ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯއެއް އާއްމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހާއަކީ އޭޕްރީލް 26 ވަނަ ދުވަހުގެ ވަގުތެއްގައި ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ބިދޭސީއެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 485538 އެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ ގިނަ މީހުން ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ހޯދާ ކަމަށް ފުލުހުން މިހަފްތާގައި ވެސް ވިދާޅުވެފައި ވެއެވެ.

މަކަރާއި ހީލަތުން ފާއިތުވި ދޮޅު އަހަރުތެރޭގައި އެކި މީހުންގެ އަތުން ގެއްލިފައިވާ ފައިސާގެ އަދަދު ހަތް މިލިއަން ރުފިޔާއަށްވުރެ ގިނައެވެ.

އެހެންކަމުން ފައިސާގެ މުއާމަލާތްތައް ކުރާއިރު އިތުބާރު ކުރެވޭ ފަރާތަކާއިއެކު ފައިސާގެ މުއާމަލާތްތައް ކުރުމަކީ މިފަދަ މައްސަތައް މަދުކުރެވޭނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    މަކަރާ ހީލަތުން ބޮޑުއަގުގަ ފިހާރަ ހުޅު ވާ ޑޮލަރު ގަނެ ވިއްކާ ބިދޭސީން މައްސަލަ ނުބަލަ އެވެ/.

  2. އޭދަަފުށި

    ތީ ބ.އޭދަފުށި މައުރޫފް