ހުޅުމާލޭގެ ފޭސް ދޭއް ހިމެނޭ ގޮތަށް މުޅި ހުޅުމާލޭގެ މަގުތަކާއި ޕާކު ފަދަ އާންމުން ބޭނުންކުރާ ހުރިހާތަނެއް ހިމެނޭނެހެން ސީސީޓީވީ ވިއުގައެއް ގާއިމްކުރުމަށް ނިންމާފައިވާ ކަން އެޗްޑީސީން އިއުލާނުކޮށްފިއެވެ.

އެޗްޑިސީން ބުނީ މި ވިއުގައިގާ ހިމެނޭ ހުރިހާ ކެމެރާއެއް ހުންނާނީ އެޗްޑީސީގެ ގިގަބިޓް ޕެސިވް އޮޕްޓިކަލް ނެޓްވަރކް (ޖީޕީއޯއެން) މެދުވެރިކޮށް ގުޅާލެވިފައި ކަމަށެވެ.

އަދި ކުރިމަގުގައި ޖްރޭޓަރ މާލޭގެ އެހެން ސަރަހައްދުތައްވެސް މި ވިއުގައިން ގުޅާލުމަށް ހަމަޖެހިފައިވާ ކަމަށް އެެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީން ހާމަކުރިގޮތުގައި، މިމަޝްރޫއު ފެށިގެންދާނީ ހުޅުމާލެ ފޭސް 2 ގައި ހިޔާ ފުލެޓްތަކާއި ވަޝައިގެންވާ އާންމު ސަރަހައްދުތަކުންނެވެ. އޭގެ ފަހުން ހުޅުމާލެގެ ދެވަނަ ފޭސް ތަރައްގީކުރުމުގެ ޕްލޭން އަށް ބިނާކޮށް ސީސީޓީވީ ވިއުގަވެސް ގާއިމްކުރެވެމުން ދާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެ ކޯޕަރޭޝަނުން ގަބޫލުކުރާގޮތުގައި، މިވީޑިއޯ ސަވެއިލަންސްގެ އެހީގައި ސިޓީގައި ހިނގާ ކަންކަމަށް އަދި ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ވެގެން ދާނެއެވެ.

ސީސީޓީވީ ހުންނަ ތަންތަނަކީ ރައްކާތެރި ތަންތަން ކަމުގައި މީހުން ދެކި އާންމު ތަންތަން ފުރިހަމަ ގޮތުގައު ބޭނުންކުރާވަރު އިތުރުވެއެވެ.

އެޗްޑީސީން ހާމަކޮށްފައިވާގޮތުގައި ފޭސް އެއް ގެ ފޭޖީޕީއޯއެން މަޝްރޫއު ނިމުމުން ސީސީޓީވީ ވިއުގަ އެ ސަރަހައްދުގައިވެސް ގާއިމްކުރެވިގެންދާނެއެވެ. މިމަޝްރޫއުގައި ސީސީޓީވީ ގެ އިތުރުން ގާއިމް ކުރެވޭ އެހެން ސްމާޓް ވަސީލަތްތަކުގެ ސަބަބުން ފުލުހުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ މަސައްކަތްތަކުގެ ދުވެލި އަވަސްވެ ހަރުދަނާވެގެން ދާނެކަމަށް އެޗްޑީސީން ގަބޫލު ކުރެއެވެ.

އަދި ހިނގާ ހާދިސާތައް ދެނެގަތުން އަވަސްވެ މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަމްސިއްޔާ

    ތިޔަވާހަކަ އަޑުއަހާތާ ވީ އަހަރެއްވެސް ނޭންގެ. ދެންވެސް އިރުރަށް ވާހަކަ ނުދައްކާ އަމަލުން ދައްކަބަލަ

  2. ސައްލި

    ހިތާއި ސިކުޑީގައި ﷲ ބައްލަވައި ވޮޑިގެންވާ ކަ މުގެ ކެ މެރާ ހަރުކުރަންވީ ! އޭރުން ކުއްކުރުން މަދުވާނެ !

  3. އަޒީޒް

    ކޮންމެ.ކުއްވެރިޔެއްގެ ފަހަތުގައި ސީސީޓީވީކެމެރާއެއް ހަރުކުރިޔަސް އެމީހާ ކުއްކޮފައި ހައްޔަރުކޮއް ދޫކޮއްލެވޭކަމުގައިވާނަމަ ތިޔަ ކެމެރާއަކުން ކުރާނީ ކޮންފައިދާއެއްތޯއެވެ. މިތާ މިހާރު ތިބި މަދު ކެމެރާކޮޅު ނުބެލެހެއްޓިގެން އުޅޭއިރު ތި ހުރިހާ ކެމެރާއެއް ބެލެހެއްޓޭނެތޯ. ކަމެއް ދިމާވާއިރު ކެމެރާ ފުޓޭޖެއް ނޯވޭ ގިނަފަހަރައް ކެމެރާ ހުއްޓަސް. މިއީ ކެމެރާ ނެތިގެންނެއް ނޫން މިތާގެ ކުށްތައް ކޮންޓުރޯލުން ނައްޓާފަވަނީ. އެއީ ފުލުހުންގެ ދޯހަޅިކަމުން. ފުލުހުންނޭ.. ކަލޭމެންނައް މިފަހަރު އަދި ހުރިހާ މަގެއްގަ ކެމެރާހަރުކޮއްފައިދިނަސް ކުށްމަދު ނުވެއްޖެއިޔާ ދެން ކިޔާނީ ކީކޭތޯ.؟ ދިވެހިން ހަމަ ނުބައިއޭ ކިޔާފަ ފުއްދާލާނީ ދޯ.؟

  4. ކޮރަލް

    ތިޔައީ ފުލުހުން ކުރަން ޖެހޭ ކަމކެވެ.