ހއ. ހޯރަފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެެވެ.

ހޯރަފުށީގައި މާރާމާރީ އެއް ހިންގާ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައި ވަނީ އިއްޔެ މެންދުރު 14:15 ހާއިރެވެ. އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކުރިކަން ފުލުހުން ވަނީ ވަގުތު އަށް ކަށަވަރުކޮށްދީފައެވެ. ފުލުހުން ވިދާޅުވީ އެ މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އޭނާ ހައްޔަރު ކުރީ ރޭ 08:15 ގައި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަން ހާމަކޮށްފައެވެ.

މީސްމީޑިއާގައި ބައެއް މީހުން ވަނީ މި މައްސަލައިގައި ހައްޔަރުކުރި މީހާ އަކީ މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި ޝާމިލްވާ މީހެއް ކަމަށް ބުނެފައެވެ.

އެހެންނަމަވެސް އޭނާގެ ކުށުގެ ރެކޯޑް އޮތްކަން ނުވަތަ ނޫންކަން ފުލުހުން މިހާތަނަށް އައި އިރު ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ.

އަދި ހަމަލާދިން މީހާ އަކީ ޒަހަމްވި މީހާގެ އާއިލީ މީހެއް ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.