އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓަށް 1778 ޝަކުވާ ހުށަހަޅައިފިއެވެ.

އެ ކޮމިޝަނުން މިއަދު ވިދާޅުވީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރޭ ހަމަވިިއިރު 1778 ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހުރީ މަރުވެފައިވާ މީހުންނާއި 18 އަހަރުން ދަށުގެ ކުދިންގެ ނަން ވޯޓާސް ލިސްޓުގައި ހިމެނިފައިވާ ކަމުގެ ޝަކުވާތައް ކަމަށެވެ.

ވޯޓާސް ލިސްޓަށް އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެގޮތުން އެ ޕާޓީން ވަނީ އެ ލިސްޓަށް 860 މައްސަލައެއް ހުށަހަޅާފައެވެ.

އެމްޑީޕީގެ ވައިސް ޗެއަރޕާސަން އަލީ ނިޔާޒު ވިދާޅުވީ މި ލިސްޓުގައި، 18 އަހަރު ނުފުރޭ ކުރިންގެ ނަން ލިސްޓުގައި ހިމެނޭ 711 މައްސަލައަކާއި މަރުވެފައިވާ 10 މީހެއްގެ ނަން ހިމެނޭ މައްސަލައެއްގެ އިތުރުން ތަކުރާރުކޮށް ނަން އޮތް 38 މީހެއްގެ ނަން ހުށަހަޅާފައިވާ ކަމަށެވެ.

އީސީން އާންމުކޮށްފައިވާ ވޯޓާސް ލިސްޓްގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ގޮތު ހިމަނާފައިވަނީ 26،3183 މީހުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.