ރަހީނު ކުރުމަށް ފަހު މަރާލި 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު ފެނުނީ ފޮއްޓަކަށް ލާފައި އޮއްވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފިއެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނާ ގޮތުގައި ހުޅުމާލޭ ހިޔާ ފްލެޓްތަކާއި ދިމާ މޫދުން ކުއްޖާގެ ހަށިގަނޑު ފެނުނުއިރު އޮތީ ބޮޑު ފޮއްޓަކަށް ލާފައެވެ.

ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށެއް ނުދެއެވެ. ކުއްޖާގެ މަރާއި ގުޅޭ ގޮތުން ފުލުހުން ވެސް އަދި ހަމައެކަނި ބުނެފައި ވަނީ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެދެމީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މަރުވެފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑުގައި އަނިޔާގެ ގިނަ ނިޝާންތަކެއް ހުރި ކަމަށް ވެސް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ. ކަރުގައި އެއްޗެއް އައްސާފައި ހުރި ކަމުގެ ނިޝާން ވެސް ހުރި ކަމަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެއެވެ.

މަރުވެފައި އޮއްވާ ފެނުނު ކުއްޖަކީ ގދ.މަޑަވެލީ ކުއްޖެކެވެ. އޭނާ ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެދުވަހުން ފެށިގެން ފުލުހުން ދިޔައީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މަރުވެފައި އޮތް ކުއްޖާގެ ހަށިގަނޑު ފެނުނީ ރޭ މެންދަމު 02:30 ހާއިރުއެވެ. ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ކުއްޖާގެ ހަށިގަނޑު އޮތީ އައިޖީއެމްއެޗްގައެވެ. ކުއްޖާގެ ޖަނާޒާ ކުރިއަށް ގެންދާނެ އިރެއް އަދި ހާމައެއް ނުކުރެއެވެ.

ފުލުހުންނަށް ގާނޫނުން ލިބިދޭ ބާރަށާއި އަދި މީގެ ކުރިން މިފަދަ ހާދިސާތަކުގައި ކަން ހިނގާފައިވާ ގޮތައް ބަލާއިރު މިކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމާއި ގުޅޭ ގޮތުން ވެސް ފުލުހުން އަދި މައުލޫމާތެއް ނުދެއެވެ.

ކުއްޖާގެ މަރާއި ގުޅިގެން ދެމީހުން ވެސް ހައްޔަރު ކުރީ މާލެ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    މިސަރުކާރު އޮވެގެން ގައުމުދާނީ ހަލާކު ވަމުން.

    50
    4
    • ކޮވިޑް

      މީ ހަމަ އެކަނި ސަރުކާރުގެ މައްސަލައެއްވެސް ނޫން ދިވެހި ރައްޔަތުންގެ ވެސް މައްސަލަ މިއަދު ވަރައްބާރައް ހަޅޭލަވާނެ ހަމަ ހަފްތާ އެއްވަރު ވާއިރަށް ހަންދާން ނެތި އެކަން އެ ނިމުނީ. އެ ހެންވެ ސަރުކާރުގެ ވެރިންނަށްވެސް އެންގޭ ރައްޔަތުން ހަފްތާއެއް ވަންދެން ތެޅިފޮޅޭނެކަން އެ ހަފްތާގަ ސަރުކާރުން ކަމެއް ކުރަކަން ދެއްކުމަށް ނޫސްބައްދަލު ވުމެއް ބާއްވާފަ ހުރިހާ ގަލެއް ފޮރޮޅާނެ ވާހަކަ ބުނާނެ. އެ ހިސާބުން ނިމުނީ. ހަފްތާ ނިމޭރަށް ރައްޔަތުން ކޫލްވެ އެކަން ހަންޑަން ނެތޭނެ މީ ދޯ ހަޤީގަތަކީ؟

      13
      1
    • ޏައިކް

      ހާދަ އަވަހޭ ހަނދާން ނެތުނުލެއް!! ޔާނު ސަރުކާރުގަ ވަޅިހަރާ މަގުމައްޗަށް މަރާލި 18 ޒުވާނުންނާއި އެޗްއައިވީ ލޭ ގަސްތުގައަޅާ މަރާލި ދެމަފިރިންނާ ވިއްސަން އުޅެފަ ބޯބުރިކޮށްލާ މަރާލި ކުޑަ ކުއްޖާގެ މަތިން އަހަރެމެން ހަނދާން އެބަހުރި ބަޔަކު އެއީ ނުވާކަމަކަށް ހެދިޔަސް.. މިހާރު ނިސްބަތުން މަދު އޭރަށްވުރެއް.. ބުނަން މިއުޅެނީ މިއީ ވަކި ސަރުކާރެއް އޮވެގެން ވާކަމެއް ނޫނޭ ޤައުމީ މައްސަލައެއް..

      7
      10
  2. Anonymous

    ވ. ހިތާމަވެރި ޚަބަރެއް.
    ލާދީނިއްޔަތަކީ ޝައިޠާނާގެ މަގު. އެކަން ފަުރަން ނުބައި ހުރިހާކަމެއް ކުރަން ޖެރހޭނެ

    42
    2
  3. ށުކުރު

    އިންސާނީ ހައްގު ތަކަށް ގޮވާ އަޑު އުފުލާ އެމްޑީޕީ އަށް މި ދައުރުގަ އެއްވެސް މަރެއް، މާރާ މާރީ އެއް ، ގެވެށި އަނިޔާ އެއް ، ނުފެންނާތީ ހިތާމަ ކުރަން. އެހެން ވެރިކަމެއް ނަމަ ހިސާން މެން ތިބޭނީ ޓީވީ ކުރިމތިން ނުގެއްލި ، އަބަދު މަގުމަތީ މުޒާހަރާގަ.ނޫނީ އަނިޔާ ލިބުނު މީހާ އަށް ހިލޭ ގާނޫނީ ލަފާ ދޭން . މިއަދު ހޭ ވެސް އަހާނުލާ. ސާބަސް މަޖްލިސް މެމްބަރުން ރެއާއި ދުވާލު ހަދާ ގާނުން ތަކުން ރައްޔިތން ނަށް ތި ހޯދަދޭ އިންސާފަށް. ޝުކުރިއްޔާ ހުރިހާ ސިޔާސީ ބޭފުން ނަށް މާދަމާ މަގޭ ދަރި ކަންނޭގެ. ސްބުހާނަﷲ.

    55
    1
  4. ޟިރުޓާ

    ތި ސަރަހައްދުން ފޮއްޓަކަށް ލާފައި ފެނުނީމައި މާނަޔަކީ ބޮޑު ވެހިކަލްއަކަށް ލާފައި ގޮއްސަ އެ އަނދިރި ހިސާބަށް އެއްލާލީ. ވައްތަރީ ބޮޑު ގޭންގެއްގެ އަތެއް އޮތްކަމަށް. ހަމަ ޔަގީނަސް ތިފަރާތްތައް ތިއުޅެނީ ހުޅުމާލޭގައި، ދުއްވީ ހުޅުމާލެ ކާރެއްގައި، ދުއްވީ ފޭސް ދޭކަށްދާ ބްރިޖްމަތިން، އަމިއްލަ އަތުގައި ކާރެއް އޮވޭ، ވަރަށް ގިނަ ބައެއްގެ އަތެއް އެބައޮތް. ގޭންގުތަކުގެ ބާރު ގަދަ ކަމުން ހީ ނުވޭ ތި ކުއަޖާއަށް އިންސާފުލިބޭނެ ހެނެއް. ހެކިވެރިއެއް ހުއްޓަސް އޭނަ އަނގަ ބަންދުކުރަން އަންނާނެ ސީދާ ފުލުހުންގެ އޮފީސް ތެރެއިން ހެކިވެރިޔާގެ ފައިލް ނަގައިގެން. މިބިރުވެރިކަމަށް ނެތް ހައްލެއް.

    56
    1
    • ކޮވިޑް

      ހައްލެއް ނާންނާނެ ތިބޭފުޅާވެސް މިވާހަކަ ދައްކަވާނީ މިއަދު މާދަމާ މިކަން ހަންދާން ނެތޭނީ. ދިވެހިން ވެއްޖެ ދޯ މިކަހަލަ ޖަރީމާތައް ކޮޅެއްގަ ޖެހެންދެން އަޑު އުފުލާ ސަރުކާރަށް ޕްރެޝާ ކުރުވަން، ހަފްތާ އެއް ވާއިރަށް މިކަން އޮބި އާކަމެއް ފެންނައިރަށް އެ ވީ. މި ސަރުކާރުން ވެސް ބަލަނީ އެހިސާބުން އެކަން އެ ނިމުނީޔޭ.ދިވެހިންނަކީ ހަމަ މިހާ ތާކުންތާކު ނުޖެހޭ ބައެއްބާ؟

      • ޢަންޓޭ

        ކިހިނެތް ސަރުކާރު ޖަވާބުދާރީ ކުރެވެނީ. ނަމުގަ މަރުކޮމިޝަން ހަދާފައި. ކުރީގެ ރައީސްއަށް ހަމަލާ ދިނުމުންވެސް އެކަން ހައްލުނުވެ. ކޮވިޑް ވައްކަން އިންތިހާއަށް.

  5. ޢަފީ

    ޕޮލިހުން ގެ މަސައްކަތް ފުރިހަމަ.ރިޕޯތްކުރީ އާދިއްތަ،ހޯމަ ދުވަހުގެ ދަންވަރު ހޯދާފަ،އެވކަމުގަ ކުއްވެރިވާ ބަޔަކުވެސް ހޯދާފަ

    4
    1
  6. އަލީހު

    ޢާމުންނަށް ނުކުތުން މަނާ ކާއެތިކޮލު ގަނެލަންވެސް. ޕާޓޭން ބޭނުން ގޮތަކަށް. ވަގުން ނަށް ވެސް އީދު. ގޭންގް ތަކުގެ މީހުން ގްރޫޕް ހަދާލާފަ ސައިކަލް ތަކުގަ. ކޮއް މެ 100 ފޫޓަކުން ޕޮލިހުން ޑީސެންޓް މީހުން އަތުން ޖޫރި މަނާ ކަލެކްޓް ކުރަން. ވަރަ ސަލާން

    4
    1
  7. އަފޭ

    މަސްތުވާ ތަކެތީގެ ވެއްޓެއްގައި ނުކުރާނެ ކަމެއް ނޯންނާނެ ރާއްޖެގެ ހަލާކު އެއީ މިގައުމުގައި އަމަން ބަލަހައްޓަން ތިބޭ ސިފައިންނައް ގުޅީމާ ބުނަނީ ތިއީ މާބޮޑު ކަމެއް ނޫނޭ ތިއީ މިހާރު އާމު ކަމެކޭ

  8. ކަހުރަބު

    ހުޅުމާލޭ ފުލުހުން އެއީ ބޭކާރު ބައެއް ޖަސްޓް ޔޫސްލެސް

  9. ހަރުހަރު

    ރޭގަނޑު ދަންވަރު މޫދުތެރެއިން އެފޮށިފެނުނީ ، ބިރުވެރި ކަމެއް ޤައުމާމެދު ސަމާލުވޭ! ނުބެލުނެއްނު

  10. ބޯޖަލީލު

    ގައުމުގެ ވެރިކަމަށް ސޯލިހަކު ގެނައީ ވަރަށް ފޮނިއުއްމީދުތަކާއެކު ، އެކަމަކު ސޯލިބޭގެ ސޮރުކުރާހާ ކަމަކީ ރައްޔިތުން ގޭގަ އަތްދޮންނަން ބައިތިއްބާފަ ހަޒާނާ ހުސްކޮށްލައިފި

    5
    1
  11. ކައުންސެލަރު 🙌

    ކޮބާ އިންސާފައިގެން އައި މީހުންނަށް މިކަމަށް އިންސާފު ހޯދޭނެބާ؟