާނޫނު ހިންގަން ތިބިމީ ހުންނަށް ސާބަސް އިންނާލިއްލާ ހި ވައިންނާއިލައިހި ރާޖިއޫން.!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ވަރަށް ވެސް ހިތާމަވެރި ޙަބަރެއް. މި ކުޑަ ކުޑަ ރާއްޖޭގެ ޙާލަތު ބަޔާން ނުކުރެވޭ ޙާލަތަށް މިވަނީ ގޮއްސަ.
އިސްލާމީ ޝަރީއަތާއި އެއްގޮތައް މިދިވެހި ރާއްޖޭގަ ގާނޫނުތަކަށް އޮންނަ އުޤޫބާތް ކަނޑައަޅަންވީ .އެއްފަހަރު ވެސް މަރަށް މަރު ހިފާލަބަލަ. ތިކަހަލަ ކަމެއް ކުރޭތޯ ބަލަން.
މިފަދަ ޖީލެއް ބިނާވީ މައިން ބަފައިންގެ އިހުމާލުން
ޢާމުންނަށް ނުކުތުން މަނާ ކާއެތިކޮލު ގަނެލަންވެސް. ޕާޓޭން ބޭނުން ގޮތަކަށް. ވަގުން ނަށް ވެސް އީދު. ގޭންގް ތަކުގެ މީހުން ގްރޫޕް ހަދާލާފަ ސައިކަލް ތަކުގަ. ކޮއް މެ 100 ފޫޓަކުން ޕޮލިހުން ޑީސެންޓް މީހުން އަތުން ޖޫރި މަނާ ކަލެކްޓް ކުރަން. ވަރަށް ސަލާން
ޔޫތު ސިޓީ އަކަށްވެސް ނޫން ތިތަން ހަދަންވީ…..
ސުވާލަކީ މޫދުގައި މަރާލާފައި އެކުއްޖާ އޮތްކަން ފުލުހުންނައް އެގުނީ ކިހިނެއްކަން
ވަރައްރަހުމް ކުޑަ އަމަލެއް މި ވެރިކަމްގަ ހިގާގެން ވާނެކަމެއް ނޫން..ކާފިޔު ހިންގާފަ އޮތުމުގެ ބޭނުމެއްނެ ..ކޮބާ ޕޮލިހުން ނާ ސިފައިން ތަ މަގުމަތި ޕެޓްރޯލް ކުރަން އުޅޭ
ނަޝީދުގެ ހިމާޔަތުގަ
ޔާމިނު ވެރިކަމުގަ މީހަކު މަރާލިޔަސް ނުވަތަ ބޮޑު މާރާމާރީ އެއް ހިންގިޔަސް އިދިކޮޅުން (އެމްޑީޕީ އިން) އެކަން އަޅުވަނީ ރައީސް ޔާމިނު ކުރިކަމަކަށް.
އެހެންވީމާ އިބޫ ވެރިކަމުގަ މި ކުއްޖާ މަރާލީމަ އެއީ އިބްރާހިމް މުހައްމަދު ސާލިހު ކުރި ކަމެއްތާ؟
ތިކުެއޖާގެ އެތެރަށީގެ ގުނަވަންތައް ހަމައައް ހުރިތޯ އެބަބަލަން ޖެހޭ ކިޑްނީކަހަލަ
މިހާރު ލާރިހޯދަންވެއްޖެއްޔާމު ހަރާމެއްހަލާލެއް ނުބަލާނެ
މިކަ ހަލަ ކޮންމެ ކަމެއް ވާއިރައް ވަރަ އަޑުހަރުކޮއް ކުއްވެރިކޮށް އަދި ތަ ހުގީގު ވަރައް ބާރައް ކުރިއައް ދާކަމައް ބުނާނެ. އެކަމު އިންސާފު ހޯދުމުގެ ނިޔަތެއް ނޯންނާނެ. އަވަ ހައް ސިޔާސީ ހަތިޔާރަކައް މިކަން ހަދާލާފަ ބުނާނީ އިންސާފު ލިބެން އޮތީ 2 ވަނަ ދައުރެއް ލިބިގެންނޭ!!
241ކޮމެޓީން މިމައްސަލަ ބަލަންޖެހޭ
ހެއުނުވާނެ ފުލުހުންގެ ޕޯސްޓެއް ދެވަނަ ފޭހުގަ ވެސް ބަހައްޓަދީ ގާތިލުންނަށް ދީނުގައި އޮތް އަދަބެއް 7 ދުވަސްތެރޭ ތަންފީޒު ކޮށްދީ.
" ފުލުހުން އެކުއްޖާ ހޯދަން ކުރި މަސައްކަތުންތޯ ފެނުނީ. ނޫނީ މީހާކު ރިޕޯޓްކޮށްގެން ގޮސް ބެލީމަ ފެނުނީތޯ؟؟
ކީވެގެންބާ؟ މިފަދަހާލަތަކައް މުޖްތަމައުދާންވީ....
ބަޔަކުމިގައުމު ހަލާކުކޮށް ވީރާނާކޮށްފި
އިންޑިއާ ލެވެލްއަށް ދިޔައީ
އިރާދަ ކުރެވިއްޔާ ހުރިހާ ކަމެއްވެސް ރަނ ގަޅު ވާނެ