ޖުމުހޫރީ ޕާޓީއިން ކަންތައް ކުރީ ރަނގަޅަކަށް ނޫން ކަމަށާއި ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން ކަމަށް އެމްޑީޕީގެ ޗެއާފާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ކުރި ސުވާލަކަަށް ޖަވާބު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީއާ އެކު ތިބި ބަޔަކާ ގުޅިގެން ކުރާ މަސައްކަތުން މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"އެއީ ވަކި ޕާޓީއަކާ އެކު ކޯލިޝަން ހަދައިގެންވާ ކަމެއް ނޫން. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެމްޑީޕީ ހިމެނޭ ކޯލިޝަނަށް ވުރެ ރަނގަޅު ގޮތެއް ފެނިގެން ވަޑައިގަތުމަކީ އެމްޑީޕީގެ އަށް މައްސަލައެއް ނޫން" ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީން އޮތީ ރައްޔިތުންގެ ބޭނުންވާ އުއްމީދުތައް ހާސިލް ކޮށްދިނުމަށް އެ ޕާޓީއާ އެކު މަސައްކަތް ކުރަން ތިބި ބަޔަކާ އެކު ކުރިއަށްދާން ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ކޯލިޝަނެއް ގޮތަށް އޮއްވައި ގާސިމް އިބްރާހިމް ހިޔާލީ ކެބިނެޓެއް އިއުލާންކުރައްވުމަކީ ކުރެއްވި ނުރަނގަޅު ކަމެއް ކަމަށެވެ.

"ފެނިއްޖެ ހިޔާލީ ކެބިނެޓެއް ޖުމްޙޫރީ ޕާޓީން އެކުލަވާލިތަން އެމްޑީޕީން އޭގައި ނުހިމެނޭ ގޮތަށް. އެކަމު އަޅުގަނޑު އޭގައި ދަންނަވަން އޮތީ އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާން ތިބި ޕާޓީތަކާ އެކު ކުރިއަށްދާން. މި ޕާޓީގައި ރިޔާސީ ކެންޑިޑޭޓެއް ހުންނާނެ،" ހަސަން ލަތީފު ވިދާޅުވިއެވެ.

އެމްޑީޕީން ސަރުކާރު އެކުލަވާލުމުގައި ގެންގުޅޭ ވިސްނުން މިހާރު ހާމަކޮށްފި ނަމަ އެކުރެވުނީ ޖުމްހޫރީ ޕާޓީން ކުރި ފަދަ ނުރަނގަޅު ކަމެއް ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

ވަކި ކެމްޕެއިނެއް ކުރުމަކީ ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެފައިވާ ގޮތައް ސިންގަލް ކެނިޑޭޓެއް ނެރުމަށް ކުރަމުންދާ ކެމްޕެއިނެއް ކަމަށާއި އެހެން ޕާޓީތަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ހުށައެޅުމަށް އެމްޑީޕީ އިން ތައްޔާރުކުރާ މެނިފެސްޓޯ މި މަހު ބާއްވާ ކޮންގްރެސްގައި ލޯންޗް ކުރާނެ" ހަސަން ވިދާޅުވިއެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބާއްވަން ތައްޔާރުވަމުން ދާއިރު އިދިކޮޅު އެއްވެސް ޕާޓީއަކުން އަދި ރިޔާސީ ކެންޑިޑޭޓެއް އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ައާބި

  ތިބުނަނީ އެމްޑީޕީން ކަންތައް ކުރީ ރަނގަޅަށޭތަ ، ބަލަ ނަޝީދު ނޫން މީހަކު ނެތެއްނުން ތިއޮއް ބޮޑުޕާޓީގަނޑުގަ

 2. ނަފުސާ

  ނަސީދު އެކަނި ކުރިމަތިލާ، ފުރަތަމަ މޑޕ އިން ކޯޅިސަން ރޫޅާލީ.. ޖޕ މިހާރު އެގެންދަނީ ރަނގަޅަށް.

 3. ވަޓްޑޫޔޫ

  ޖޭޕީ އިން ކަންތައް ކުރީ ރަނގަޅަކަށް ނޫން ކަމަށް އެމްޑީޕީން ބުނި ނަމަވެސް މަމެން ބަލާދިރާސާ ކުރިއިރު މީގައި ފުރަތަމަ ރޫލްސް އެން ރެގިއުލޭޝަންސް އާއި ޚިލާފުވީ ސީދާ އެމްޑީޕީން ކެނެރީގެ ނަޝީދު އެވެ. އާންމު ކޮށް އިނގިރޭސި ވިލާތުގައި ކިޔަވާ އާލާތުން ނަކީ އެއީ ސިސްޓަމެޓިކް އާލާތް ގަނޑެއް ނޫނޭ އެއާލާތުން ނާއި އެކު މަމެން އުމުރު ހުސްވަނީ މަސައްކަތް ކޮށް ސަރުކާރުގައި އުޅުނު އިރު ވެސް އަދި އަމިއްލަ ޕްރޮފެޝަން ގައި ވިޔަފާރި އުސޫލުން މަސައްކަތް ކުރާއިރު ވެސް. އެއިން ޅާ އެއް ލައްވާ ކަމެއް ކުރުވާ ނަމަ ވެސް ޖެހެނީ އެއާލާތް ގަނޑު ފަހާ ދުވަން އެއާލާތް ގަނޑު ތައްޔާރު ކުރާ އެއްޗެއްގެ ފޯލްޓްސް ވެސް ގިނަ ކަމުން އޮންނަނީ ބަލާއާއި ހަމަވެފައެެވެ. ހަމަ އެގޮތަށް ކެނެރީގެ ނަޝީދު އަމަލު ކުރީ އެއީ އޭނާ އަށް އަމިއްލަ އަށް ފެންނަ ގޮތަށް އޭނާގެ އަމިއްލަ އެދުން އިސް ކޮށް ގެން. އެބަދަވި އެއީ ސިސްޓަމެޓިކް މީހެއް ނަމަ ފުރަތަމަ އެއް ކެންޑިޑޭޓް ހޮވަން ނަގާފައިވާ ކޮމެޓީ އަށް ސިޓީ އަކުން ދަންނަވާނީ ކޮމެޓީ އަށް ފެންނަ އޮޕްޝަންސް ތައް ކޯލިޝަންގައި ހިމެނޭ ޕާރޓީ ތަކުގެ ލީޑަރުންނަށް ހުށައަޅާ އެމެންގެ ވިއު ހޯދަން. އެޅާ އަކަށް ނޭގޭނެ އެފެންވަރަށް ވިސްނަން. ދެން ހުރީ އެމްޑީޕީގެ ޗެއާރ ޕާރސަން އެއީ ބޮޑު ކަނޑުކޮހެއް. އެއީ ކޮޕީ ޕޭސްޓް ޔާރާ ދިލް ދާރާ. ދެން ޖޭޕީން އެމެންގެ އަމިއްލަ ދިފާއުގައި ނިކުތުމުން އެމްޑީޕީ އަށް ނޯންނާނެ ޖޭޕީން ކަންކަން ކުރީ ގޯސް ކޮށް ކަމަށް ބުނެވެން. ޖޭޕީން އެރިއެކްޓް ކުރީ އެއީ ހަމަ ރަނގަޅަށެވެ. އެމްޑީޕީ އަށް ވެސް ޚަރަދުކުރަނީ ގާސިމް އިބްރާހިމް އަދި ޖޭޕީ އަށް ވެސް ޚަރަދު ކުރަނީ ގާސިމް އިބްރާހިމް. ކެނެރީގެ ނަޝީދު ވެސް އަދި އޭނާގެ އާއިލާ ވެސް ކުރާ ޚަރަދެއް ނޯންނާނެއެވެ. ވޮނާ އާރގިއު އޮން ދިސް އޯލްވޭޒް ޔޫއާރ ސޯ އަންރިލަޔަބްލް އޮން މެއިންޓެއިނިންގް ދަ ޔުނިޓީ އެމޮންގް އަސް ބެޓަރ މޭކް އަޕް ޔުއަރ މައިންޑް ލައްޗޭ ޑޯން ނޯ އިފް ޔޫއާރ ހެޕީ އޯރ ކޮމްޕްލެއިނިންގް ވޮނާ އާރގިއު ޔޫ އޮން ދިސް އޯއް އައި ރިއަލީ ވޮނާ ނޯ ވަޓް ޑޫ ޔޫ މީން އޮން ދިސް ހޭއް ހޭއް ހޭއް ވެން ޔޫ ޑޯން ވޮނާ ޖޭޕީ ޓު މޫވް ޓެލްމީ ވަޓް ޔޫ ޑޫ ޓު މޭކް އިޓް. އޯއް އޯއް ވަޓް ޔޫ ވޮނާ ސޭ ހޭއް ހޭއް ހޭއް ވެން ޔޫ ޑޯން ވޯންޓް މީ ޓު މޫވް ވަޓް ޔޫ ގިވް ޓު މީ ވަޓް ޑޫ ޔޫ މީން އޮން ދިސް ހޭއް ހޭއް ވަޓް ޑޫ ޔޫ މީން އޯއް އޯއް ވަޓް ޑޫ ޔޫ މީން އޯއް އޯއް ވަޓް ޑޫ ޔޫ މީން..

 4. ޑޮންޑޮންފުޅި

  އެމް.ޑީ.ޕީން ނަޝީދު ނެތުނީ ޖޭ.ޕީ އާއި މަޝްވަރާކޮށްފަތަ؟ އަނގަ ފުޅާކޮށްފަ ރުޅިއަރުވަން ތާހިރު ވާހަކަދައްކަން ކެރޭތީ މަ ހައިރާންވަނީ. މީނާވެސްމީ ދުވަހަކު ބުނާބަހެއް ދިމާވާ މީހެއްނޫން. ހުސް ފޮނު އަނގަ ތަޅާ ސޮރެއް

 5. ސަން

  ކަލޭމެން ޖޭޕީނުދަންނަން ތަ.އެއީ ބުމަރެއް.

 6. ޙުސެން.

  ޤާސިމަށްއިރުބާރުކުރުމަކީ ކޮށްގެންވަާވަރުގެ ކަމެއް ނޫނެވެ.ވޭތުވެދިޔަތަނުގެ ތަޖްރިބާ އެމްޑިޕީ އިންބޭނުން ނުކުރުމަކީ އެއީ ކުރެވޭގޯސްކަމެކެވެ. މިސްޓޭކްސް ހެދޭނީ އެއްފަހަރުއެވެ. ކޮބްމެފަހަރަކު އެ ފުރުޞަތު ދީގެންނުވާނެއެވެ.

 7. ހުސޭނުބޭ

  ކޮބައިހޭ ޔުނައިޓެޑް އޮޕަޒިޝަން ކޮކަޑިޝަން! ކޮބައިހޭ ޝާހިދު ބުނި ސާޕްރައިޒިންގ ކެނޑިޑޭޓް؟؟؟؟؟؟؟

 8. ޙަފްޞާ / މާލ

  ޤާސިމުގެބަސް. " މުއުމުިނެއްގެ ފައިގާ އެއްހަރަކުން ދެފަހަރަކު ކައްޓެއް ނުޖެހޭނެ!ކެނެރީގޭ ނަޝީދު ދެން މި ދިވެހިރާއްޖޭގެ ވެރިކަމަކަށް ދުވަހަކުވެސް ނާންނާނެ. މހާރުވެސް އަޅުގަނޑު މި މަސައްކަތްކުރަނީ އޭނަ ވެރިކަމަށް އަޔަ ނުދިނުމަށް." މިގެޮތަށް ޤާސިމު ބުނާ އަޑު ނާހާ އެމްޑީޕީގެ އެކްޓިވިސްޓަކުވެސް ނުހުންނާނެ!

 9. ބުރުމާ

  ޖޭޕީ އަކީ ބުރުމާ އެވެ. ބުރުމާޔަކީ ވަރައްބާރުގަދަ ޓޫލެކެވެ. ބުރުމާޔަކީ ވަށާ އެމބުރޭ އެއްޗެކެވެ. ބުރުމާއިން އަޅާ ލޯވަޅަކުން އޮޑިފައްތާވެސް ލާނެއެވެ. ލޯވަޅު އަޅައިގެން އިތުރަށް އޮޑި ވަރިގަދަވެސް ކޮއްފާނެއެވެ. ވީމާ ބުރުމާ ބޭނުންކުރާއިރު ނިޔަތް ކަށަވަރު ކުރާށެވެ. އެހެނީ ކޮންމެ އަމަލެއްވެސް ބިނާވަނީ ނިޔަތުގެ މައްޗަށެވެ.

 10. އިބްރާހިމް

  ގުޅިފައިވާ ޕާޓީތަކާއި ވަކިން އަންނި ނެރެން މަސައްކަތް ކުރަމުންގޮސްފައިވަނީ އެމްޑީޕީއެވެ.އެމްޑީޕީ މަސައްކަތްކުރަނީ ބަންދުގައި ހުރި އަންނި ކޮންމެ ގޮތަކުންވެސް ގެންނާށެވެ.ރައްޔިތުން ނުވަތަ ޤައުމު ދެކެވާލޯއްބަކުންނެއް ނޫނެވެ. ޤާނޫންއަސާސީ ބަދަލުކުރުމަށާއބިންވިއްކަން މަޖްލިސްލިސްގައި ވޯޓްދިނީވެސް ރައްޔިތުން ދެކެވާލޯބިންތޯއެވެ.