ޖެންޑާ މިނިސްޓްރީން "ވަގުތު" އާއި އަދި އެހެން ބައެއް ނޫސްތަކަށް އިންޒާރުދީ، ބިރުދައްކައި ޖޫރިމަނާ ކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ފާއިތުވި 15 އަހަރު ރާއްޖެ އިން ހޯދި ކުރިއެރުން ގެއްލި، ނޫސްވެރިކަމުގެ މިނިވަންކަން ފަހަތަށް ސޮއްސާލުން ކަމަށް "ވަގުތު" އިން ބުނެފިއެވެ.

"ވަގުތު" އިން މިހެން ބުނީ 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލާފައިވާކަމުގެ ޚަބަރު "ވަގުތު" އިން ހާމަކުރިއިރު ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަންއަންނާނޭ ފަދަ މަޢުލޫމާތު ހާމަކޮށްފައިވާ ކަމަށް ބުނެ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއްކޮށް ޖެންޑާ މިނިސްޓްރީން އިންޒާރުދީ، ބިރުދައްކައިފައި ވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

"ވަގުތު" އިން ބުނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ ނުއުފުލި، އެކަމާއި ގުޅިގެން ޖަވާބުދާރީ ވުމުގެ ބަދަލުގައި މީޑިއާއަށް ބިރުދެއްކުމަކީ ޑިމޮކްރަޓިކް މުޖުތަމައަކުން ފެނިގެން ނުވާނެ ހުދުމުހުތާރު އަމަލެއް ކަމަށެވެ.

"ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު ހުއްޖަތެއްގެ ގޮތުގައި ދައްކައިގެން ޖެންޑާ މިނިސްޓްރީން "ވަގުތު" އަށް އިންޒާރުދީ، ބިރުދެއްކިއިރު ޖެންޑާ މިނިސްޓްރީން ބެލި މައްސަލައަކީ ކޮބައިކަމެއް ވެސް، އަދި އެމައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުސަތެއް ވެސް "ވަގުތު" އަށް ދީފައެއް ނުވެއެވެ. އެހެންކަމުން މިއީ ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ދިފާއުގައި ވާހަކަދެއްކުމުގެ ހައްގު ނިގުޅައިގަނެ، އަސާސީ ހައްގުތަކާއި ހިލާފަށް ޖެންޑާ މިނިސްޓްރީން ނިންމި ނިންމުމެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ޖެންޑަ މިނިސްޓްރީން ފޮނުވި އިންޒާރާއި، ބިރުދެއްކުމުގެ ސިޓީ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ އޮފިޝަލުންނާއި "ވަގުތު" އިން ކުރި އެއްވެސް ސުވާލަކަށް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށާއި އެހެންކަމުން މީޑިއާ އިން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމާއި ހަމައަށް ޖެންޑާ މިނިސްޓްރީގެ އެއްވެސް ޚަބަރެއް "ވަގުތު" އިން ކަވަރު ނުކުރާނެ ކަމަށް ވެސް "ވަގުތު" އިން ބުނެފައި ވެއެވެ.

މީޑިއާއަކުން ގާނޫނާއި ހިލާފަށް ޚަބަރެއް ނުވަތަ މައުލޫމާތެއް ހާމަކޮށްފިނަމަ އެމައްސަލައެއް ބަލައި ފިޔަވަޅު އެޅުމުގެ ގާނޫނީ ޒިންމާ ހަވާލުކޮށްފައި އޮތީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމަށް ވެސް "ވަގުތު" އިން ބުންޏެވެ.

"އަވަސް" ނޫސް 2،000ރ. އިން ޖޫރިމަނާކޮށް "ވަގުތު" އާއި "ވަން އޮންލައިން" އާއި "އަދަދު" ނޫހަށް އިންޒާރުދީ، ބިރުދެއްކުމަށް ޖެންޑާ މިނިސްޓްރީން ފޮނުވި ސިޓީތައް އަނބުރައި ގެންދިއުމަށް "ވަގުތު" އިން ވަނީ ގޮވާލާފައެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ޖެންޑާ މިނިސްޓްރީން އެޅި ހުރަސް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް "ވަގުތު" އިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޅަވިޔަނި

    ހިތާހިތުހިތާހިތުގެ ހިތް ނުތާހި ރު ދެއުޅިއެއްނުވާ ފުޅައެޅި މަސްހުނި ސަ ރުކާ ރު. މިސަ ރުކާ ރަކީ ވެސް ސޮއްސާލާފަ އޮތް ސަ ރުކާ ރެ އް.

    25
    4
  2. ޢަހޫ

    ކަނޑައެޅިގެން ނޫސްތަކުގަ ދޮގުވާހަކަ ލިޔެފެތު ރުވުމަކީ100 އަހަރަށް ސޮއްސާލުން ނޫންތޯ. މިހާ ރު ފަސޭހައިން ކޮމިޔުކޭޓް ކޮށް ވެޜިފައިކުރެވެން އޮންނައިރު އެކަން ނުކު ރަނީ ކީއްވެތޯ ؟؟؟؟،

    14
    21
  3. ށުމަން

    ތީ މިސަރުކާރުން އިސް ފަޑީ ގަ ތިބި މީހުން ގެ އެންގުމަށް ކުރާ ކަމައް. ށޭހު. މުޖޭ ވެސް ފުލުޙަށް ހާޒިރު ކޮށް ބިރު ދެއްކީ ، އެކަމު އިލްމު ވެރިންގެ ބެލެނިވެރި ފަރާތަކީ އިސްލާމިކް މިނިސްޓްރީ. ދައުލަށް ހުއްޓުވައިގެން އުޅެނީ އިންޑިއާގެ އަޅުވެތި ކަމަށް މަގު ކޮށައި ދިނުމަށް!

    5
    1
  4. ސަޓޯ

    ރަގަޅު

    3
    1
  5. ފާތުމަ އެޅި ވަގު މިސްކިތް

    ޜަސޫލު ޒަމާނަކަށް ނޫން ތޯ

    2
    3
  6. ރައްޔިތުންގެ

    މިސަ ރުކާ ރުގެެ ހު ރިހާ މިނިސްޓް ރީ ތަކެއް ވަނީ ފޭލް ވެފަ. މުޅި ސަ ރުކާ ރު ވާނުވާގަ.

    7
    2
  7. ފީކަޅާކަން

    މިނިސްޓްރީގެ ފެއިލްވެފައިވާކަން ހާމަވަނީ ކުއްޖާގެ ވާހަކައިން އެކަން ސިއްރުކުރުން ތޯއްޗެ ބޭނުމަކީ އެކުއްޖާ ދުނިޔެ ދޫކުރުމައް ފަހު މިދުނިޔެއިން ލިބޭނެ ދެރައެއް ނޯންނާނެ މައިމޫނާ ހިމާޔަތް ކުރުންހެން ހީވަނީ އަސްލު ބޭނުމަކީ

  8. ނޫންތޯ

    ތިކަން އިންޓަރނޭޝަނަލް ކޮމިއުނިޓީ އެހެން ފަރާތްތަކަށް އަންގާ. އޭރުން މިނިވަންކަމުގެ ރޭޓިންގ އަށް އެނގުންވާނީ

  9. ޝަމްހީދާ

    ހަގީގަތަކީ އައިޝަތު މުހައްމަދު ދީދީގެ ޕާފޯމަންސް އިޒް ސުމެއް. ހުށަހަޅާ މައްސަލަ ބަލަނީކީނޫން. ކުދިންނަށް ރައްކާތެރިކަން ދެވެނީކީނޫން. ކުޑަކުދިންގެ ހިޔާގެ ކުދިން ބެލެނީކީނޫން. ހިޔާގަ މިފަހުންވެސް 3 ފަހަރަށް ރޯވެސްވެއްޖެ. އެކަމުގެ ޒިންމާ ނެގުނީކީނޫން. ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި. އެކަން ވެސް ބެލެނީކީނޫން. ދެން ހުރިހާ ރުޅިއެއް މި ބާލަނީ މީޑިއާތަކަށް. ރައީސް އިބޫގެ ލޯހުޅުވާ މި ވަޒީރު ވަކިކުރަން ވެއްޖެއެއްނު.

    7
    1
  10. ޣ

    ޕާޓީ މިނިސްޓަރެއް ވީމާ . މަޖިލިސް މީހުންވެސް ހަނު
    ސަރުކާރު ނިދާފައި

    1
    1
  11. ޢާދަނުބެ

    މި ގައުމާ ހަވާލުބާ ސަރުކާރު ތަކުގެ ނާގާބިލު ކަމުން މުޅި ގައުމު ހަލާކުބެ ބޮޑު ބިރުވެރި ކަމެތްގެ ތެރެޔައް ވެއްޓޭ ވާހަކަ ނޫސްތަކުން ދެއްކީމަ މި ގޯސްވަނީ ނޫސްތަށް މި ގައމުގަ ކަންކަން ހިނގާ ގޮތް ގޯސްކޮށް ކަމެތް ހިނގާނަމަ އެކަމެތް ރަނގަޅު ކުރަން ސަރުކާރެތް އޮންނަނީ އޭރަކު އޮންނަ ސަރުކާރަކަށް ރައީތުން ފުރިހަމަ އެތްބާރުލުމާ ސަރުކާރުން ބޭނުންވާ ހުރިހާ ބާރެތް ނުދޭތޯ އެކަމަކު މީހުން މެރުން ވައްކަންކުރުން މަސްތުވާ ތަކެތި ވިޔަފާރި ކުރުން ދުވަހެތް ދުވަހަކަށް އިތުރު ވަނީ ކީއްވެތޯ ސައްކެތްވެސް ނެތް ސަރުކާރުތަށް ދޯދިޔާވީމަ މިފަދަ ޖަރީމާތަށް ހިނގާ ގޭނގުތަށް ސަރުކާރަށްވުރެން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ބާރު ގަދަވީމަ ނުވަނާ ރައީތުންނާ ހަވާލުކޮށްބަލަ އޭރުން ރައީތުން ތިކަންކަން ހައްލުކުރާނެ

  12. މުރާދުބޭ

    ނޫސްވެރީން މިޙާލުގައި ދުލުގައި ބިޑިއެޅުވިގެން ތިބެވެސް ނޫހުގައި މިފަދަ ބޮޑެތިކުށްތައް ކޮށްގެން ނުލިޔާނަމަ ތިޔަ މިނިސްޓަރުން ހޮރުން ނުނިކުންނާނެ! ކުޑަކުޑަ ޤައުމެއްގައި މެދުނުކެޑި ހިނގަމުންދާ މިފަދަ ޖަރީމާތަކުގައި ޒިއްމާވާނެ ދައުލަތުގެ މުއައްސަސާއެއް ނެތް! އެމީހަކު އަތުޖެހުނު ދިމާލަކުން ވައްކަންކޮށްގެން ވެރީން މިތިބެނީ ހޮރުތެރޭ! ފުލުހުންނާއި ސިފައިންގެ ބަޖެޓް ނެތީތޯ މިމަރުތައް ގޭންގް ފައިޓުތައް ހިނގާތަންތަން ނުބެލެނީ! ނޫސްވެރިޔާ ބަންދުކުރޭ އެއިރުން ހަތަރުއުދަރެސް ހަމަވީ!