މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ތެރެއިން ހައްޔަރުކުރި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ މައްޗަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތު ކޮށްފައިވާ ކަމަށް ވަކީލުން ހާމަކޮށްފިއެވެ.

ޝިފާޒްގެ ޤާނޫނީ ވަކީލު ޝާއިރު ބުނެފައިވަނީ ފުލުހުން ޝިފާޒް ހައްޔަރުކޮށްފައިވަނީ ޕާޓީގެ ނައިބު ރައީސްގެ ހައިސިއްޔަތުން ހަރުގޭގައި އޭނާގެ ޒިންމާ އަދާކުރަން ހުއްޓާ ކަމަށާޢި ފުލުހުން ޝިފާޒް ހައްޔަރުކުރީ ގާނޫނާއި ޚިލާފަށް ކަމަށެވެ.

ޝާއިރު އިތުރަށް ވިދާޅުވި ގޮތުގައި ފުލުހުން ކުރިން އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެފައިވި ނަމަވެސް ފަހުން ވަނީ ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކުރި މީހުންގެ ތެރޭގައި ޝިފާޒްވެސް ހިމެނޭ ކަމަށް ބުނެފައެވެ.

ޤާނޫނީ އަސާސީ ދެމެހެއްޓުމަށްޓަކައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިނަމަވެސް، ޤާނޫނާ ޚިލާފަށް ސަރުކާރު މަގުމަތިން ވައްޓާލަން އިދިކޮޅު ފަރާތްތަކުންދަނީ ގިނަގުނަ މަސައްކަތްތަކެއްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝާއިރު

    ދެން އެންމެ އަވަހަށް އިވޭނެ އަޑަކީ، ފުލުހުން ޝިފާޒަށް ކަންތައް ކުރަނީ ވަރަށް ރަހުމްކުޑަ އަނިޔާވެރިކޮށް. ރައްޔިތުންގެ އަސާސީ ހައްގެއްކަމަށްވާ ވެބްކެމްވެސް ޝިފާޒު ހައްޔަރުކުރިފަހުން އޭނާއަކަށް ނުލިބޭ

  2. Anonymous

    އަދި ސިފާޒު ކުޅުނު އަތްހަލުވާ ފިލްމުގެ މައްސަލަވެސް އެބައޮތް.

  3. Anonymous

    ސިފާޒު އެކަނި ކުޅެ ނިންމާލި ބޮކްސް އޮފީހުގެ ހިޓް.ފިލްމެއްވެސް ވާނެ . ޢެފިލްމުގެ މައްސލަވެސް ބަލަންވާނެ .

  4. މުހައްމަދު

    ހެހެހޭ މިކަހަލަ މީހުންތިބީ ހުސް އިދިކޮޅުގަ ލަދެއްނުގަނޭ އަނގައަރުވާކަށް ކުލަކުލައިގެ ފިލްމުކުޅެން ތިބޭ މީހުންގެ ސަރުދާރު